Roadha Mihaaru
އޯލްޑެންބާގާ ބަޓަރުން ގެނެސްދޭ މީރުކަން

އޯލްޑެންބާގާ ބަޓަރުން ގެނެސްދޭ މީރުކަން

11 ޖޫން 2017

ހެނދުނު ގަޑީގައި ކުޑަ އާއިލާއެއްގައި މައިން އުޅެން ޖެހެނީ ފާސްޓް ފޯވާޑުގަ އެވެ. ހެނދުނު ހޭލައިގެން ލިބޭ ވަގުތަށް ވުރެ ކުރަން ޖެހޭ ކަންތައްތައް ގިނަ އެވެ. މަސައްކަތަށް ފޮނުވަން ފިރިމީހާ ހޭލައްވާ، ސްކޫލަށް ފޮނުވަން ދަރިންތައް ގަދަކަމުން ތެދުކުރުމަކީ ވަގުތާ ދެކޮޅަށް ހިނގާ ރޭހެކެވެ. އެއަށް ފަހު ސްކޫލް ދަބަސް ހަމައަކަށް އަޅުވަން އެއާ އޮޅުލައި، އެއްޗެހި އިސްތިރިކޮށް، އިސްޓާކީނާއި ބޫޓު އެކި ތަންތަނުން ހޯދަން ޖެހެ އެވެ. ފިރިމީހާ އާއި ދަރިން ތައްޔާރުވުމުގެ މަރުހަލާ ކުރިއަށް ދާއިރު ބަދިގެ ތެރޭ ކަންކަން ވެސް ބަލަން ޖެހެ އެވެ. ހެނދުނުގެ ކެއުން ތައްޔާރުކުރަން ޖެހެ އެވެ.

ހެނދުނު ގަޑީގައި ކުޑަ އާއިލާއެއްގައި މައިން އުޅެން ޖެހެނީ ފާސްޓް ފޯވާޑުގަ އެވެ. ހެނދުނު ހޭލައިގެން ލިބޭ ވަގުތަށް ވުރެ ކުރަން ޖެހޭ ކަންތައްތައް ގިނަ އެވެ. މަސައްކަތަށް ފޮނުވަން ފިރިމީހާ ހޭލައްވާ، ސްކޫލަށް ފޮނުވަން ދަރިންތައް ގަދަކަމުން ތެދުކުރުމަކީ ވަގުތާ ދެކޮޅަށް ހިނގާ ރޭހެކެވެ. އެއަށް ފަހު ސްކޫލް ދަބަސް ހަމައަކަށް އަޅުވަން އެއާ އޮޅުލައި، އެއްޗެހި އިސްތިރިކޮށް، އިސްޓާކީނާއި ބޫޓު އެކި ތަންތަނުން ހޯދަން ޖެހެ އެވެ. ފިރިމީހާ އާއި ދަރިން ތައްޔާރުވުމުގެ މަރުހަލާ ކުރިއަށް ދާއިރު ބަދިގެ ތެރޭ ކަންކަން ވެސް ބަލަން ޖެހެ އެވެ. ހެނދުނުގެ ކެއުން ތައްޔާރުކުރަން ޖެހެ އެވެ.

އާއިލާއަށް މީރު، ހަށިގަނޑަށް ފައިދާ ކުރުވަނިވި ކެއުމެއް ތައްޔާރު ކޮށްދޭން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ. އެކަމަކު މިހާރު ހެނދުނުގެ އެންމެ ތާށި ވަގުތު ބަދިގެ ތެރޭން ދުވަސް ސަލާމަތްކޮށްދެނީ އޯލްޑެންބާގާ 10 ޕެކުގެ ކްރީމީ ހޯލްސަމް ބަޓަރެވެ. ކޮންމެ ކެއުމެއްގައި ހިމެނިޔަސް އާއިލާއަށް އެހާ ކަމުދެ އެވެ. ކަންނެތްކަން ފިލުވާލާފައި ގަޔަށް ހަކަތަ ލިއްބައިދެ އެވެ. އޯލްޑެންބާގާއާ ނުލާ ހެނދުނުގެ ނާސްތާ ފުރިހަމައެއް ނުވެ އެވެ. ބާޒާރަށް ދާ ކޮންމެ ފަހަރަކު އޯލްޑެންބާގާ ބަޓަރުގެ ސްޓޮކް އިތުރުކުރުން އާދައަކަށް ވެއްޖެ އެވެ.

ޖަރުމަނުގެ މި ބްރޭންޑް ހެޕީ މާކެޓުގެ ހުރިހާ ފިހާރަތަކުން ލިބެ އެވެ.

ކުދި ތަށިތަކުގައި ޕެކްކޮށްފައި ހުންނަ އޯލްޑެންބާގާ ބަޓަރު ޕޯޝަން ބޭނުން ކުރަން ފެށީމާ ވަރަށް ގިނަ ވަގުތު ސަލާމަތްވެ އެވެ. ބޮޑު ބަޓަރުގަނޑެއް ގަނެގެން، ކޮންމެ ދުވަހަކު ހެނދުނު އެ ގަނޑު ފިލަންދެން މަޑުކުރާކަށް ނުޖެހެ އެވެ. އޯލްޑަންބާގާ ބަޓަރު ތަށި ހަމަ ނަގާ ގޮތަށް ބޭނުން ކުރަންވީ އެވެ. ސައިޒުން ހެޔޮވަރެވެ. އެއް ތަށިން ދެ ޕާން ފޮތީގެ ޓޯސްޓެއްގައި ރީތިކޮށް ހާކާލެވެ އެވެ.

މި ބަޓަރު ބޭނުންކުރުމަށް ކުޅިއެއް، ފޮންޏެއް ނޯވެ އެވެ. ކޮންމެ ވައްތަރެއްގެ ކެއުމެއްގައި ހިމެނިއަސް ރަހަގަނޑު ބަރާބަރެވެ. ބިސްގަނޑު އަޅާށާއި ތަރުކާރީ، މަސް، އަދި ސޮސެޖް ހަދަން ވެސް އޯލްޑަންބާގާ ބޭނުންކުރެ އެވެ. ބަޓަރުގެ ކްރީމުގެ ރަހަ އާއި ކެއުމުގެ އެހެން ރަހަތަކާ އެއްވީމާ އިތުރު މީރު ކަމެއް ގެނެސްދެ އެވެ. ޓޯސްޓާއި ޕޭސްޓްރީ އަވަނުން ނަގާ އޭގެ ހޫނުކަންމަތީ އޯލްޑެންބާގާ ބަޓަރު ހާކާލަންވީ އެވެ. ގާލިކް ބްރެޑްގައި އޯލްޑެންބާގާ ބަޓަރު ފަށަލައެއް އުނގުޅާލާ އޭގެ މައްޗަށް ޗީޒް ކޮޅެއް ލާފައި ދިނީމާ ކުރިއަށް ވުރެ ބޮޑަށް ކެއުމަށް ލޯބިކުރާހެން ހީވެ އެވެ.

އޮލްޑެންބާގާ ބޭނުންކޮށްގެން ވަރަށް ފައްކާ އެކި ކެއުންތައް ތައްޔާރުކުރެވެ އެވެ. އޭގެ ތެރޭން ކަމުދާ ރަހައެއް ހިިއްސާކޮށްލާނަމެވެ.

އޯލްޑަންބާގާ ފްލަފީ އެޕަލް ޕޭން ކޭކް

އޯލްޑަންބާގާ ބަޓަރު ބޭނުންކޮށް ތައްޔާރުކޮށްފައިވާ ރަހަމީރު އެޕަލް ޕޭންކޭކެއް

އޯލްޑަންބާގާ ބަޓަރު ބޭނުންކޮށް ތައްޔާރުކޮށްފައިވާ ރަހަމީރު އެޕަލް ޕޭންކޭކެއް

ބޭނުންވާނޭ އެއްޗިއްސަކީ:

170 ގުރާމު ފުށް 90 ގުރާމު ހަކުރު 1 ސައިސަމުސާ ބޭކިން ޕައުޑަރު ½ ސައިސަމުސާ ލުނބޯ ޖޫސް 75 ގުރާމު އާމަންޑު (ކޮށާފައި) 2 ބިސް 180 މިލި ލީޓަރު ފުލް ކްރީމް މިލްކް 1 އާފަލު 1 ސައިސަމުސާ ވެނީލާ އެސެންސު ½ ސައިސަމުސާ ފޮނިތޮށި ލޮނު އޯލްޑެންބާގާ ބަޓަރު (ތެލުލާން)

ތައްޔާރުކުރާނެ ގޮތް

ހަކުރާއި، ބޭކިން ޕައުޑަރާއި، ލޮނު ކޮޅެއް ފުށާ އެއްކުރާށެވެ. ތަވާ އުނދުން މައްޗަށް އުދައި، މަޑު ގިނީގައި ހަކުރާއި ލުނބޯ ހުތް ހޫނުކުރާށެވެ. ހަކުރު ރަނގަޅަށް ވިރުމުން އާމަންޑުކޮޅު އަޅައި، ރަތް (ކެރެމަލައިޒް) ވާންދެން ކައްކާށެވެ. ގާތްގަނޑަކަށް 4 މިނިޓު ވާންދެން ކެއްކީމާ ރަނގަޅުވާނެ އެވެ. ދެން އުނދުނުން ބާލާށެވެ.

ބިހުގެ ގޮބޮޅި އާއި ހުދު ބައި ވަކިކޮށް، ސްޕޮންޖް ވާންދެން ގިރާށެވެ. ދެން އެހެން ތަށްޓެއްގައި ބިހާއި ކިރު އެއްކުރާށެވެ. އަދި އޭގެ ތެރެއަށް މަޑުމަޑުން ފުށް އަޅައި ރަނގަޅަށް އެއްކުރާށެވެ. ފުށްގަނޑުގެ ތެރެއަށް ބިހުގެ ހުދު ބައި އަޅާށެވެ.

އެއަށް ފަހު ފުށްގަނޑުގެ ތެރެއަށް އާފަލު ގާނާފައި އަޅާށެވެ. ވެނީލާ އެސެންސު އަޅައި އެއްކުރާށެވެ. ދެން ތަވައެއްގައި، މެދު މިނުގެ ހޫނުގައި އޯލްޑެންބާގާ ބަޓަރު ހޫނުކުރާށެވެ. އޭގެ ތެރެއަށް ގިރާފައިވާ ފުށްގަނޑު ސަމުސަލަކުން އަޅާ ރަން ކުލަ އަރަންދެން ކައްކާށެވެ.

ކެރެމަލައިޒު ކުރި އާމަންޑު ނަޓާއި އޯލްޑެންބާގާ ބަޓަރާ އެކު ކާން ނަގާށެވެ. މިއީ އާއިލާއަށް އިތުރު އުފާވެރިކަމެއް ގެނެސްދޭނެ ކެއުމެކެވެ. މަޑު ފޮނި ރަހަތަކާ އެކީ ދުވަސް ފެށޭ އިރު، އޯލްޑެންބާގާ ބަޓަރުން އެ ރަހަތައް ހަނދާން ނުނެތޭހާ މީރުކޮށްދެ އެވެ.