Roadha Mihaaru
ޝާހުގެ "ޖަވާން" 1،000 ކްރޯޑް ރުޕީސް ހޯދައިފި

ޝާހުގެ "ޖަވާން" 1،000 ކްރޯޑް ރުޕީސް ހޯދައި ރެކޯޑް އާކޮށްފި

27 ސެޕްޓެމްބަރ 2023

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ އާ ފިލްމު "ޖަވާން" އަށް އެންމެ 19 ދުވަސްގެ ތެރޭގައި 1،000 ކްރޯޑް ރުޕީސް ލިބި، ޝާހުގެ އަމިއްލަ ރެކޯޑެއް އާކޮށްފި އެވެ.

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ އާ ފިލްމު "ޖަވާން" އަށް އެންމެ 19 ދުވަސްގެ ތެރޭގައި 1،000 ކްރޯޑް ރުޕީސް ލިބި، ޝާހުގެ އަމިއްލަ ރެކޯޑެއް އާކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް "ޖަވާން" އަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 1،004.29 ކްރޯޑް ރުޕީސް (120 މިލިއަން ޑޮލަރު) ލިބިފަ އެވެ. އެއާ އެކު، ޝާހު އަކީ ދުނިޔޭގެ ބޮކްސް އޮފީހުގައި 1،000 ކްރޯޑް ރުޕީސް ހަމަކުރި ދެ ފިލްމު އޮތް ބޮލީވުޑްގެ ހަމައެކަނި ސްޓާރެވެ.

އެ ރެކޯޑް އެންމެ ފުރަތަމަ ހެދީ މިދިޔަ ޖެނުއަރީ މަހު ނުކުތް ޝާހުގެ "ޕަތާން" އެވެ.

"ޕަތާން"ގެ ބޮކްސް އޮފީސް ރެކޯޑް މުގުރާލަން "ޖަވާން" އަށް މިހާރު ބޭނުންވަނީ އެންމެ 45 ކްރޯޑް ރުޕީސް އެވެ. އެ ފިލްމަށް ޖުމްލަ 1،050.30 ކްރޯޑް ރުޕީސް (130 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

އިންޑިއާގައި އެކަނި ދައްކައިގެން "ޖަވާން" އަށް ވަނީ 500 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބިފަ އެވެ.

ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރުގެ މި ފިލްމުގައި ޝާހުއާ އެކު ލީޑު ރޯލުތައް ކުޅުނީ، ދެކުނު އިންޑިއާގައި މަޝްހޫރު ތަރިން ކަމަށްވާ ނަޔަންތާރާ އާއި ވިޖޭ ސެތޫޕަތީ އަދި ސަންޔާ މަލްހޯތުރާ އެވެ. އަދި ހާއްސަ ފެނިލުމަކުން ދީޕިކާ ޕަދުކޯން ވެސް ފެނެ އެވެ.