Roadha Mihaaru
ސިއަރާ މެރިނޭޓަޑް ޗިކަން: ޕެކެޓުން ނަގާގޮތަށް ފިހެލެވޭ

"ސިއަރާ" މެރިނޭޓަޑް ޗިކަން: ޕެކެޓުން ނަގާ ގޮތަށް ފިހެލެވޭނެ

15 ޑިސެމްބަރ 2022

މީރު ކެއުމެއް ތައްޔާރުކޮށްލަން ވަގުތު ނެތިގެން އުޅޭ ނަމަ ހެޕީ މާކެޓުން މި ތައާރަފްކުރީ އެކަމަށް ހައްލެކެވެ. މިއީ ޕެކެޓުން ނަގާ ގޮތަށް ފިހެގެން ކާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކުކުޅެކެވެ؛ މިއީ ސިއަރާ ބްރޭންޑުގެ "ޝަވާޔާ" މެރިނޭޓެޑް ޗިކަން އެވެ.

މީރު ކެއުމެއް ތައްޔާރުކޮށްލަން ވަގުތު ނެތިގެން އުޅޭ ނަމަ ހެޕީ މާކެޓުން މި ތައާރަފްކުރީ އެކަމަށް ހައްލެކެވެ. މިއީ ޕެކެޓުން ނަގާ ގޮތަށް ފިހެގެން ކާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކުކުޅެކެވެ؛ މިއީ ސިއަރާ ބްރޭންޑުގެ "ޝަވާޔާ" މެރިނޭޓެޑް ޗިކަން އެވެ.

ހެޕީ މާކެޓުން ބުނި ގޮތުގައި އެ ކުކުޅަކީ އެކި ވައްތަރުގެ ހާބްސް ބޭނުންކޮށް މެރިނޭޓުކޮށްފައިވާ ކުކުޅަކަށް ވާތީ، އެ ކުކުޅު އިތުރަށް މެރިނޭޓުކުރާކަށް ނުޖެހޭނެ އެވެ. އަދި މިއީ ފިނި ނުކަނޑުވާ ވެސް ފިހެވޭނެ ކުކުޅެކެވެ. މިއީ އޮރިގާނޯ، ބޭސިލް އަދި ރޯސްމެރީއިން މެރިނޭޓު ކޮށްފައިވާ ކުކުޅެކެވެ.

އަވަނާއި އެއާ ފްރަޔާގައި ވެސް މި ކުކުޅު ފިހެވޭނެ އެވެ. އަވަނެއް ނުވަތަ އެއާ ފްރަޔާއެއް ނެތް ނަމަ ބޮޑު ތެއްޔެއްގެ ތެރެއަށް ކުކުޅު ލާފައި މަތިޖަހައިގެން އުނދުން މަތީގައި މަޑުގިނީގައި ފިހަންވީ އެވެ.

މެރިނޭޓެޑް ޗިކަން އަވަނުގައި ތައްޔާރުކުރާނެ ގޮތް

މެރިނޭޓެޑް ޗިކަން އަވަނެއްގައި ފިހާ ނަމަ ޕެކެޓުން ނަގާ ގޮތަށް، ފޮއިލްކޮށް، ބޭކިން ޓްރޭގައި ފިހެލެވޭނެ އެވެ.

- އެންމެ ފުރަތަމަ، ކުކުޅު ފިހަން ޖެހޭނީ 180 ޑިގްރީސެލްސިއަސްގައި ޕްރީ ހީޓް ކޮށްފައިވާ އަވަނެއްގައި، 1 ގަޑި އިރާއި 45 މިނެޓް ވަންދެނެވެ.

- އެއަށް ފަހު، ފޮއިލް އިން ނަގައި 45 މިނެޓު ވަންދެން ނުވަތަ ކުކުޅަށް މުށި ކުލަ އަރަންދެން ފިހެލުމުން އެ ހުރީ ކާން ވެފަ އެވެ.

ފިނި ކަނޑުވައިގެން މެރިނޭޓެޑް ޗިކަން ހަދާ ނަމަ، 200 ޑިގްރީސެލްސިއަސްގައި ޕްރީހީޓް ކޮށްފައިވާ އަވަނެއްގައި، 1 ގަޑިއިރާއި 30 މިނެޓް ވަންދެން ފިހެލުމުން ރަނގަޅުވާނެ އެވެ.

މެރިނޭޓެޑް ޗިކަން އެއާ ފްރަޔާގައި ތައްޔާރު ކުރާނެ ގޮތް

އެއާ ފްރަޔާ ޕްރީ ހީޓުކުރުމަށް ފަހު ޕެކެޓުން ނަގާ ގޮތަށް މެރިނޭޓެޑް ޗިކަން ތައްޔާރު ކުރެވޭނެ އެވެ.

- އެއާ ފްރަޔާގައި ތައްޔާރު ކުރުމަށް 140 ޑިގްރީސެލްސިއަސްގައި އެއާ ފްރަޔާ ޕްރީ ހީޓްކޮށް ޗިކަން ބްރެސްޓް ފަޅި އަޑިއަށްވާ ގޮތަށް ބޭއްވުމަށް ފަހު، ފިހަން ޖެހޭނީ 45 މިނެޓް ވަންދެނެވެ.

- އަޑިއަށް އޮތް ފަޅި ފިހެވުމުން އަނެއް ފުށަށް ޖެހުމަށް ފަހު އިތުރު 45 މިނެޓު ފިހަން ޖެހޭނެ އެވެ.

- އެއަށްފަހު އެއާ ފްރަޔާ ތެރޭގައި ޖަމާވެފައިވާ ދިޔަތައް އުކާލައި ކުކުޅުގެ ދެފަޅީގައި ޅިޔަ އަޅާފައި އިތުރު 5-10 މިނެޓް ފިހެލުމުން ކުކުޅު އެ ހުރީ ހެދިފަ އެވެ.

ފިނިކަން ކަނޑުވާފައިވާ މެރިނޭޓެޑް ޗިކަން ބޭނުންކުރާ ނަމަ، 140 ޑިގްރީ ސެލްސިއަސްގައި 30 މިނެޓް ވަންދެން ކޮންމެ ފަޅިއެއް ފިހާނީ އެވެ.

ހައިޕްރޮޓީން އަދި ލޯކެލެރީ ކެއުންތަކަށް ޝައުގުވެރިވާ ނަމަ، ކުކުޅު އަވަންގައި ރޯސްޓްކުރާ ވަގުތު ކެރެޓް، ބަޓަ ނަޓް، އަލުވި، ކައްޓަލަ ފަދަ ތަކެތި ޓްރޭއެއްގައި ކުޑަ އޮލިވް ފޮދަކާ އެކު ލޮނު، އަސޭމިރުސް އަދި މިކްސް ހާބްސްކޮޅެއް އަޅައި އެއްކޮށްލުމަށް ފަހު ރޯސްޓްކޮށްލައިގެން ކުކުޅާ އެކީ ކާން ވަރަށް މީރުވާނެ އެވެ. މި ކުކުޅަކީ މޭޝް ޕޮޓޭޓޯ، ގާލިކް ބްރެޑް، ފްރައިޑް ނުވަތަ ފްލޭވާޑް ރައިސްއާ އެއްކޮށް ކާން ވެސް ވަރަށް ކަމުދާނެ ކެއުމެކެވެ.

ސިއަރާ މެރިނޭޓެޑް ޗިކަންގެ މިވަގުތު ލިބެން ހުރި ފްލޭވާ އަކީ އިޓަލިއަން ހާބް އެވެ. މެރިނޭޓެޑް ޗިކަންގެ އިތުރު ތިން ފްލޭވާއެއް ވަރަށް އަވަހަށް ލިބޭނެކަމަށް ހެޕީމާކެޓުން ބުންޏެވެ.

ސިއަރާ މެރިނޭޓެޑް ޗިކަން ހެޕީމާކެޓްގެ މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ އަދި ކުޅުދުއްފުށީގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެ އެވެ.

ނޯޓު: މިއީ ހެޕީމާކެޓުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.