Roadha Mihaaru
ވިހެއުމަށް ފަހު އާލިއާގެ ފޮޓޯއެއް؛ މެސެޖަކީ "މާމާ"

ވިހެއުމަށް ފަހު އާލިއާގެ ފޮޓޯއެއް؛ މެސެޖަކީ "މާމާ"

18 ނޮވެމްބަރ 2022

ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް އަލަތު ދަރިފުޅު ވިހެއުމަށް ފަހު އިންސްޓަގްރާމްގައި ފުރަތަމަ ފަހަރަށް ފޮޓޯއެއް ހިއްސާކޮށްފި އެވެ.

ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް އަލަތު ދަރިފުޅު ވިހެއުމަށް ފަހު އިންސްޓަގްރާމްގައި ފުރަތަމަ ފަހަރަށް ފޮޓޯއެއް ހިއްސާކޮށްފި އެވެ.

ކޮފީ މަގެއް ހިފައިގެން ނަގާފައިވާ މި ފޮޓޯގެ ފޯކަސް އަކީ އާލިއާއެއް ނޫނެވެ. އެކަމަކު ފޮޓޯ އިން ފާޅުވަނީ މަގުގައި ލިޔެފައި އިން "މާމާ" ނުވަތަ މަންމަ އެވެ. އާލިއާ ފެންނަނީ ވަރަސް ފުސްކޮށެވެ.

މިއީ މަންމައަކަށް ވުމުން އުފަލުން ހުރިކަން އަންގައިދޭ މެސެޖެއް ކަމަށް ސިފަވެ އެވެ.

މި އަހަރު ގެ އޭޕްރީލް 14 ގައި ރަންބީރް ކަޕޫރާއި އާލިއާ ކައިވެނިކުރީ ރައްޓެހި ވެގެން އުޅޭތާ އަހަރުތަކެއް ފަހުން ނެވެ. މި މަހުގެ ހަ ވަނަ ދުވަހު އާލިއާ ވިހެއީ އަންހެން ކުއްޖެކެވެ.

ބޮލީވުޑް ގެ މަޝްހޫރު އަދި ނުފޫޒު ގަދަ ދެ އާއިލާ އަށް ނިސްބަތްވާ މި ދެތަރިން އެކުގައި އެންމެ ފަހުން ލީޑް ރޯލް ކުޅެފައިވާ ފިލްމަކީ "ބްރަހްމަސްތަރާ-1" އެވެ.