ގްރޯން ޕްރީގައި، ވާދަ ކުރި ހަތަރު ފަހަރު ވެސް އެންމެ މޮޅު އެތުލީޓްގެ އެވޯޑް ހޯދައި، ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެ މުބާރާތުގައި ޑޮމިނޭޓް ކުރަމުން އަންނަ ރެކޯޑް ދަމަހައްޓައިފި އެވެ.
24 ޑިސެމްބަރ 2023
ގްރޯން ޕްރީގައި، ވާދަ ކުރި ހަތަރު ފަހަރު ވެސް އެންމެ މޮޅު އެތުލީޓްގެ އެވޯޑް ހޯދައި، ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެ މުބާރާތުގައި ޑޮމިނޭޓް ކުރަމުން އަންނަ ރެކޯޑް ދަމަހައްޓައިފި އެވެ.
ގްރޯން ޕްރީގައި ފަޒީލް އެންމެ ފުރަތަމަ ވާދަ ކުރީ 2018 ގަ އެވެ. މުބާރާތް ބޭއްވި އަހަރުތަކުގެ ތެރެއިން އޭނާ ވަދަ ނުކުރަނީ 2021 ގަ އެވެ. އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުން އަންނަ، ފަޒީލް އޭރު ހުރީ މިލްޓަރީ ތަމްރީނުތަކެއްގައި ސްރީ ލަންކާގަ އެވެ. ކޮވިޑް-19 އާ ގުޅިގެން 2020 ގައި މުބާރާތް ބާއްވާފައެއް ނުވެ އެވެ.
މި އަހަރު ވެސް ގްރޯން ޕްރީގެ އެންމެ މޮޅު އެތުލީޓްގެ އެވޯޑް ހޯދީ 3،000 މީޓަރުގެ ރެކޯޑް މުގުރާލުމަށް ފަހު އެވެ.
މިފަހަރު 3،000 މީޓަރުގެ ރޭސް އޭނާ ނިންމީ 8:55.87 (އަށް މިނެޓާއި 55.87 ސިކުންތު) އިންނެވެ.
މިދިޔަ އަހަރު އޭނާ އެ ރެކޯޑް މުގުރާލީ 9 މިނެޓާއި 2 ސިކުންތުން ނިންމައިގެންނެވެ.
މި އަހަރު ޖޫން މަހު އިންޑިއާގެ އޮޑިޝާގައި ބޭއްވި އެތުލެޓިކް ސްޓޭޓް މުބާރާތުގައި ވާދަކޮށް، ފަޒީލް ވަނީ، 30 އަހަރު ވަންދެން މުގުރާނުލެވި އޮތް ރާއްޖޭގެ 1،500 މީޓަރުގެ ރެކޯޑް މުގުރާލައިފަ އެވެ.
މުގުރާލީ މީގެ 30 އަހަރު ކުރިން ސާފް ގޭމްސްގައި ކުރީގެ ދުވުންތެރިޔާ ހުސައިން ރިޔާޒު ސޮމަދު (ބޭބެ ރިޔާ) 4:0.6 (ހަތަރު މިނެޓާއި 0.6 ސިކުންތުން) ހެދި ރެކޯޑެވެ. ފަޒީލް އެ ރެކޯޑް މުގުރާލީ 3:57.44 (ތިން މިނެޓާއި 57.44 ސިކުންތު) އިން ނިންމައިގެންނެވެ.
ދިރާގު ރޯޑް ރޭހުން 2013 ގައި ދުވުމުގެ ތެރެއަށް ނުކުތް ފަޒީލް، ފާހަގަ ކުރެވިފައި ވަނީ ދުވަސްވީ ރެކޯޑްތައް މުގުރާލާ ދުވުންތެރިޔެއްގެ ގޮތުގަ އެވެ. އޭނާ މުގުރާލި ގިނަ ރެކޯޑްތަކަކީ ގިނަ އަހަރުތަކެ ވަންދެން މުގުރާ ނުލެވި އޮތް ރެކޯޑްތަކެކެވެ. އޭނާ 2019 ގައި މުގުރާލި 5،000 މީޓަރުގެ ރެކޯޑަކީ 26 އަހަރުވަންދެން މުގުރާނުލެވި އޮތް ރެކޯޑެކެވެ. ގަތަރުގެ ދޯހާގައި އެ އަހަރު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، 5،000 މީޓަރުގެ ރޭސް ފަޒީލް ނިންމީ 15:30 (15 މިނެޓާއި 30 ސިކުންތު) އިންނެވެ.
ރިން އެ ރެކޯޑް ވެސް އޮތީ 1993 ގައި 15.36 މިނެޓުން ދުވެގެން ރެކޯޑް އޮތީ ބޭބެ ރިޔާ އަތުގަ އެވެ.
ފަޒީލް މުގުރާލި 10000 މީޓަރު 2017 ގައި އޭނާ މުގުރާލުމުގެ ކުރިން އެ ރެކޯޑް މުގުރާނުލެވި ރެކޯޑް ކުރިން ހެދީ 28 އަހަރު ކުރިން ހުސައިން ހަލީމް (ކުޑަ ހުސައިން) އެވެ. ހުސައިން އެ ރެކޯޑް ހެދީ 1989 ގަ އެވެ.
10 މަސް ދުވަހުން ފަޒީލް އެހެން ލެވަލަކަށް
ގައުމީ ރެކޯޑަކާ އެކު ފަޒީލް އޭނާގެ މަގާމް ދިފާއުކޮށްފި
ރެކޯޑަކާ އެކު ފަސޫހާއަށް އެންމެ މޮޅު އެތުލީޓްގެ އެވޯޑް
ފަޒީލް މިފަހަރު މުގުރާލީ 30 އަހަރުވީ ރެކޯޑެއް
ފަޒީލް އާއި ރިއްފަތު ވެސް އިންޑިއަން ގްރޯން ޕްރީގައި
ފަޒީލް އާއި ރިއްފަތު އިންޑިއާގެ ޓްރޭނިން ކޭމްޕާ ގުޅެނީ
ޑޮމެސްޓިކް ކާމިޔާބުތަކަކީ އައިއޯއައިޖީއަށް ވޯމްއަޕެއް
5000 މީޓަރު ކާމިޔާބުކޮށް ފަޒީލަށް އިތުރު ރަނެއް
އެއްވަނަ އަކީ ހިތްވަރެއް، ދެން އޮތް ޗެލެންޖް މާބޮޑު
ފަޒީލް އެއްވަނަ، ޖައިޝާ އާއި މަރީ އަށް ގައުމީ ރެކޯޑް