Roadha Mihaaru
ފިލްމުތައް ގެއްލުނީ މެނޭޖަރާ ހެދި: އަމީޝާ

ޝާހު އާއި ބަންސާލީގެ ފިލްމުތައް ގެއްލުނީ މެނޭޖަރާ ހެދި: އަމީޝާ

08 ސެޕްޓެމްބަރ 2023

ސަންޖޭ ލީލާ ބަންސާލީ އާއި ޔަޝް ޗޯޕްރާ އަދި ޝާހްރުކް ހާން ފަދަ ހުނަރުވެރިންނާ އެކު ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެ ފުރުސަތު ގެއްލުނީ އޭނާގެ މެނޭޖަރާ ހެދި ކަމަށް ބޮލީވުޑްގެ ތަރި އަމީޝާ ޕަޓޭލް ބުނެފި އެވެ.

ސަންޖޭ ލީލާ ބަންސާލީ އާއި ޔަޝް ޗޯޕްރާ އަދި ޝާހްރުކް ހާން ފަދަ ހުނަރުވެރިންނާ އެކު ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެ ފުރުސަތު ގެއްލުނީ އޭނާގެ މެނޭޖަރާ ހެދި ކަމަށް ބޮލީވުޑްގެ ތަރި އަމީޝާ ޕަޓޭލް ބުނެފި އެވެ.

އަމީޝާގެ އާ ފިލްމު "ގަދަރު 2" އަށް ލިބުނު ކާމިޔާބީއަށް ފަހު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބަންސާލީ އަށް ތައުރީފުކޮށް އޭނާ ބުނީ ބަންސާލީގެ ފިލްމަކުން ފުރުސަތު ލިބުނު ކަމަށެވެ. ނަމަވެސް، އެހެން ތަރިއަކު ލައިގެން އެ ފިލްމު މިހާރު ހަދާފައި ވާތީ އެއީ ކޮން ފިލްމެއް ކަން ބުނަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.

އެ ފިލްމު ނުލިބުނީ އަމީޝާގެ މެނޭޖަރާއި ބަންސާލީގެ ގުޅުން ރަނގަޅު ނުވުމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ސުލްހަވެރިކަމާ އެކު، މެނޭޖަރާ ވަކިވި ފަހުން، ބަންސާލީ ބުނި އަހަރެމެން އެކުގައި މަސައްކަތް ކުރަން ބޭނުންވިއޭ. އެކަމަކު އަހަރެންގެ މެނޭޖަރާ މުއާމަލާތް ކުރަން ބޭނުން ނުވާތީ އެކަން ނުވީއޭ. ފަހުން ޔަޝް ރާޖު ފިލްމްސް އާއި ސާޖިދު ނަޑިއާޑްވާލާ އާއި އެހެން ބައެއް މީހުން ވެސް ހަމަ އެހެން ބުނި،" އަމީޝާ ބުންޏެވެ.

އަމީޝާ ބުނި ގޮތުގައި، ޝާހުގެ "ޗަލްތޭ ޗަލްތޭ" ކަހަލަ ފިލްމުތަކުން އޭނާއަށް ފުރުސަތު ލިބުނުއިރު، އެ ފުރުސަތު ލިބުނު ކަން ވެސް ކުރިން އޭނާ އަށް ނޭނގެ އެވެ. އޭނާގެ މެނޭޖަރު އެ ކަންކަން ފޮރުވީ އެވެ. އޭނާއަށް ފިލްމު ނުލިބި ކެރިއަރަށް ހުއްޓުމެއް އައީ އެހެންވެ އެވެ.

ސަނީ ޑިއޯލްއާ އެކު އަމީޝާ ލީޑު ރޯލު ކުޅޭ "ގަދަރު 2" އަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. ގާތްގަނޑަކަށް 60 ކްރޯޑްގެ ބަޖެޓަކުން ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 600 ކްރޯޑް ރުޕީސް ލިބިފަ އެވެ.