Roadha Mihaaru
އިށީނދެގެން މި ތިބެވެނީ މާ ގިނައިރު، ނުރައްކާ ބޮޑު

އިށީނދެގެން މި ތިބެވެނީ މާ ގިނައިރު، ނުރައްކާ ބޮޑު

15 ނޮވެމްބަރ 2022

އޮފީހުގައި އެތައް އިރަކު އިށީނދެ އިނދެފައި ގިނަ މީހުން ގެޔަށް ދަނީ އިށީނދެ އިނދެގެންނެވެ. ސައިކަލްގައި ނުވަތަ އެ ނޫން ވެސް ދުއްވާ އެއްޗެއްގަ އެވެ. މި ހުރިހާ ވަގުތެއް އެެއްކޮށް ބަލާ ނަމަ ހަތް ގަޑިއެއްހާއިރު މުޅި ދުވަހު އިންނަނީ އިށީނދެގެންނެވެ.

އޮފީހުގައި އެތައް އިރަކު އިށީނދެ އިނދެފައި ގިނަ މީހުން ގެޔަށް ދަނީ އިށީނދެ އިނދެގެންނެވެ. ސައިކަލްގައި ނުވަތަ އެ ނޫން ވެސް ދުއްވާ އެއްޗެއްގަ އެވެ. މި ހުރިހާ ވަގުތެއް އެެއްކޮށް ބަލާ ނަމަ ހަތް ގަޑިއެއްހާއިރު މުޅި ދުވަހު އިންނަނީ އިށީނދެގެންނެވެ.

އިށީނދެގެން ތިބުމަކީ އަރާމުކަމަކަށްވި ނަމަވެސް އެކަމުން ހަށިގަނޑަށް ނުރައްކާވެ އެވެ. ހަރަކާތްރިކަން ކުޑަވުމުން ލިބޭ ގެއްލުންތަކުގެ އިތުރުން ނާރުތަށް ބަލިކަށިވުމަކީ ވެސް ގިނައިރު އިށީނދެ އިނުމުގެ ސަބަބުން ވެސް ކުރިމަތިވާ ކަމެކެވެ.

ހަކުރު މައްޗަށް ދިއުން

ހަކުރުބަލީގެ މީހުންގެ ނާރުތަކުގައި ރިއްސުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ގިނައިރު އިށީނދެގެން ތިބެންޖެހޭ މީހުން ހަކުރުގެ މިންވަރު އެއް މިންވަރެއްގައި ބަހައްޓަން މަޖުބޫރުވާ އެއް ސަބަބަކީ ނާރުތައް ސަލާމަތުން ބެހެއްޓުމެވެ.

ކެއުމަށް ބަލައިގެން އުޅުމަކީ ހަކުރުގެ މިންވަރު އެއްވަރެއްގައި ބެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް ވިސްނަންޖެހޭ ކަމަކީ ގިނަ އިރު އިށީނދެ އިނުމުން ހަކުރުގެ މިންވަރު ބަދަލުވާނެ ކަމަށެވެ.

ލޭމައްޗަށް ދިއުން

ލޭ މައްޗަށް ދިއުމަކީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ނުރައްކާތެރި ކަމެކެވެ. މިކަމުން ރައްކާތެރި ވުމަށް ގިނައިން ހިނގުން މުހިއްމެވެ. ގިނަ އިރު އިށީނދެ އިނުމުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ގޮސް، ލޭ ހޮޅި ފަޅައިގެން ދިއުން ފަދަ ނުރައްކާތެރި ކަންކަމާ ކުރިމަތިލާން ޖެހެ އެވެ.

ހިތް ފެއިލް ވުން، ސްޓްރޯކް ޖެހުން އަދި ހިތުގެ ބަލިތަކަށް މަގު ފަހިވުން ފަދަ ނުރައްކާތެރި ކަންކަން އިށީނދެ އިނުމުން ކުރިމަތިވެ އެވެ.

ސާކިއުލޭޝަން ދަށްވުން

ގިނަ އިރު އިށީނދެ އިނުމުގެ ސަބަބުން ހަށިގަނޑުގެ ލޭ ދައުރުވުން ދަށްވެ އެވެ. އަދި ލޭތައް ފައިތިލައި ހަމައިން އިތުރަށް ދައުރު ނުވެ ހުއްޓެ އެވެ.

ނާރުތަކުގައި ރިއްސާއިރު، ރަނގަޅަށް ލޭ ދައުރުވި ނަމަވެސް ނިއުޓްރިޝަން އަދި އޮކްސިޖަން ނުލިބޭ ނަމަ، ގެއްލުންވެ އެވެ. އަދި ހޭނެތިގެން ވެއްޓުން ފަދަ، ކަންކަން ކުރިމަތިވެ އެވެ.

ހަށިގަނޑުގައި ރަނގަޅަށް ލޭ ދައުރު ކުރުމަށް ދުވާލަކު 10-15 މިނެޓުގެ ސްޓްރެޗެއް ހަދާލުން މުހިއްމެވެ.

ނާރު ފިތުން

ގިނައިރު އިށީނދެ އިނުމުން ޕޯސްޗަ ގޯސްވުމުގެ ސަބަބުން ނާރުތައް ފިތެން މެދުވެރިވެ އެވެ. ގިނަ ފަހަރަށް މިހެން ވަނީ ކަނާތު ފައިގެ ސައިޓިކް ނާރުތަކަށެވެ. ބައެއް ފަހަރު، އިށީނދެ އިދެވޭ ގޮތަކުން ކަރާއި، ފައި ނުވަތަ އަތަށް ވެސް އިހުސާސް ކުރެވެ އެވެ.

ނާރުތައް ފިތުމުގެ ސަބަބުން ބައެއް ފަހަރު ދިލަނަގައި ނިއުރޯޕެތީގެ އަލާމާތްތައް އިތުރަށް ގޯސްވެގެން ދެ އެވެ.

މަސުލްތައް ހަލާކުވުން

ނާރުތަކުގައި ރިއްސުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މަސުލްތައް ހަލާކުވުމެވެ. ގިނައިރު އެއްގޮތަކަށް އިށީނދެ އިނުމުމުގެ ސަބަބުން ހަރަކާތްމަދުވެ، މަސްތަކަށް ގެއްލުންވެ އެވެ. އިށީނދެ އިންނައިރު އެއްވެސް ހަރަކާތެއް ނުކޮށް ނީންނާށެވެ. ފައިން ނަމަވެސް ކޮންމެ ވެސް ހަރަކާތެއް ކޮށްލަން ވާނެ އެވެ.

ތިރީގައި އެވާ ކަންކަމަކީ އޮފީހުގައި އުޅޭއިރު، ހަށިގަނޑު ހަރަކާތްތެރި ކޮށްލުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

- ކޮންމެ 30 މިނެޓަކުން ކޮޅަށް ތެދުވެ ސްޓްރެޗް ކޮށްލުން.

- ގިނަ ގިނައިން އިށީނދެ ތެދުވުން އަދި ރަނގަޅު ޕޯސްޗާއެއްގައި ހުރުން.

- ރަނގަޅަށް އިށީނދެ އިނުމަށް ފަސޭހަކޮށް އިނދެވޭ ގޮނޑިއެއް ބޭނުންކުރުން.