Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
13 ކިލޯގެ ޑްރަގް: ހަ މީހަކު 15 ދުވަހަށް ބަންދު

13 ކިލޯގެ ޑްރަގްގެ މައްސަލާގައި ހަ މީހަކު15 ދުވަހަށް ބަންދު

19 ނޮވެމްބަރ 2022

މާލެ އާއި ހުޅުމާލެ އިން އިއްޔެ ރޭ އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހަ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ އާއި ހުޅުމާލެ އިން އިއްޔެ ރޭ އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހަ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޓީމު ގުޅިގެން، މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ރެއިޑްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގިނަ އަދަދެއްގެ ފައިސާ އަތުލައިގަތެވެ.

އެ އޮޕަރޭޝަންގައި 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާ އަތުލައިގަތެވެ.

ފުލުހުންގެ މީޑިއާ އޮފިޝް މިހާރު" އަށް ވިދާޅުވީ ހަ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ތަކެތި އަތުލައިގަތީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލޭގެ ގެސްޓް ހައުސްއަކުން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް މާލެ އާއި ހުޅުމާލޭގައި ހާއްސަ އޮޕަރޭޝަންތައް ހިންގާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.