Roadha Mihaaru
އަމީނިއްޔާގެ ގިނަދުވަސްވީ މުވައްޒަފުންގެ އަގުވަޒަންކޮށްފި

އަމީނިއްޔާ އަށް 78: ހިދުމަތްތެރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

28 ނޮވެމްބަރ 2022

އަމީނިއްޔާ ސްކޫލަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް، މިއަދު ސެޓްފިކެޓު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމީނިއްޔާ ސްކޫލަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް، މިއަދު ސެޓްފިކެޓު ދީފި އެވެ.

އެ ސްކޫލުގެ 78 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ އެސެމްބްލީގައި، އެންމެ ގިނަ ދުވަހު ހިދުމަތްކުރި 10 މުވައްޒަފަކަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.

އެ މުވައްޒަފުންގެ ތެރޭގައި 32 އަހަރާއި 31 އަހަރަށް ހިދުމަތްކުރި ޓީޗަރުންނާއި މަސައްކަތު މީހުން ހިމެނެ އެވެ.

އަމީނިއްޔާ ސްކޫލަށް 78 އަހަރު ފުރުން ފާހަގަކުރަން އެ ސްކޫލުގައި މިއަދު ބޭއްވި އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (މ)، އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަދި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އާތިޔާ (ވ-2) އަދި ފާތުން، އަމީނިއްޔާގެ މިހާރުގެ ޕްރިންސިޕަލް ނާޒް (ކ-2) އަދި ކުރީގެ ޕްރިންސިޕަލް ވަފާ ބައިވެރިވެވަޑައިގަންނަވަނީ..-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަމީނިއްޔާގެ ގޯތިތެރޭގައި ބޭއްވި އެސެމްބްލީގައި ވަނީ އެ ސްކޫލުގެ ޕްރިންސިޕަލްކަން ކުރެއްވި ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު އަދި ވަފާ ވަހީދު ހިމެނިވަޑައިގަންނަވަ އެވެ.

އަމީނިއްޔާގެ ޕްރިންސިޕަލް ނާޒްލީން ވާފިރު "މިހާރު" އަށް ވިދާޅުވީ އެ ސްކޫލަށް މި ވީ މުއްދަތުގައި ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އާ އިމާރާތެއްގައި ކިޔަވައިދޭން ފެށުމާއި ދަރިވަރުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިއުން ފާހަގަކުރެއްވި އެވެ.

އަމީނިއްޔާ ސްކޫލުގެ 78 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ސްކޫލުގައި މިއަދު ބޭއްވި އެސެމްބްލީގައި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަމީނިއްޔާ ސްކޫލުގެ 78 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ސްކޫލުގައި މިއަދު ބޭއްވި އެސެމްބްލީގައި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"ކިޔަވައިދިނުމުގައި ވެސް އެންމެ ފަހުގެ ވަސީލަތްތައް ގާއިމްކޮށް، އެ ވަސީލަތްތަކުގެ އެހީގައި ކިޔަވައިދެމުން މި އަންނަނީ މިހާރު،" ނާޒްލީން ވިދާޅުވި އެވެ.

ގްރޭޑު 1-10 އަށް 2،300 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެކަމަކު، އެ ކުދިންނަށް ކިޔަވައިދިނުން ވެސް ކާމިޔާބުކަމާއެކު ގެންދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގެ 78 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ސްކޫލުގައި މިއަދު ބޭއްވި އެސެމްބްލީގައި ސެންގެ ދަރިވަރުންތަކަކާއެކު މިނިސްޓަރު ޑރ. އައިޝަތު އަލީ ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހާއްސަ އެހީއަށް ބޭނުންވާ 200 ކުއްޖަކު އަމީނިއްޔާގައި މިހާރު ކިޔަވަ އެވެ.

"މިހާ ގިނަ ކުދިންނަށް ކިޔަވައިދިނުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު، އިންކްލޫސިވް އެޑިއުކޭޝަނެއް އެބަ ފޯރުކޮށްދެވޭ،" ނާޒްލީން ވިދާޅުވި އެވެ.

އަމީނިއްޔާގެ އަހަރީ ދުވަހާ ގުޅުވައިގެން މި ހަފުތާގައި ލޭ ހަދިޔާ ކުރުން އަދި މި ހުކުރު ދުވަހު ހިނގާލުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.