ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ކެރޭނެއްގެ ބައެއް ވިލިމާލޭގެ ކަނޑަށް މިއަދު ވެއްޓިއްޖެ އެވެ.
05 ޑިސެމްބަރ 2022
ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ކެރޭނެއްގެ ބައެއް ވިލިމާލޭގެ ކަނޑަށް މިއަދު ވެއްޓިއްޖެ އެވެ.
އެ ޕްރޮޖެކްޓުގައި އިސްކޮށް އުޅުއްވާ ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވެއްޓުނީ ކެރޭނުގެ ބޫމް ކިޔާ ބައެއް ކަމަށެވެ.
މިހާރު ކުރިއަށް ގެންދަނީ އެ ބައި ވެއްޓުނީ ކީއްވެތޯ ބެލުމާއި ކަނޑުން އެ ނެގުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު މެންދުރުފަހު ހިނގި އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ ކެރޭންގެ ބައެއް ވެއްޓުނު ނަމަވެސް މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅޭނެ އެވެ. އަދި ބެކަޕް ޕްލޭނެއް އޮތުމުން ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އޮގަސްޓް 16 އިގައި ވިލިމާލެ ފަރަށް އެރި އެވެ. އެކަމަކު، އިންޑިއާގެ އެފްކޮންސް ކުންފުންޏަށް އެ ޕްލެޓްފޯމް ފުންކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.
ކެރޭނުން ބައެއް ވެއްޓިފައި.-- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
އެ މައްސަލާގައި ބްރިޖު ހަދާ އިންޑިއާގެ ކުންފުނި 69 މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެކަމަކު، އެ ފައިސާ އަދި ނުދައްކާ ކަމަށް ވެ އެވެ.
ހާދިސާ ހިނގިތާ ގާތްގަނޑަކަށް ތިން މަސް ފަހުން ޖޫރިމަނާ ކުރިއިރު ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ވަނީ އެ މައްސަލާގައި ފިޔަވަޅު އެޅުން ލަސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވިލިމާލެ ފަރުގެ ސާވޭއެއް ހެދުމަށް ފަހު އީޕީއޭ އިން އެންމެ ފުރަތަމަ ފޮނުވި ރިޕޯޓް އެފްކޯންސް އިން ގަބޫލެއް ވެސް ނުކުރި އެވެ. އެހެންވެ، އެފްކޯންސް އިން އަމިއްލަ އަށް ވެސް ސާވޭ ކުރުމުގެ ފުރުސަތު އީޕީއޭ އިން ދިނެވެ.
ޑިސެމްބަރުގައި ބްރިޖުމަތިން ވިލިމާލެއަށް ދެވޭނެ
ފެނުން މައްޗަށް ނޭރިއަސް ބްރިޖަށް 2.8ބިލިއަން ރުފިޔާ
އެފްކޮންސްގެ ޖޫރިމަނާ މުރާޖައާ ކުރާތާ އަހަރެއް ވަނީ
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި
އެފްކޮންސް 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަނީ!
ވިލިމާލެ ބްރިޖް މަޝްރޫއުގައި ސޮއިކޮށްފި
ވިލިމާލޭގެ ބްރިޖު މަޝްރޫއުގައި ބުރާސްފަތީގައި ސޮއިކުރަނީ
ބްރިޖުގެ މަސައްކަތްދާގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި