19 އޮކްޓޯބަރ 2021
ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އަށް އެއް އަހަރުތެރޭ އިންޓަނޭޝަނަލް މެޑައްޔެއް ހޯދައި ދިނުމަށް ޓާގެޓްކޮށް އޭނާގެ ކޯޗެއްގެ ގޮތުގައި ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލް މަސައްކަތް ފަށައިފި އެވެ.
ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އަށް އެއް އަހަރުތެރޭ އިންޓަނޭޝަނަލް މެޑައްޔެއް ހޯދައި ދިނުމަށް ޓާގެޓްކޮށް އޭނާގެ ކޯޗެއްގެ ގޮތުގައި ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލް މަސައްކަތް ފަށައިފި އެވެ.
އެންމެ ފަހުން ބޭއްވި ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތު އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދި ފްލޭޝްގެ ކޯޗުކަމާ ނަސީރު ހަވާލުވީ މި މަހު އެވެ. ދިގު ދުވުންތަކަށް ހާއްސަވެފައި ހުރި ފްލޭޝްއަކީ 3،000 މީޓަރު ދުވުމުން ގައުމީ ރެކޯޑް ދަމަހައްޓާ ދުވުންތެރިޔާ އެވެ.
"އެއް އަހަރު ތެރޭ އިންޓަނޭޝަނަލް ގޭމްސްއެއް ނޫނީ ޗެމްޕިއަންޝިޕެއްގައި ވާދަކޮށް ފަޒީލަށް މެޑައްޔެއް ހޯދައި ނުދެއްވިއްޖެއްޔާ އަހަރެން ދެން ފަޒީލަކަށް ކޯޗުކަމެއް ނުކޮށްދޭނަން. އަމިއްލަ ޗެލެންޖެއްގެ ގޮތުގައި މިކަން މި ނެގީ،" ނަސީރު ބުންޏެވެ.
ފްލޭޝް އެންމެ ފަހުން ވާދަކުރީ 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއާން ގޭމްސްގަ އެވެ. އެ ގޭމްސްގައި އޭނާ އަށް މެޑައްޔަކާ ހަމައަށް ނުދެވުނެވެ.
އެއް އަހަރު ތެރޭ އިންޓަނޭޝަނަލް ގޭމްސްއެއް ނޫނީ ޗެމްޕިއަންޝިޕެއްގައި ވާދަކޮށް ފަޒީލަށް މެޑައްޔެއް ހޯދައި ނުދެއްވިއްޖެއްޔާ އަހަރެން ދެން ފަޒީލަކަށް ކޯޗުކަމެއް ނުކޮށްދޭނަން. އަމިއްލަ ޗެލެންޖެއްގެ ގޮތުގައި މިކަން މި ނެގީ. --ނަސީރު
ސައުތު އޭޝިއާން ގޭމްސްގައި ނަސީރަކީ މެޑައްޔަކާ ވަރަށް ކައިރިއަށް ދެވުނު އެތުލެޓިކެވެ. ނޭޕާލުގެ ކަތަމަންޑޫގައި 1999 ގައި ބޭއްވި ގޭމްސްގެ 800 މީޓަރުން މެޑައްޔެއް ހޯދުމާ ވަރަށް ކައިރިއަށް ނަސީރު ދިޔަ އެވެ. ރޭހުގެ ފަހު 50 މީޓަރާ ހަމައަށް ދިޔައިރު ވެސް ނަސީރު އޮތީ މެޑަލް ޒޯންގަ އެވެ. ނަމަވެސް ފަހަތުން އައި އެތުލީޓަށް ބަލައިލެވި ނަސީރުގެ ސުޕީޑަށް މަޑުޖެހުމެއް އައީ އެވެ. އެއަށްވުރެ ބޮޑު އުނދަގުލަކަށް ކުރިމަތިވީ އެހެން ދުވުންތެރިޔެއްގެ އުޅަނބޮށިން ނަސީރުގެ ގައިގައި ޖެހުމެވެ. އޭނާ އަށް މެޑަލް ގެއްލުނީ އެވެ. އެއީ ނަސީރު ބުނާ ގޮތުގައި އޭނާގެ ކުޅިވަރު ކެރިއާގައި އެންމެ ދެރަވި ދުވަހެވެ.
ފްލޭޝް އަށް ކޯޗް ކޮށްދޭން އެއްބަސްވިކަން ނަސީރު އިއުލާން ކުރުން
އެތުލީޓެއްގެ ގޮތުގައި އިންޓަނޭޝަނަލް މެޑައްޔަކާ ހަމައަށް ނުދެވުނު ނަސީރަށް ފްލޭޝް ގޮވައިގެން އެކަން ހާސިލު ކުރަން އޮތް ގޮންޖެހުން ބޮޑެވެ.
"އެއްވެސް ކަމަކީ ފަސޭހަ ކަމެއް ނޫން. ހާއްސަކޮށް ކުޅިވަރުގައި ކާމިޔާބެއް ހޯދުން މެޑައްޔެއް ހޯދުން ނުވާނެ ފަސޭހަ ކަމަކަށް," ނަސީރު ބުންޏެވެ. "އެކަމަކު އަހަންނަށް ވަރަށް ޔަގީންކަން އެބައޮތް އަހަރެން ކޯޗް ކޮށްދީގެން ފަޒީލަށް މެޑައްޔެއް ހޯދައި ދެވޭނެކަން. އިތުބާރާއެކީ މި ބުނަނީ ﷲ އިރާދަ ކުރެއްވިއްޔާ މެޑައްޔެއް ގެނެވޭވަރު ކުރާނަން."
ފްލޭޝްގެ ކޯޗަކަށް ނަސީރު ހަމަޖެއްސުމަށް އޭނާގެ ބައެއް ރަށްޓެހިން ވެސް ހިޔާލު ދިނެވެ. ފްލޭޝް ބުނީ އެތުލެޓިކްސްގެ ތެރެއަށް އޭނާ ވަނުމުގެ ކުރިން ވެސް ނަސީރު އަކީ އޭނާ ފޮލޯކުރި އެތުލީޓެއް ކަމަށެވެ.
"ރާއްޖޭގެ އެތުލެޓިކްސް ތާރީހުގައި ނަސީރު ކޯޗަކީ ލެޖެންޑްރީ ފިގާއެއް. އަހަރެން ވެސް ވަރަށް އެޑްމަޔާ ކުރި އެތުލީޓެއް ނަސީރު އަކީ. މިހާރު އަހަރެންގެ ކޯޗަކަށް މިވީ،" މި ވަގުތު ގައުމީ ސްކޯޑްގައި ވެސް ނުހިމެނޭ ފްލޭޝް ބުންޏެވެ.
"ކޯޗު އަމިއްލައަށް ޓާގެޓެއް ކަނޑައެޅުމަކީ މަސައްކަތް ކުރަން ހުންނަ އެތުލީޓަށް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެ. އެގޮތުން އަހަންނަށް ވަރަށް ބޮޑު ހިތްވަރަކަށް ވެއްޖެ ކޯޗު ތިހެން [އެއް އަހަރުތެރޭ އިންޓަނޭޝަނަލް މެޑައްޔެއް ހޯދާ ވާހަކަ] ބުނީމަ."
10 މަސް ދުވަހުން ފަޒީލް އެހެން ލެވަލަކަށް
ޑޮމެސްޓިކް ކާމިޔާބުތަކަކީ އައިއޯއައިޖީއަށް ވޯމްއަޕެއް
އެއްވަނަ އަކީ ހިތްވަރެއް، ދެން އޮތް ޗެލެންޖް މާބޮޑު
ނަސީރަށް ބްރިޓިޝްގެ އެންމެ ކާމިޔާބު ކޯޗުގެ ސެޝަންތަކެއް
ސްކޮޓިޝްގެ ކޯޗިން ޕްރޮގްރާމްގެ ފުރުސަތެއް ނަސީރަށް
ސްޕޯޓްސް ސައިންޓިސްޓެއްގެ ވާހަކަ ދިވެހިންނަށް ފިލާވަޅެއް
ގްރޯން ޕްރީގައި ހަތަރު ފަހަރުވެސް ފަޒީލަށް ތަށި
ނަސީރު އެކަޑަމީގެ ދުވުންތެރިން ލަންކާގައި ކޭމްޕްކޮށްފި
ފަޒީލް މިފަހަރު މުގުރާލީ 30 އަހަރުވީ ރެކޯޑެއް
ފަޒީލް އާއި ރިއްފަތު ވެސް އިންޑިއަން ގްރޯން ޕްރީގައި