އުމްރާނީ ގޮތުން މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއު، ވިލިމާލެ ބްރިޖު އެޅުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހު ސޮއިކުރަން ނިންމައިފި އެވެ.
24 އޯގަސްޓް 2021
އުމްރާނީ ގޮތުން މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއު، ވިލިމާލެ ބްރިޖު އެޅުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހު ސޮއިކުރަން ނިންމައިފި އެވެ.
މާލެ-ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލައި، "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ކުރިއަށް ގެންދަން އިންޑިއާގެ އެފޮކޮންސް އިންފްރަސްޓްރަކްޗާ ކުންފުންޏާއެކު ސަރުކާރުން ދިވެހި ސޮއިކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ހޮޓެލް ޖެންގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ. އެ ހަފުލާގައި ދިވެހި ސަރުކާރާއި އެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މީގެ 62 އަހަރު ކުރިން އުފެއްދި އެފްކޮން ކުންފުންޏަކީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ވެސް ހަވާލުކުރި ކުންފުންޏެވެ. އެއީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ.
ވިލިމާލޭގެ ބްރިޖު އަޅަނީ އިންޑިއާގެ މާލީ އެހީގައި ކަމަށް ވާތީ އެ މަޝްރޫއަށް ކުރިމަތިލެވެނީ އިންޑިއާގެ ކުންފުނިތަކަށް އެކަންޏެވެ. އެހެންވެ، މަޝްރޫއު ހިންގަން ކުރިމަތިލުމަށް ހުޅުވައިލީ އިންޑިއާގެ އެގްޒިމް ބޭންކުން ޕްރީކޮލިފައިވާ ކުންފުނިތަކަށެވެ. އޭގެ ތެރެއިން މަޝްރޫއު ކާމިޔާބުކުރީ އެފްކޮން އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މި ބްރިޖްގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމޭނެ އެވެ.
އެފްކޮންސްގެ ވެބްސައިޓުގައިވާ ގޮތުން އެއީ އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތީގެ 22 ގައުމެއްގައި އެކި މަޝްރޫއުތައް ހިންގާ ބައެކެވެ. މެރިން އަދި ބަނދަރު ފެސިލިޓީތަކާ ގުޅޭ މަސައްކަތްތަކުގައި ދުނިޔެ އިން ހަތް ވަނަ އަދި ބްރިޖުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެ ކުންފުނި ހިމެނިފައިވަނީ 13 ވަނައިގަ އެވެ.
ޑިސެމްބަރުގައި ބްރިޖުމަތިން ވިލިމާލެއަށް ދެވޭނެ
އަސްލަމް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ލަސްކަމަށް!
ބްރިޖު އެޅުމަށް ބޭނުންކުރާ ކެރޭނެއްގެ ބައެއް ވެއްޓިއްޖެ
މާލެއިން އެއްގަމުގައި ޖަހާ ތަނބުގެ މަސައްކަތް ނިމިއްޖެ
ވިލިމާލޭގެ ފަރަށް ގެއްލުން ލިބުނުތާ ތިން މަސް ވަނީ
ރައީސްގެ އިންޑިއާ ދަތުރުގައި ބްރިޖް މަޝްރޫއު ފައްޓަވަނީ
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
ވިލިމާލެ ބްރިޖް މަޝްރޫއުގައި ސޮއިކޮށްފި
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
މާލެ-ތިލަފުށި ބްރިޖް އަޅާނީ އިންޑިއާގެ ކުންފުންޏަކުން