ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އަދި 80 އަހަރުގެ ތަޖުރިބާ ލިބިފައިވާ "މެންޒް އެންޑް ގާސާ ބްރޭންޑް" ގެ ޕްރޮޑަކްޓްތައް ހެޕީ މާކެޓުން ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި އެވެ.
22 ސެޕްޓެމްބަރ 2021
ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އަދި 80 އަހަރުގެ ތަޖުރިބާ ލިބިފައިވާ "މެންޒް އެންޑް ގާސާ ބްރޭންޑް" ގެ ޕްރޮޑަކްޓްތައް ހެޕީ މާކެޓުން ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި އެވެ.
އިޓަލީގެ އުފެއްދުމެއް ކަމަށްވާ މެންޒް އެންޑް ގާސާ ބްރޭންޑްގެ ރަހަމީރު ޖޭމް، މާމުއި އަދި ޗޮކްލެޓް ހޭޒަލްނަޓް ސްޕްރެޑްގެ އެކި ސައިޒުގެ ބާވަތްތައް ހެޕީ މާކެޓުން ލިބޭނެ އެވެ
އެ ބާވަތުގެ ހަތަރު ސައިޒެއްގެ އުފެއްދުން ހެޕީ މާކެޓުން ވަނީ ރާއްޖެ އަށް ތައާރަފުކޮށްފަ އެވެ. މީގެ ކޮންމެ ސައިޒެއްގައި ވެސް އެކި ފްލޭވާތައް ލިބެން ހުންނާނެ އެވެ.
ހެޕީ މާކެޓްއިން ތައާރަފްކުރި އިޓަލީ ބްރޭންޑްގެ ޖޭމް. ގިނަ ފްލޭވާތަކެއްގެ ޖޭމް ވަނީ ތައާރަފްކޮށްފައި
މެންސް އެންޑް ގާސާގެ އުފެއްދުންތަކުގެ ތެރެއިން ޕޯޝަން ޕޮޑްސް ނުވަތަ ތަށީގެ ސްޓްރޯބެރީ، އޮރެންޖް، ޕޯޝަން ހަނީ އާއި ހޭޒަލް ޕްރެޑް ވެސް ހުންނާނެ އެވެ. މީގެ އިތުރުން ސިންގަލް ޕޯޝަން ސައިޒްގެ ބިއްލޫރި ފުޅީގެ ވެސް ސްޓޯބެރީ، އޮރެންޖް، ރާސްބެރީ، އޮޕްރިކޮޓްގެ އިތުރުން ހަނީ ލިބޭނެ އެވެ.
ހެޕީ މާކެޓުން ބުނީ 40 ގްރާމްގެ ފުޅީގައި ސްޓްރޯބެރީ އާއި އޮރެންޖް، ރާސްބެރީ ޗެރީ އާއި ހޭޒަލްނަޓް އަދި އެޕްރިކޮޓް ވެސް ހުންނާނެ ކަމަށެވެ. އަދި ތިން ކިލޯގެ ޖޭމް ޓަބްތަކުގައި ސްޓްރޯބެރީ އާއި އޮރެންޖާއި މިކްސްޑް ފްރުޓް ފްލޭވާ ލިބެން ހުންނާނެ އެވެ.
ހެޕީ މާކެޓް އިން ރާއްޖެ އެތެރެ ކުރާ ޖޭމް. މި ޖޭމް ހޯލްސޭލްކޮށް ލިބެން ހުންނާނެ--
މި އުފެއްދުން ހޯލްސޭލްކޮށް ލިބެން ހުންނާނީ ހެޕީމާކެޓްގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ފިހާރަތަކުންނެވެ. އަދި ރީޓެއިލްކޮށް ހެޕީ މާކެޓްގެ ފިހާރަތަކުންނާއި މާލޭގެ އެހެނިހެން ފިހާރަތަކުން ވެސް ލިބެން ހުންނާނެ އެވެ.
ސިއަރާ މެރިނޭޓަޑް ޗިކަން: ޕެކެޓުން ނަގާގޮތަށް ފިހެލެވޭ
ޗެންޓީޕެކް ވިޕިން ކްރީމް ހެޕީ މާކެޓުން
ރައުޚް ލެމަން ޖޫސް: 100 ޕަސެންޓް ލުނބޯ ހުތް
އޯލްޑެންބާގާ ބަޓަރުން ގެނެސްދޭ މީރުކަން
ތަދުތަކަށް ދޭ ރޭޑިއޯ ފްރީކުއެންސީ ފަރުވާ ޕެއިން ކްލިނިކުގައި
ސަމަންގެ ސުޕަމާކެޓު ހުޅުވަނީ، ބާޒާރު ކުރުމަށް ބަދަލެއް
ބޮޑު ތިން ބޭންޑެެއް އެއް ސްޓޭޖަކަށް!
ފެއްސާއި ރަތާއިނުލުގެ ހިނިތުންވުން، ބާޒާރު ކުރާނަންތަ؟
މަސައްކަތް ހަލުވިކުރުމަށް އޭއައި ޓްރާންސްކްރިޕްޝަން
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު