މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
26 އޯގަސްޓް 2021
މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެފްކޮން އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އާރު އަންތަ ކުމާރެވެ.
މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްތަރު ފައްޔާޒު އިސްމާއިލާއި ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަދި އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި އެވެ.
ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗާއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.
މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންންނެވެ. އެގޮތުން، ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރު ހޭދަ ކުރާއިރު އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭނެ އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު، މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އެންމެ ފުރަތަމަ ލައިން އޮފް ކްރެޑިޓް ދޭން އެއްބަސްވި އިރު ބްރިޖުގެ މަޝްރޫއު ނުހިމެނޭ ކަމަށެވެ. ނަމަވެސް ޕްރޮޖެކްޓުގެ މުހިންމު ކަމަށް ބަލައި އެ މަޝްރޫއު ހިމެނީ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ އާއި ވިލިމާލެ އާ ދެމެދު އަޅާ ބްރިޖުގެ ކޮމްޕޯނަންޓްގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ދާއިރާގެ ތަޖުރިބާކާރުންނާއި ދާއިރާގެ އެންމެ ކުރިއަރާފައިވާ ކޮންސަލްޓެންޓުންނާއި ޑިޒައިނަރުންނާ މަޝްވަރާކޮށްފައިވާ ކަމަށް އެފްކޮން ކުންފުނިން ބުނެ އެވެ.
ވިލިމާލެ ބްރިޖް އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެފްކޮން ކުންފުންޏަކީ ކޮންސްޓްރަކްޝަން ދާއިރާގައި 62 އަހަރުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން، މެރިން އަދި ބަނދަރު ފެސިލިޓީތަކާ ގުޅޭ މަސައްކަތްތަކުގައި ދުނިޔެ އިން ހަތް ވަނަ އަދި ބްރިޖުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި 13 ވަނައިގަ އެ ކުންފުނި ހިމެނެ އެވެ. އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ވެސް ހަވާލުކުރީ ވެސް އެ ކުންފުންޏާ އެވެ.
ޑިސެމްބަރުގައި ބްރިޖުމަތިން ވިލިމާލެއަށް ދެވޭނެ
ބްރިޖު އެޅުމަށް ބޭނުންކުރާ ކެރޭނެއްގެ ބައެއް ވެއްޓިއްޖެ
ވިލިމާލޭގެ ބްރިޖު މަޝްރޫއުގައި ބުރާސްފަތީގައި ސޮއިކުރަނީ
ފެނުން މައްޗަށް ނޭރިއަސް ބްރިޖަށް 2.8ބިލިއަން ރުފިޔާ
އެފްކޮންސްގެ ޖޫރިމަނާ މުރާޖައާ ކުރާތާ އަހަރެއް ވަނީ
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި
މާލެއިން އެއްގަމުގައި ޖަހާ ތަނބުގެ މަސައްކަތް ނިމިއްޖެ
އެފްކޮންސް 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަނީ!