Roadha Mihaaru
ރައުޚް ލެމަން ޖޫސް: 100 ޕަސެންޓް ލުނބޯ ހުތް

ރައުޚް ލެމަން ޖޫސް: 100 ޕަސެންޓް ލުނބޯ ހުތް

09 ނޮވެމްބަރ 2020

އޮސްޓްރިއާގެ އުފެއްދުމެއް ކަމަށްވާ ރައުޚް ބްރޭންޑްގެ އުފެއްދުންތަކަށް ދިވެހިންގެ މަގުބޫލުކަން ވަނީ ލިިބިފަ އެވެ. މި ބްރޭންޑުގެ އުފެއްދުންތައް 1997 އިން ފެށިގެން ހެޕީމާކެޓުން އެތެރެކޮށް މާކެޓްކުރާއިރު މި ބްރޭންޑުގެ ތިން އުފެއްދުމެއް ބާޒާރުން ލިބެން ހުރެ އެވެ. މީގެ ތެރޭގައި ހެޕީޑޭ، ރައުޚް ޖޫސް އަދި ރައުޚް ޔެލޯ ހިމެނެ އެވެ. އަދި ރައުޚް "100 ޕަސެންޓް ލެމަން ޖޫސް" މީގެ ތެރެއިން ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގެ ބާޒާރުގައި ލުނބޯގެ އަގު ދަނީ އުފުލެމުންނެވެ. އަދި ހުތް ގިނަ، ތާޒާ ލުނބޯ ލިބުން ވެސް ދައްޗެވެ. ރައުޚް ބްރޭންޑުގެ "ލެމަން ޖޫސް" އަކީ މި ހުރިހާ ކަމެއްގެ ހައްލެވެ.

ދުއިސައްތަ ފަންސާސް އެމްއެލްގެ ކުޑަ ފުޅިއެއްގައި ހުންނަ މި ޖޫސް އުފައްދާފައިވަނީ 100 ޕަސެންޓް ލުނބޯ ހުތުންނެވެ.

ރައުޚް ލެމަން ޖޫސް ބޭނުންކޮށްގެން ގިނަ ބާވަތްތައްކުގެ ކާނާ ތައްޔާރު ކުރެވޭނެ--

ރައުޚް ލެމަން ޖޫސް ބޭނުންކޮށްގެން ގިނަ ބާވަތްތައްކުގެ ކާނާ ތައްޔާރު ކުރެވޭނެ--

ލުނބޯ ހުތުން ކުރެވޭ ބޭނުންތައް ރައުޚް ލެމަން ޖޫހުން

ކެއްކުން

އެކި ބާވަތުގެ ކާއެއްޗެހި ތައްޔާރު ކުރާއިރު ލުނބޯ ހުތަކީ ވަރަށް މުހިންމު އިންގްރީޑިއަންޓެކެވެ. ލުނބޯ ހުތް އަޅައިގެން ތައްޔާރުކުރާ ކާތަކެތީގެ ތެރޭގައި ލެމަނޭޑް، ބޭކްޑް ލެމަން، ބަޓަ ޗިކަން، ލެމަން ކޭކް، ލެމަން ބާ، ލެމަން ސްކޯންސް، ލުނބޯ ހުތް އަޅައިގެން ހަދާ އެކި ބާވަތުގެ ހެދިކާ އަދި ސެލެޑް ހިމެނެ އެވެ. އަދި އެކި ކަހަލަ ފަރުމަސް ފިހާއިރު ވެސް ރަހަމީރު ކުރުމަށް ލުނބޯ ހުތް ޖަހަ އެވެ.

ހިކުމަށް މަގުފަހިކޮށްދޭ

ބަރުދަން ލުއިކޮށް ހިކެން ބޭނުންވާ މީހުންނަށް ވެސް ލުނބޯ ހުތަކީ ވަރަށް މުހިންމު އެއްޗެކެވެ. އެގޮތުން ނިދާ ހޭލުމަށް ފަހު، ހުސްބަނޑާ ހުރެ، 1 ޖޯޑު ތާފަނާ ފެނުތެރެއަށް 2 ސައިސަމުސާ ލުނބޯ ހުތް، 1 ސައި ސަމުސާ މާމުއި އެޅުމަށް ފަހު ބޭނުންކުރުމުން ސަރުބީ ވިރުވައިދޭނެ އެވެ. އަދި ހަށިގަނޑުގައި ހުންނަ ޖަރާސީމް ނައްތާލައި، ޑީޓޮކްސް ކޮށްދޭނެ އެވެ. މިބުއިން ގަވާއިދުން ބޭނުން ކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވެސް ވަރުގަދަވާނެ އެވެ.

ހޯމް ރެމެޑީ – ރޯގާއަށް ފަރުވާއެއް

2ސައި ސަމުސާ މާމުއި، 2 ސައިސަމުސާ ލުނބޯ ހުތް، 1 ޖޯޑު ހޫނު ފެން، 1 ސައިފަތް ޕެކެޓް އެއްކުރުމަށް ފަހު ނިދުމުގެ ކުރިން ބޭނުންކުރުމުން ރޯގާއަށް ފަސޭހަވެ، ނިދަން ފަސޭހަވާނެ އެވެ.

ހޯމް ރެމެޑީ – ހަންގަނޑު އޮމާންކުރުމަށް

ލުނބޯ ޖޫހަކީ ބްލީޗިންގް ޕްރޮޕަޓީސް އެކުލެވޭ ޖޫހެކެވެ. އެހެންކަމުން ޑާކް ސްޕޮޓްސް ރަނގަޅު ކުރުމަށާއި ޑާކް ސާކަލްސް އަދި ހަންގަނޑުގައި ހުންނަ ރޫތަށް މަދުކުރުމަށް ލުނބޯ ޖޫސް ބޭނުން ކުރެވޭނެ އެވެ. އެގޮތުން، ލުނބޯ ޖޫހާއި މާމުއި އެއްކުރުމަށް ފަހު މޫނުގައި އުނގުޅާފައި 20 މިނެޓް ބެހެއްޓުމަށް ފަހު މޫނު ދޮވެލާށެވެ.

މަދިރި ހެފުމާއި ގައި ކެހުން ދުރުކޮށްދޭ

ކަފަކޮޅެއް ލުނބޯ ޖޫހުން ތެންމާލާފައި ކަހާތަނުގައި ހާކާލުމުން ކެހުން ކުޑަވާނެ އެވެ.

ބައެއްކަހަލަ ލައް ފިލުވާލަދޭ

ހެދުމުގައި ލައްޖެހިފައިވާ ތަންކޮޅު ފެނުން ތެންމާލުމަށް ފަހު، ލުނބޯ ހުތް ޖަހާފައި ލޮނު ކޮޅެއް އެޅުމަށް ފަހު، ލައްޖެހިފައިވާ ތަންކޮޅު އުގުޅާލާފައި އަވީލާށެވެ. އަވިން ހިއްކުމަށް ފަހު އެހެން އެއްޗިހި ދޮންނަގޮތަށް މެޝިނުން ނުވަތަ އަތުން ދޮވެލުމުން ލައް ފިލާނެ އެވެ.