Roadha Mihaaru
"ހަބޭސް" މިހާރު މާ ހަބޭސް

"ހަބޭސް" މިހާރު މާ ހަބޭސް

10 ނޮވެމްބަރ 2016

ހަބޭސް ބޮޑުބެރު ގްރޫޕުން ވިދާލި އެތައް ލަވަކިޔުންތެރިންނަކާއި ބެރުޖެހުންތެރިންނެއް އެ ގްރޫޕު ދޫކޮށް ހިނގައްޖެ އެވެ. ނަމަވެސް އާ ބައިވެރިންނާ އެކު ރާއްޖޭގެ އެއް ނަމްބަރު ބޮޑު ބެރު ގްރޫޕްގެ ގޮތުގައި އަދިވެސް ދަނީ ކުރިއަށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަބޭސް ބޮޑުބެރު ގްރޫޕުން ވިދާލި އެތައް ލަވަކިޔުންތެރިންނަކާއި ބެރުޖެހުންތެރިންނެއް އެ ގްރޫޕު ދޫކޮށް ހިނގައްޖެ އެވެ. ނަމަވެސް އާ ބައިވެރިންނާ އެކު ރާއްޖޭގެ އެއް ނަމްބަރު ބޮޑު ބެރު ގްރޫޕްގެ ގޮތުގައި އަދިވެސް ދަނީ ކުރިއަށެވެ.

މިދިޔަ މަހު ހަބޭސް އިން ވަކިވި މެމްބަރުންގެ ތެރޭގައި، އެ ގްރޫޕުގެ ލީޑް ވޯކަލިސްޓް ހަސަން މުސްހަފު (މުސީ) ވެސް ހިމެނެ އެވެ. ލިބުނު ހުސްކަން އިތުރު ފުރިހަމަކަމާ އެކު ފޫބައްދައިދިނީ ބޮޑުބެރު ޗެލެންޖް މުބާރާތުން އެންމެ މޮޅު ލީޑް ވޯކަލިސްޓުގެ މަގާމް ހޯދާފައިވާ އިބްރާހިމް ޝާއިރު (ތާރޭ) އަދި 2011 ވަަނަ އަހަރު ވޮއިސް އޮފް މޯލްޑިވްސްގެ އެއްވަނަ މަގާމް ހޯދި ހަސަން ތޮލާގެވެ.

މޯލްޑިވިއަން އައިޑޮލްގެ ގަދަ ހަ ވަނަ މަގާމް ހޯދި "ރޮކްސްޓާ" އިބްރާހިމް މުއައްޒިން ވެސް ވަނީ ހަބޭސް ގްރޫޕާ ގުޅިފަ އެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުގެ ޒުވާނުން މިއުޒިކް ޝޯއެއް ދެނީ: މި ގްރޫޕުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު". --ފޮޓޯ: ހަބޭސް ބޮޑުބެރު ގްރޫޕް

ހަބޭސް ބޮޑުބެރު ގްރޫޕުގެ ޒުވާނުން މިއުޒިކް ޝޯއެއް ދެނީ: މި ގްރޫޕުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު". --ފޮޓޯ: ހަބޭސް ބޮޑުބެރު ގްރޫޕް

ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނަނީ ހަބޭސް ކުރިއަށްވުރެ "މިހާރު މާ ހަބޭސް" ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ގްރޫޕަށް ޒުވާން ވަރުގަދަ ލަވަކިޔުންތެރިންތަކެއް ގުޅިއްޖެ. ހަބޭސް ކުރިއަށްވުރެ މާ ހަބޭސްކޮށް ވަރުގަދަ ޝޯތަކެއް ދެމުން ކުރިއަށްދާނީ،" އައްޔަ ބުންޏެވެ.

އޭނާ ބުނީ ހަބޭސް ގްރޫޕަށް އަލަށް ގުޅުނު މެމްބަރުންނަށް ޓްރެއިނިންތައް ދެމުން އަންނަ ކަމަށާއި ކުރިއެރުންތަކެއް ފެންނަ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހު ސްރީ ލަންކާގައި ބާއްވާ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސާޓާ) ހަފުލާގައި ވެސް ހަބޭސް ބޮޑުބެރު ގްރޫޕުގެ ރީތި ހުށަހެޅުންތައް ފެނިގެންދާނެކަމަށް އައްޔަ ބުންޏެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުގެ މެމްބަރުން.-- ފޮޓޯ: ހަބޭސް ބޮޑުބެރު ގްރޫޕް

ހަބޭސް ބޮޑުބެރު ގްރޫޕުގެ މެމްބަރުން.-- ފޮޓޯ: ހަބޭސް ބޮޑުބެރު ގްރޫޕް

މެލޭޝިޔާގައި ވެސް މިއަހަރުގެ ތެރޭގައި ހަބޭސްގެ ޝޯއެއް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޔަ ބުންޏެވެ.

ހަބޭސް ގްރޫޕުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ މިސްރުގައި ބޭއްވި "އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޯ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ގައި ޝޯއެއް ދީފަ އެވެ. އަދި ސައުންޑްސް އޮފް މޯލްޑިވްސް އިން އަންނަ އަހަރު ސިންގަޕޫރުގައި ބާއްވާ ފެސްޓިވަލްގައި ވެސް ޝޯއެއް ދިނުމަށް ފުރުސަތު ލިބިފައިވާކަމަށް ކަމަށް އައްޔަނ ބުންޏެެވެ.

ސްރީލަންކާގައި ބާއްވާ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގެ ހަފުލާގައި ހަބޭސް ބޮޑުބެރު ގްރޫޕު ހުށަހެޅުމާގުޅޭ ބެނާއެއް

ސްރީލަންކާގައި ބާއްވާ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގެ ހަފުލާގައި ހަބޭސް ބޮޑުބެރު ގްރޫޕު ހުށަހެޅުމާގުޅޭ ބެނާއެއް

އަންނަ އަހަރު ހަބޭސްގެ ތިން އަލްބަމަކާއި މޯބައިލް އެޕްލިކޭޝަން ވެސް ލޯންޗުކުރަން ވަނީ ނިންމައިފަ އެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ފައިސާ ހޯދަން ވެސް ވަރުގަދަ ޝޯތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އައްޔަ ބުންޏެވެ.

"ހަބޭސްގައި މިހާރުތިބި މެމްބަރުންނާ މެދު ވަރަށް ހިތްހަމަޖެހޭ. މިއަހަރުގެ ތެރޭގައި އަދިވެސް މި ގްރޫޕުގެ ސަޕޯޓަރުންނަށް ގިނ ޝޯތަކެއް ފެނިގެންދާނެ،" އައްޔަ ބުންޏެވެ.

ހަބޭސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ. މިހާރު މެދުވެރިކޮށް ހަބޭސްގެ ސަޕޯޓަރުންނަށް، ހަބޭސް ގްރޫޕާ ގުޅޭ ފަހުގެ ޚަބަރުތައް ލިބެމުން ދާނެ އެވެ.