Roadha Mihaaru
ޝާހްރުކް ބޭނުންވާ ކަހަލަ ފިލްމެއް ލިބުނީ އަދި ކިރިޔާ

ޝާހްރުކް ބޭނުންވާ ކަހަލަ ފިލްމެއް ލިބުނީ އަދި ކިރިޔާ

07 ޑިސެމްބަރ 2022

ބޮލީވުޑްގައި ރަސްކަން ކޮށްފައި ވިޔަސް ޝާހްރުކް މިހާތަނަށް އެ ދާއިރާގައި ދެކެމުން އައި ހުވަފެން ހަގީގަތަކަސްވީ އަދި ކިރިޔާ އެވެ. އެއީ އެކްޝަން ފިލްމެއް ކުޅެލަން ލިބުމެވެ.

ބޮލީވުޑްގައި ރަސްކަން ކޮށްފައި ވިޔަސް ޝާހްރުކް މިހާތަނަށް އެ ދާއިރާގައި ދެކެމުން އައި ހުވަފެން ހަގީގަތަކަސްވީ އަދި ކިރިޔާ އެވެ. އެއީ އެކްޝަން ފިލްމެއް ކުޅެލަން ލިބުމެވެ.

އޭނާގެ އުމުރުން 20 އަހަރުން ފެށިގެން ދެކެމުން އައި ހުވެފެން ހަގީގަތަކަށް ވީ އުމުރުން 57 އަހަރު ގަ އެވެ. އެއީ އެކްޝަން ފިލްމް ޕަތަން ކުޅެން ލިބުމުން ނެވެ. ޕަތާން އަކީ ޔާޝްރާޖް ފިލްމްގެ 50 ވަނަ އަހަރީ ދުވަހާ ދިމާކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމް ސިނަމާތަކުގައި އަޅުވާނީ ޖެނުއަރީ 25 ގަ އެވެ.

ޝާހްރުކް ބުނި ގޮތުގައި ކުރިން އެކްޝަން ފިލްމް ކުޅެން ބޭނުންވިޔަސް މުޅިން ވެސް އޭނާއަށް ލިބިފައި ހުރީ ލޯބީގެ ރޯލްތަކާއި ނެގެޓިވް ރޯލްތަކެވެ. އޭރު އެއްވެސް ޑައިރެކްޓަރަކު އޭނާއަކަށް އެކްޝަން ފިލްމެއް ހުށަނާޅާ ކަމަށް ބުންޏެވެ.. ފިލްމް ޕަތަން އަށް ފަހު ޝާހްރުކް ދެން ބޭނުންވަނީ މިޝަން އިމްޕޮސިބަލް ކަހަލަ އެކްޝަން ފިލްމް ކުޅޭށެވެ.

ޝާހް ދެކޭ ގޮތުގައި އިންޑިއާ ވަނީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް އުހުގަ އެވެ. އެހެންވެ އެ ޓެކްނޮލޮޖީ ފިލްމްތަކުގައި ބޭނުން ކުރުން އޭނަ ބޭނުންވެ އެވެ. ޕަތާން ގެރޯލް ލިބުނު ގޮތް ކިޔައިދެމުން ޝާހް ބުނީ އެ ފިލްމްގެ ޑައިރެކްޓަރު ސިދާތް އާނަންދު އޭނާއަށް ވަރަށް ގިނަ ފިލްމް ހުށަހަޅާ ކަމަށާއި ނަމަވެސް ދެ މީހުން އެއްބަސްވާ ކަހަލަ ސްކްރިޕްޓެއް ނެތިގެން މަސައްކަތް ނުކުރެވެނީ ކަމަށެވެ.

އެންމެ ފަހުން ޕަތާން ހުށަހެޅުމުން އެއްބަސްވީ އެވެ. ޝާހްރުކް ބުނާ ގޮތުގައި ދިޕިކާ ޕަޑުކޯން އަދި ޖޯން އަބްރަހަމް މުހިންމު ރޯލެއް އަދާކުރާ ޕަތަން ކުޅުނީވަރަށް އުފާވެރި މާހައުލެއްގަ އެވެ. މި ފިލްމުގެ އެކްޝަން މަންޒަރުތައް ޝޫޓްކޮށްފައިވަނީ ސްޕެއިންގަ އެވެ.

ޕަތާން އަކީ ޝާހްރުކް-ދީޕިކާގެ ހަތަރު ވަނަ ފިލްމެވެ. މި ދެތަރިން އެއްކޮށް ކުޅުނު ފިލްމަތްކުގެ ތެރޭގައި އޯމްޝާންތީ އޯމް، ހެޕީނިއު އިޔާ އަދި ޗެއްނާއީ އެކްސްޕްރެސް ހިމެނެ އެވެ. ޕަތާންގެ ޓްރެއިލާއެއް ވަނީ މާޗް މަހު ނެރެފަ އެވެ.