Roadha Mihaaru
"ހަބޭސް" ގެ "ކަނބުލޮ" އަންނަ މަހު

"ހަބޭސް" ގެ ދެވަނަ އަލްބަމް "ކަނބުލޮ" އަންނަ މަހު ނެރެނީ

12 ޖެނުއަރީ 2017

މަޝްހޫރު ބޮޑުބެރު ބޭންޑް "ހަބޭސް" ގެ ދެވަނަ އަލްބަމް "ކަނބުލޮ" އަންނަ މަހު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ ބޭންޑުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ބޮޑުބެރު ބޭންޑް "ހަބޭސް" ގެ ދެވަނަ އަލްބަމް "ކަނބުލޮ" އަންނަ މަހު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ ބޭންޑުން ބުނެފި އެވެ.

"ހަބޭސް" ގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ އަލްބަމްގައި ހިމެނޭނީ ބޭންޑްގެ އަމިއްލަ ރާގުގެ ބޮޑުބެރު އަށް ލަވަ ކަމަށެވެ.

"ލަވަތަކުގެ ރެކޯޑިން ވެސް މިހާރު މި ވަނީ ނިމިފައި. އަންނަ މަހުގެ ތެރޭގައި އަލްބަމް ރިލީޒް ކުރާނަން"، އޭނާ ބުންޏެވެ. "އެކަމަކު އަދި ސީދާ ޑޭޓެއް ފައިނަލެއް ނުކުރަން."

"ކަނބުލޮ" އަލްބަމްގެ ލަވަތައް ކިޔާފައި ވަނީ "ހަބޭސް" ބޮޑުބެރު ގްރޫޕްގައި ހިމެނޭ ލަވަ ކިޔުންތެރިންނެވެ. އޭގެ ތެރޭގައި މުއައްޒިން، ހަސަން ތޮލާގް (ތޮލާ) އަދި ޝާރިމެވެ.

އައްޔަ ބުނީ އަލްބަމްގެ ކޮންމެ ލަވައަކީ ވަރަށް ރީތި ދިވެހިވަންތަ ލަވައަކަށް ވާނެ ކަމަށާއި ލަވަތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ރާއްޖޭގެ ބޮޑުބެރުގައި އެންމެ ނަން މަޝްހޫރު އަދި އެންމެ ކުޅަދާނަ ބޭންޑްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ "ހަބޭސް" ގެ ފުރަތަމަ އަލްބަމަކީ "ޖިންނި" އެވެ.

އެ އަލްބަމްގެ ލަވަތައް ވެސް އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔަ އެވެ.