Roadha Mihaaru
ސީރިޔާގައި ތުރުކީ ސިފައިންގެ މަސައްކަތް ނިންމާލައިފި

ސީރިޔާގައި ތުރުކީ ސިފައިންގެ މަސައްކަތް ނިންމާލައިފި

30 މާޗް 2017

މީގެ އަށް މަސް ކުރިން ތުރުކީ ސިފައިން އިރާގުގައި ފެށި އަސްކަރީ ހަރަކާތްތައް ކާމިޔާބު ކަމާ އެކު އިއްޔެ ނިންމާލައިފި އެވެ.

މީގެ އަށް މަސް ކުރިން ތުރުކީ ސިފައިން އިރާގުގައި ފެށި އަސްކަރީ ހަރަކާތްތައް ކާމިޔާބު ކަމާ އެކު އިއްޔެ ނިންމާލައިފި އެވެ.

ތުރުކީން ސީރިޔާގެ ތެރެއަށް ވަދެގަތީ، ތުރުކީ އާއި ސީރިޔާ ގުޅޭ އިމުގައި އުޅޭ ކުރުދީ ހަނގުރާމަވެރިންގެ ބާރު އެ ސަރަހައްދުގައި ގަދަ ކުރުމާ ގުޅިގެންނެވެ. ތުރުކީ ސިފައިން ކުރުދީންނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ފެށި އިރު، އެމެރިކާގެ އަސްކަރިއްޔާ އިން ދިޔައީ ކުރުދީންނަށް އަސްކަރީ ގޮތުން މަދަދު ފޯރުވަމުންނެވެ.

ތުރުކީގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ސީރިޔާގައި ހިންގި އަސްކަރީ ހަރަކާތްތައް ކާމިޔާބު ކަމަށެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންގެ ކިބައިން އެ ގައުމުގެ ސަރަހައްދީ ރޮނގު ހިމާޔަތް ކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ތުރުކީ ވިލާތުގެ ސިފައިން ކުރުދީންނާ ދެކޮޅަށް ފެށި އަސްކަރީ ހަރަކާތްތައް ނިންމައިލި ކަން މި އިއުލާން ކުރީ، އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން، ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާންއާ ބައްދަލު ކުރެއްވުމަށް އެއް ދުވަހަށް ވެފައި ވަނިކޮށެވެ. މި ބައްދަލުވުމުގައި، ސީރިޔާގައި ތުރުކީން ހިންގާ އަސްކަރީ ހަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

ތުރުކީން ގަބޫލުކުރާ ގޮތުގައި 1980ގެ އަހަރުތަކުގައި، ހަތިޔާރާ އެކު ހަރަކާތްތެރިވާން ފެށި ކުރުދީންގެ ވައިޕީޖީ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެކެވެ. އަދި އެ ޖަމާއަތުން ވަނީ ތުރުކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައި ކަމަށް ތުރުކީ ސަރުކާރުން ދެކެ އެވެ.