15 ނޮވެމްބަރ 2022
ނިމިދިޔަ ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ މަގާމު ހުސައިން ފަޒީލް ހާރޫން ހޯދީ، ގައުމީ ރެކޯޑަކާ އެކު އެވެ. އެތުލެޓިކްސްގެ މުބާރާތްތަކުގައި އެންމެ މޮޅު އެތުލީޓްގެ މަގާމު ޑިސްޓެންސް ދުވުންތެރިޔަކަށް ހޯދުން އޮންނަނީ އުނދަގޫ ކަމެއްގެ ގޮތުގަ އެވެ.
ނިމިދިޔަ ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ މަގާމު ހުސައިން ފަޒީލް ހާރޫން ހޯދީ، ގައުމީ ރެކޯޑަކާ އެކު އެވެ. އެތުލެޓިކްސްގެ މުބާރާތްތަކުގައި އެންމެ މޮޅު އެތުލީޓްގެ މަގާމު ޑިސްޓެންސް ދުވުންތެރިޔަކަށް ހޯދުން އޮންނަނީ އުނދަގޫ ކަމެއްގެ ގޮތުގަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ވެސް އެންމެ ގިނަ ފުރުސަތާއި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދެނީ ވެސް ސްޕްރިންޓަށެވެ. ޑިސްޓެންސް ދުވުންތަކަށް އެސޯސިއޭޝަނުން ދޭ ސަމާލުކަން ކުޑަ ކަމުގެ ކަންބޮޑުވުންތައް އެކިފަހަރު މަތިން އެކި ކޯޗުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
"ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ މަގާމު ނުލިބުމުން އަޅުގަނޑު ބުނިން ފަޒީލް ކައިރީގައި، ޑިސްޓެންސް ދުވުންތެރިންނަށް އެންމެ މޮޅު އެތުލީޓްގެ އެވޯޑް ލިބޭނީ ގައުމީ ރެކޯޑެއް ހަދައިގެންނޭ. އެހެންވީމަ ހިނގާށޭ ގްރޯން ޕްރީގައި ގައުމީ ރެކޯޑް ހަދަން،" ފަޒީލް އަށް ކޯޗު ކޮށްދެމުން އަންނަ ޑިސްޓެންސް ދުވުންތަކުގައި ރާއްޖޭގެ ކުރީގެ އެއް ވަނަ އެތުލީޓް ނަސީރު އިސްމާއީލް ބުންޏެވެ.
"މިދިޔަ ދެ މަސް ދުވަހުގެ ތެރޭ ފަޒީލް ވަރަށް ބޮޑު ޗެލެންޖެއް ނަގައިގެން މަސައްކަތް ކުރީ ގައުމީ ރެކޯޑެއް ހަދަން. މިއީ ފަޒީލްގެ ވަރަށް ބުރަ މަސައްކަތެއް."
ފަޒީލް އާއި އޭނާގެ ކޯޗު ނަސީރު އިސްމާއީލް: އޭނާގެ ކޯޗުކަމުގެ ދަށުން ފަޒީލް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ
ގްރޯން ޕްރީގެ 3000 މީޓަރުގެ ރެކޯޑް ފަޒީލް ހެދީ، ކުރިން އޭނާ ހެދި ރެކޯޑަށް ވުރެ 10 ސިކުންތު އަވަހަށެވެ. ގްރޯން ޕްރީގެ 2019 ގެ މުބާރާތުގައި ފަޒީލް ވަނީ 9 މިނެޓް 11 ސިކުންތުން ރޭސް ނިންމައިގެން ގައުމީ ރެކޯޑް ހަދައިފަ އެވެ. މިފަހަރުގެ މުބާރާތުގައި އޭނާ ރެކޯޑް ހެދީ 9 މިނެޓް 2 ސިކުންތުންނެވެ.
ނަސީރު ބުނި ގޮތުގައި އޭގެ ކުރިން މޮރޮކޯގެ ޓްރޭނިން ހަދައިފައި އައިސް މުގުރާލި ރެކޯޑަށް ވުރެ، މިފަހަރު ފަޒީލްގެ ރެކޯޑްގެ ކުރިއެރުން ފެނުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.
"މޮރޮކޯގައި ހުންނަނީ ޓްރޭނިންތަކަށް އެކަނި ހާއްސަވެގެން. އެކަމަކު ރާއްޖޭގައި ދިރިއުޅުމުގެ ކަންކަމާއި ވަޒީފާއާ މިހުރިހާ ކަމެއްގެ ތެރޭގައި އުޅެމުން ޓްރޭނިން ހަދައިގެން އެ ލަވަލް އަށް ދެވުނީމަ އެބަ އެނގޭ ރާއްޖޭގައި މި ހެދި ޓްރޭނިންތަކުގައި ވެސް ފެންވަރު ރަނގަޅުކަން،" ރާއްޖޭގެ 800 މީޓަރުގެ ރެކޯޑް މިހާރު ވެސް ދަމަހައްޓަމުން އަންނަ ނަސީރު ބުންޏެވެ.
"ބޮޑު ގޭމްސްއެއްގެ ކުރިން ބޭރުގެ ޓްރޭނިން ކޭމްޕެއް ފަޒީލް އަށް ލިބިއްޖެއްޔާ އަޅުގަނޑަށް ވަރަށް އުއްމީދު ކުރެވޭ މެޑަލް ހޯދޭނެ ފެންވަރަށް އޭނާ ގެންދެވޭނެކަން. މިދިޔަ 10 މަސް ދުވަހުން އޭނާ ގެންދެވުނު ހިސާބު އެހުރީ ފެންނަން."
ފަޒީލް (ކ) ރޭހުގެ އެންމެ ކުރީގައި: ނަސީރު ބުނީ 10 މަސް ދުވަހުން ފަޒީލް އެހެން ފެންވަރަކަށް ގެންދެވިފައިވާ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖޭގެ 3000 މީޓަރުގެ ރެކޯޑް ތިން ވަނަ ފަހަރަށް ހެދި ފަޒީލް ބުނީ، އޭނާގެ ކެރިއާގައި އެކި އެކި ކޯޗުންނާއެކު މަސައްކަތް ކުރެވިއްޖެ ކަމަށެވެ. ނަމަވެސް ނަސީރުގެ ޓްރޭނިންތައް، އެހެން ކޯޗުންނާ ތަފާތު ކަމަށް މި އަހަރު ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ބޭއްވި ރަކް އަލް ހައިމާ ހާފް މެރަތަންގެ ފަސް ކިލޯމީޓަރުގައި ވާދަކޮށް ރަން މެޑަލް ހޯދި ފަޒީލް ބުންޏެވެ.
"ކޮންމެ ކޯޗެއްގެ ވެސް ޓެކްނިކް ތަފާތު ވާނެ. އެކި ކޯޗުން ގެންގުޅޭނީ އެކިއެކި ޓެކްނިކް. އިންޑިއާގެ ކޯޗުންނާއެކު އަދި މޮރޮކޯގެ ކޯޗުންނާ އެކު ވެސް އަޅުގަނޑު މަސައްކަތް ކުރިން. ނަސީރުގެ ތަފާތަކީ ޓްރޭނިންގެ ހުރިހާ ވަގުތެއްގައި ވެސް ޕުޝްކޮށްދޭން މޯޓިވޭޓް ކޮށްދޭން ކޯޗު ހުންނާތީ. ކޯޗަށް އެނގޭ ޓްރޭނިންގައި ޕްރެޝަރު ކުރަންވީ ދަނޑިވަޅުތަކާ މޯޓިވޭޓް ކުރަން ޖެހޭ ދަނޑިވަޅުތައް ވެސް،" ފަޒީލް ބުންޏެވެ.
ފަޒީލްގެ ޓާގެޓެއްގެ ގޮތުގައި ނަސީރު މިހާރު ކަނޑައަޅައިފައި ވަނީ އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް އެއް ރާއްޖެ އަށް ހޯދައި ދިނުމެވެ. ކުރިން ދިން އިންޓަވިއުއެއްގައި ފަޒީލް ބުނީ ރާއްޖޭގައި ހޯދާ ކާމިޔާބުތަކަކީ އިންޓަނޭޝަނަލް ގޭމްސްގައި މެޑަލް ހޯދަން ޖަހާ ވޯމްއަޕެއް ކަމަށެވެ.
ގްރޯން ޕްރީގައި ހަތަރު ފަހަރުވެސް ފަޒީލަށް ތަށި
ޑޮމެސްޓިކް ކާމިޔާބުތަކަކީ އައިއޯއައިޖީއަށް ވޯމްއަޕެއް
އެއްވަނަ އަކީ ހިތްވަރެއް، ދެން އޮތް ޗެލެންޖް މާބޮޑު
ފަޒީލްއާ އެކު ނަސީރު މެޑައްޔަކަށް އަމާޒު ހިފައިފި
ގައުމީ ރެކޯޑަކާ އެކު ފަޒީލް އޭނާގެ މަގާމް ދިފާއުކޮށްފި
ނަސީރަށް ބްރިޓިޝްގެ އެންމެ ކާމިޔާބު ކޯޗުގެ ސެޝަންތަކެއް
ސްކޮޓިޝްގެ ކޯޗިން ޕްރޮގްރާމްގެ ފުރުސަތެއް ނަސީރަށް
ސްޕޯޓްސް ސައިންޓިސްޓެއްގެ ވާހަކަ ދިވެހިންނަށް ފިލާވަޅެއް
ރެކޯޑަކާ އެކު ފަސޫހާއަށް އެންމެ މޮޅު އެތުލީޓްގެ އެވޯޑް
ނަސީރު އެކަޑަމީގެ ދުވުންތެރިން ލަންކާގައި ކޭމްޕްކޮށްފި