Roadha Mihaaru
އިރާންގެ ކޯޗު އިނގިރޭސި މިޑިއާގެ އަނގަބަންދުކޮށްލައިފި

އިރާންގެ ކޯޗު އިނގިރޭސި މިޑިއާގެ އަނގަ ބަންދުކޮށްލައިފި

25 ނޮވެމްބަރ 2022

އައް ރައްޔާން (ނޮވެމްބަރު 25) - އަފްޣާނިސްތާންގެ އަންހެނުންގެ ހައްގުތަކުގެ ވާހަކަ ފެންމަތިކޮށް، އިރާންގެ ކޯޗު އިނގިރޭސި މީޑިއާތަކުގެ އަނގަ ބަންދުކޮށްލައިފި އެވެ.

އައް ރައްޔާން (ނޮވެމްބަރު 25) - އަފްޣާނިސްތާންގެ އަންހެނުންގެ ހައްގުތަކުގެ ވާހަކަ ފެންމަތިކޮށް، އިރާންގެ ކޯޗު އިނގިރޭސި މީޑިއާތަކުގެ އަނގަ ބަންދުކޮށްލައިފި އެވެ.

ވޭލްސް އާ ދެކޮޅަށް މިއަދު އިރާން ކުޅޭ މެޗާ ގުޅިގެން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އިރާންގެ ފޯވާޑް މެހްދީ ތަރޭމީއާ، ބީބީސިގެ ނޫސްވެރިޔާ ސުވާލު ކުރީ އިރާންގައި ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިންނަށް ދޭން ބޭނުންވާ މެސެޖާ ބެހޭގޮތުންނެވެ.

އެހެން ޓީމުތަކުގެ ކޯޗުންނާއި ކުޅުންތެރިންނަށް ސިޔާސީ ގޮތުން ސުވާލުނުކޮށް ހަމައެކަނި އިރާންގެ ކުޅުންތެރިންނާ ސިޔާސީ ސުވާލު ކުރުން އެއީ އިންސާފެއްތޯ ވެސް އޭގެ ކުރިން ކުއިރޯޒް ސުވާލު އުފެއްދި އެވެ.

ޕްރެސް ކޮންފަރެންސް ނިމުމަށް ފަހު ބީބީސީ ނޫސްވެރިޔާ އާ ބައްދަލުވުމުން، ކުއިރޯޒް ބުނީ އަފްގާނިސްތާންގެ އަންހެނުން އެކަނި ދޫކޮށްލާފައި އެމެރިކާ އާއި އިނގިރޭސިން އެ ގައުމުން ފައިބައިގެން ދިއުމުން އެކަމާ ބެހޭގޮތުން އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓާ ސުވާލު ނުކުރަނީ ކީއްވެތޯ އެވެ.

ބީބީސީގެ ނޫސްވެރިޔާ ބުނީ މިއީ އިރާންގެ ނޫސް ކޮންފަރެންސް ކަމަށެވެ.

އެކަމަކު ވޯލްޑް ކަޕާ ގުޅިގެން އިނގިރޭސި ގައުމީ ޓީމުން ބޭއްވި އެއް ވެސް ޕްރެސް ކޮންފަރެންސެއްގައި އިނގިރޭސިން އިރާގާއި އަފްގާނީސްތާނަށް އަރައި ކަންތައް ކުރި ގޮތާ ބެހޭގޮތުން ސައުތުގޭޓާ އަދި އިނގިރޭސި ކުޅުންތެރިޔަކާ ވެސް އެއް ވެސް ސުވާލެއް އިނގިރޭސި ނޫސްވެރިން ކޮށްފައެއް ނުވެ އެވެ.

އިރާގްގައި ނިއުކްލިއަ ހަތަިޔާރު ހުރި ކަމަށް ބުނެ އެމެރިކާ އިސްވެ އޮވެ އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިނގިރޭސިން ބައިވެރިވެ ހަނގުރާމައާ ގުޅުމެއް ނެތް އާންމުން ވެސް މެރިކަމަށް އިނގިރޭސި ސަރުކާރަށް އޮތީ ތުހުމަތު ކުރެވިފަ އެވެ. އަދި އަފްގާނިސްތާންގައި އަލް ގައިދާ އާއި ތޯލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ކަމަށް ބުނެ އެ ގައުމަށް 2001 ގައި އަރައި 2014 ވަނަ އަހަރުގެ ނިޔަލަށް އިނގިރޭސި ސިފައިން އެ ގައުމުގައި ތިއްބެވެ.

މިދިޔަ އަހަރު އަލުން ތޯލިބާނުން އެ ގައުމުގެ ބާރުވެރިކަން ހޯދި އިރު އަފްގާނިސްތާންގެ އަންހެނުންނަށް އެހީވާން އިނގިރޭސި ސިފައިންނެއް ނެތެވެ.

މިއަދު ވޭލްސް އާ އިރާން ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 3 ޖަހާއިރު އެވެ. ކުއިރޯޒް ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި އިނިޔާވި ކީޕަރު އަލީ ރެޒާ މިއަދުގެ މެޗުގައި ނުކުޅޭނެ ކަމަށެވެ.