Roadha Mihaaru
އޮމްބަޑަސްޕާސަން އޮފީހުގެ މުއްދަތު އިތުރުކޮށްފި

އޮމްބަޑަސްޕާސަން އޮފީހުގެ މުއްދަތު މި ދައުރު ނިމެންދެން ދަންމާލައިފި

18 ނޮވެމްބަރ 2022

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރު ނިމެންދެން ދަންމާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރު ނިމެންދެން ދަންމާލައިފި އެވެ.

ވޭތުވެދިޔަ 65 އަހަރުގެ އިންސާފު ހޯދައިދިނުމުގެ ވައުދާ އެކު އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސް ނިންމަވާފައިވާ ކަން ރައީސް އޮފީހުން މިދިޔަ މަހު އިއުލާންކުރި އެވެ. ނަމަވެސް މުއްދަތު އިތުރުކުރަން ނިންމި ތާރީހެއް އޭރު ނުބުނެ އެވެ.

ރައީސް އޮފީހުން އިއްޔެ ބުނީ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އަންނަ އަހަރު ނޮވެންބަރު 17ގެ ނިޔަލަށް ރައީސް އިތުރުކުރައްވާފައިވާ ކަމަށެވެ. އެއީ ރައީސްގެ މި ދައުރުގެ ފަސް އަހަރު ހަމަވާ ތާރީހެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރުކުރީ، އެ އޮފީހުގެ މަސައްކަތްތަކަށް ކަނޑައެޅި ދެ އަހަރު ދުވަހުގެ މުއްދަތު އަންނަ މަހު 17 އަށް ހަމަވާއިރު، އެ އޮފީހުން ތަހުގީގުކުރަމުން ގެންދާ ބައެއް މައްސަލަތައް ފުރިހަމަކުރުމަށް، މުއްދަތު އިތުރުކޮށްދިނުމަށް އެ އޮފީހުން އެދިފައި ވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގަނެ ހިންގާފައިވާ މައްސަލަތައް ބަލަން އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ޑިސެމްބަރު 17, 2020 ގަ އެވެ.

ގާނޫނުގައި އޮތީ، ދެ އަހަރުގެ ތެރޭގައި މައްސަލަ ނިންމައި އޮފީސް އުވާލާށެވެ. މި މުއްދަތަށް ނުނިމިއްޖެ ނަމަ މަސައްކަތްތައް ނިންމާނެ ނިޒާމެއް ހަމަޖެއްސުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ހެދީ ފުރަތަމަ ރައީސް, މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ވޭތުވެދިޔަ ހަތަރު ރައީސުންގެ ވެރިކަންތަކުގައި ހިނގި އަނިޔާ ބެލުމަށެވެ. މި މުއްދަތަށް އަމާޒުކޮށް ހުޅުވާލުމުން އޮމްބަޑްސްޕާސަންގެ އޮފީހަށް ގާތްގަނޑަކަށް 500 މައްސަލަ ހުށަހެޅި އެވެ.