Roadha Mihaaru
އެންމެ މުއްސަނދި ސްޓާކިޑްއަކަށް ރަހާ

އެންމެ މުއްސަނދި ސްޓާކިޑްއަކަށް އާލިއާ އާއި ރަންބީރްގެ ދަރިފުޅު

01 އެޕްރީލް 2024

ބޮލީވުޑްގެ ސްޓާރުންގެ ކުދިންގެ ތެރެއިން އެންމެ މުއްސަނދި ކުއްޖަކަށް އާލިއާ ބަޓް އާއި ރަންބީރް ކަޕޫރްގެ އެއް އަހަރުގެ ދަރިފުޅު ރަހާ ކަޕޫރް ވެއްޖެ އެވެ.

ބޮލީވުޑްގެ ސްޓާރުންގެ ކުދިންގެ ތެރެއިން އެންމެ މުއްސަނދި ކުއްޖަކަށް އާލިއާ ބަޓް އާއި ރަންބީރް ކަޕޫރްގެ އެއް އަހަރުގެ ދަރިފުޅު ރަހާ ކަޕޫރް ވެއްޖެ އެވެ.

ރަންބީރް އާއި އާލިއާ ވަނީ އިންޑިއާގެ މުމްބާއީން ވަރަށް އަގުބޮޑު ބަންގްލޯއެއް ހޯދައިފަ އެވެ. އެ ބަންގްލޯއަކީ ރަންބީރްގެ ކާފަ ރާޖް ކަޕޫރްގެ ގެއެކެވެ. އެ ގެ ގަނެ، އެތަނުގެ އެކި މަރާމާތަށް ރަންބީރްގެ ދެމަފިރިން 250 ކްރޯޑް ރުޕީސް ނުވަތަ 30 މިލިއަން ޑޮލަރުގެ ހޭދަކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ބޮލީވުޑްގެ ސުޕަސްޓާރުން ކަމަށްވާ އަމީތާބް ބައްޗަންގެ ގެ "ޖަލްސާ" އާއި ޝާހްރުކް ހާންގެ "މަންނަތު" އިމާރާތްކުރަން ވެސް އެ ވަރު ހަރަދުނުކުރާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ރަންބީރްގެ ދެމަފިރިން ވަނީ އެ ގެ ރަހާގެ ނަމުގައި ރަޖިސްޓްރީކޮށްފަ އެވެ. އެހެންވެ، ރަހާ އަކީ ބޮލީވުޑްގެ ސްޓާރުންގެ ކުދިންގެ ތެރެއިން މިހާރު އެންމެ މުއްސަނދި ކުއްޖާ އެވެ. އަދި އެ ގޭގެ ކޯ-އޯނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރަހާގެ މާމަ އަދި ރަންބީރްގެ މަންމަ ނީތޫ ސިންގް ކަޕޫރެވެ.

ރަންބީރްގެ ދެމަފިރިންގެ މިހާރު ވެސް ހަތަރު ފްލެޓް މުމްބާއީގައި ހުރެ އެވެ. އެ ތަންތަނުގެ އަގަކީ 60 ކްރޯޑް ރުޕީސް ނުވަތަ 7.2 މިލިއަން ޑޮލަރެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ގެ މަރާމާތުކޮށް ނިންމުމުން ރަންބީރްގެ ދެމަފިރިންނާއި އޭނާގެ މަންމަ އާއި އޭނާގެ ދައްތަގެ އާއިލާ ވެސް އެ ގެއަށް ބަދަލުވާނެ އެވެ.

ރަންބީރް އާއި އާލިއާ މިހާރު ދިރިއުޅެނީ މުމްބާއީން ރަންބީރް ގަނެފައި ހުންނަ ފްލެޓެއްގައި އާއިލާއާ ވަކިންނެވެ.

ރަންބީރްގެ ދެމަފިރިން އަގުބޮޑު ގެއެއް ގަތްއިރު މިދިޔަ އަހަރު ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ތެރޭގައި އެ ދެމީހުން ކުޅުނު ފިލްމުތައް ހިމެނެ އެވެ.