Roadha Mihaaru
އީއައިއޭ ނުހެދުމުން 28 މިލިއަނުން ޖޫރިމަނާކޮށްފި

އީއައިއޭ ނުހަދާ މަސައްކަތްކުރުމުން ހުރުއެޅި ކުންފުނި 28 މިލިއަނުން ޖޫރިމަނާކޮށްފި

22 ޖެނުއަރީ 2023

އދ. ހުރުއެޅިގައި ތަރައްގީކޮށްފައިވާ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް އީއައިއޭ ނުހަދާ ކޮށްފައިވާތީ، އެ މަސައްކަތްކުރި ހުރުއެޅި އިންވެސްޓްމަންޓް 28 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އދ. ހުރުއެޅިގައި ތަރައްގީކޮށްފައިވާ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް އީއައިއޭ ނުހަދާ ކޮށްފައިވާތީ، އެ މަސައްކަތްކުރި ހުރުއެޅި އިންވެސްޓްމަންޓް 28 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އީއައިއޭ ފުރިހަމަނުކޮށް މަސައްކަތްކުރި މައްސަލަ އެ އެޖެންސީން ބަލައި ކަން ހިނގާފައިވާ ގޮތުގެ ރިޕޯޓަކަށް އެދުމުން މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި އެ ކުންފުނިން އިންސިޑެންޓް ރިޕޯޓެއް ފޮނުވި ކަމަށެވެ.

އެ ރިޕޯޓާ ހަވާލާދީ އީޕީއޭ އިން ބުނި ގޮތުގައި ހުރުއެޅި ބަނދަރު ތަރައްގީކުރުމުގެ ތެރޭގައި 1،055 އަަކަމީޓަރުގެ ސަރަހައްދެއް ކޮނެ، 1583 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ހަދާފައިވެ އެވެ. އެ މަސައްކަތަށް ނެގި ވެލިތައް އަލަށް ހެދި ބަނދަރާ އިންވެގެން ބަނދަރުގެ "ކީ ވޯލް" ގެ ފަހަތަށް އަޅާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ އެޖެންސީން ބުނި ގޮތުގައި ހުރުއެޅި ބަނދަރުގެ މަސައްކަތްތައް މިދިޔަ އަހަރުގެ ޖުލައި 15 ގައި ފަށައި ސެޕްޓެމްބަރު 30 ގައި ނިންމި ކަމަށް އެެ ކުންފުނިން އިއުތިރާފުވެ އެެވެ.

އެހެންވެ، އީއައިއޭ ފުރިހަމަނުކޮށް ބަނދަރުގެ މަސައްކަތް ކޮށްފައިވާތީ އެ މަސައްކަތްކުރި ކުންފުނި ޖޫރިމަނާކޮށްފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވައިދުގެ ދަށުން 20،000ރ. އިންނާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 28.5 މިލިއަން ރުފިޔާ އިންނެވެ.

އީޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ހުރުއެޅި ކުންފުންޏަށް އަންގާފައި ވަނީ ޖޫރިމަނާ ފައިސާ ސަރުކާރުގެ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށެވެ.