12 ޖެނުއަރީ 2017
މިދިޔަ އަހަރުގެ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުވައްމުލަކު މިސްކިތްމަގު ޓީމުގެ ފާތިމަތު މަޒިއްޔާ ހިމަނައިގެން، މި މަހު ފަހުކޮޅު މާލޭގައި ފަށާ އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ސްކޮޑު ފައިނަލް ކޮށްފި އެވެ.
މިދިޔަ އަހަރުގެ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުވައްމުލަކު މިސްކިތްމަގު ޓީމުގެ ފާތިމަތު މަޒިއްޔާ ހިމަނައިގެން، މި މަހު ފަހުކޮޅު މާލޭގައި ފަށާ އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ސްކޮޑު ފައިނަލް ކޮށްފި އެވެ.
މި ފަހަރު ޓީމުން ޖާގަ ހޯދާފައިވަނީ ހައްވާ ރާޝިދާ، އައިޝަތު ޝައްފަ، އާމިނަތު އަރީޝާ، ޖޫޒާން ޒަރީރު، ފާތިމަތު ޒީނިޔާ، ޝައުފާ އާދަމް، ސިލްމާ ޒާހިރު، އާމިނަތު ރިއާޝާ، ހައްވާ ސަހާ، ނުހާ ވަހީދު އަދި އައިޝާތު މާޖިދާ އެވެ.
މިފަހަރުގެ ސްކޮޑުން ބާކީވި ކުޅުންތެރިންނަކީ މަރިޔަމް އަޒްމާ، ހަލީމަތު ސަމާ އަދި އައިޝަތު އިމްތިނާން އެވެ.
ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ވެސް އެ މަގާމުގައި ހުރި އަހުމަދު އަދީލް (ބޭބެ) އެވެ. އަދީލްގެ ކޯޗުކަމުގައި ފާއިތުވި އަހަރެއްހާ ދުވަހު އަންހެން ވޮލީ ޓީމު ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު އިންޑިއާގެ ގުވަހާޓީގައި ކުރިޔަށްދިޔަ އޭޝިއަން ގޭމްސްގައި އަންހެން ވޮލީ ޓީމު ދެއްކި ކުޅުން ފާހަގަކޮށްލެވެ އެވެ.
އޭވީސީ ސެންޓްރަލް ޒޯން މުބާރާތް ކުރިޔަށްދާނީ މި މަހު 27 އިން 29ގެ ނިޔަލަށް މާލޭގަ އެވެ. މި މުބާރާތުގައި ކުޅޭ ގައުމުތައް ވަރަށް އަވަހަށް ފައިނަލް ވާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މައުލޫމާތުދެ އެވެ.
މިއީ ރާއްޖޭގައި ބޭއްވި އޭވީސީ ބީޗް ވޮލީބޯޅަ މުބާރާތަށް ފަހު ބޭއްވޭ ބައިނަލްއަގްވާމީ ފުރަތަމަ ވޮލީބޯޅަ މުބާރާތެވެ.
ފުރަތަަމަ މެޗުގައި ރާއްޖެ އާއި ނޭޕާލްގެ ކުރިމަތިލުމެއް
ރާއްޖޭގެ ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ ވެމްކޯ
އޭވީސީގެ ނައިބު ރައީސަކަށް ރާއްޖޭގެ ލަތީފް
ފަހު ވަގުތު ހިތްދަތިގޮތަކަށް ރާއްޖެ ބަލިވެއްޖެ
ޓްރޭނިން ކޭމްޕްގައި ވޮލީގެ ދެ ޓީމުވެސް ތައިލެންޑަށް
އާބަދަލުން ގައުމީ ޓީމަށް ކުރިއެރުން ހޯދޭނެ: ކާއްޓޭ
ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ވީއޭއެމުން ހަމަޖައްސަނީ
ތަފާތު ކުޅުމެއް ދައްކައި ފަހު މެޗު ބަންގްލަދޭޝް އަށް
ވާދަވެރި ކުޅުމަކާއެކު ބަންގްލަދޭޝްއިން ރާއްޖެ ބަލިކޮށްފި
އެކުވެރިކަމުގެ މެޗުގައި ރާއްޖޭން ބަންގްލަދޭޝް ބަލިކޮށްފި