Roadha Mihaaru
ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީ އަށް

29 މާޗް 2021

ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރި ޕްރޮޖެކްޓުތައް ހިންގާ ރަށްތައް:

- މ. މުލަށް- 17.66 މިލިއަން ރުފިޔާ

- ވ. ރަކީދޫ- 9.16 މިލިއަން ރުފިޔާ

- ރ. ފައިނު- 8.96 މިލިއަން ރުފިޔާ

- ރ. ރަސްމާދޫ- 11.68 މިލިއަން ރުފިޔާ

- ބ. ތުޅާދޫ- 10.13 މިލިއަން ރުފިޔާ

މުލަކާއި ރަކީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 105 ދުވަހުން ނިންމުމަށެވެ. ފައިނާއި ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން 180 ދުވަހުން ނިންމަން ޖެހޭއިރު ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 150 ދުވަހުން ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ވަނީ ބުނެފަ އެވެ.