15 ޖެނުއަރީ 2017
އުމުރުން 50 އަހަރުން މަތީގެ މީހުން މެންދުރު ފަހު ކޮފީ ބޯ ނަމަ ރަނގަޅަށް ނުނިދުމުގެ މައްސަލަ ކުރިމަތިވާނެ ކަމަށާއި އެހެންވެ މި އުމުރުގެ މީހުން މެންދުރު ކެއުމުގެ ފަހުން ކޮފީ ބުއިން ރަނގަޅު ނޫން ކަމަށް އިނގިރޭސި ވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ "އޭޖް ޔޫކޭ" ގެ ރިޕޯޓެއްގައި ބުނެފި އެވެ.
އުމުރުން 50 އަހަރުން މަތީގެ މީހުން މެންދުރު ފަހު ކޮފީ ބޯ ނަމަ ރަނގަޅަށް ނުނިދުމުގެ މައްސަލަ ކުރިމަތިވާނެ ކަމަށާއި އެހެންވެ މި އުމުރުގެ މީހުން މެންދުރު ކެއުމުގެ ފަހުން ކޮފީ ބުއިން ރަނގަޅު ނޫން ކަމަށް އިނގިރޭސި ވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ "އޭޖް ޔޫކޭ" ގެ ރިޕޯޓެއްގައި ބުނެފި އެވެ.
މި ރިޕޯޓްގައި ބުނެފައި ވަނީ އުމުރުން ދުވަސްވީ ވަރަކަށް، ފުރިހަމަ ނިދި ލިބުން މަދުވާ ކަމަށާއި ދޮށީ އުމުރުގައި ނަފްސާނީ ގޮތުން ހުޝިޔާރުކަން ހޯދޭނީ ގިނަ ވަގުތު އަރާމުކޮށްގެން ކަމަށެވެ.
އޭޖް ޔޫކޭ އިން ލަފާ ދެނީ އުމުރުން ދުވަސްވީ މީހުން ކޮންމެ ރެޔަކު 7-8 ގަޑިއިރު ނިދުމަށެވެ. އަދި މިކަން ހާސިލްކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ވެސް ބުނެދީފައިވެ އެވެ. ވަކި ވަގުތުތަކެއްގައި ކޮފީ ނުބުއިމުގެ އިތުރުން ދުވާލު ބައި ގަޑިއިރަށް ވުރެ ގިނައިރު ނުނިދުމަށް ވެސް ލަފާ ދީފައިވެ އެވެ.
ދުވަސްވީ މީހުން އަރާމު ނިންޖެއް ހޯދުމަށް ދީފައިވާ އެހެން ލަފާތަކަކީ؛
- ކޮންމެ ދުވަހަކު ވެސް އެއް ވަގުތެއްގައި ނިދިން ހޭލުން
- ހަށިގަނޑަށް ސީދާ އަވި ލިބޭ ގޮތަށް ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ހޭދަކުރުން
- މަސްތުވާތަކެތި ބޭނުން ނުކުރުން
- ރޭގަނޑު ނިދުމުގެ، އެންމެ ލަސްވެގެން ވެސް ތިން ގަޑިއިރު ކުރިން ކެއުން
- ނިދަން އޮށޯތުމަށް ފަހު ޓެބްލެޓް، ފޯން އަދި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް އެއްވެސް ސްކްރީނަކުން އެއްޗެއް ނުބެލުން
- ނިދުމަށް އެހީވެދޭނެ ކަމަށް ބުނާ އެއްވެސް ބޭހެއް ބޭނުން ނުކުރުން
- ފިނިވާ ނަމަ ފަޔަށް އިސްޓާކީނެއް ލެއްވުން
- ޕެޓްގެ ގޮތުގައި ގެންގުޅޭ އެއްވެސް އެއްޗެއް، ނިދާ ކޮޓަރީގައި ނުގެންގުޅުން
- ނިދުމުގެ ކުރިން، ބައިވެރިޔާ ނުވަތަ އެހެން މީހަކާ ވެސް އަރާރުން ނުވުން
"އޭޖް ޔޫކޭ" އަށް މި ރިޕޯޓް ތައްޔާރުކޮށްދީފައި ވަނީ ގްލޯބަލް ކައުންސިލް އޮން ބްރިޓްން ހެލްތުންނެވެ. އެއީ އޭޖް ޔޫކޭ އާއި އެމެރިކަން އެސޯސިއޭޝަން އޮފް ރިޓަޔާޑް ޕާސަންސް އިން އެކުލަވާލާފައިވާ ތަޖުރިބާކާރުންގެ ޕެނަލްއެކެވެ.
މީހާގެ އުމުރުން ދުވަސްވީ ވަރަކަށް ނިދީގެ އަރާމުކަމުން މަހުރޫމުވަނީ ރޭގަނޑު ގިނައިން ހޭލެވުމާއި އަދި އަވަހަށް ނިދާ ހޭލެވުމަށް ވެސް މެދުވެރިވާތީ އެވެ. މިގޮތަށް ގިނަ ދުވަސްތަކެއް ވުމުން ހިތުގެ ބައްޔާއި ފަލަވުމާއި ހަކުރު ބަލީގެ ފުރުސަތު ބޮޑުވެގެންދެ އެވެ.
ކޮފީ ބުޔަސް ބައެއް މީހުންނަށް އަރާމުކޮށް ނިދެނީ ކީއްވެ؟
ކޮފީ ނުބޯން ވަކި ވަގުތެއް އޮވޭތަ؟
ހަވީރު ކޮފީ ބޮންޏާ ރޭގަނޑު ނިދަން އުނދަގޫވާނެ
މަދުން ނިދާ ނަމަ ހަކުރާއި ކެފެއިން ގިނައިން ބޭނުންކުރޭ
ރަނގަޅަށް ނުނިދެނީތަ؟ ގޮދަޑީގެ މައްސަލައަކަށް ވެދާނެ
ނިދުމުގައި ދިމާވާ މައްސަލަތަކަށް ޓްރީޓޮޕުން ހައްލު
ނިދި ލިބޭ މިންވަރާއި ހިނގާ ގޮތާ ގުޅުން ބޮޑު
އެންމެ ރެއެއްގެ ނިދި ނުލިބުނަސް ހުރިހާ ކަމެއް ގޯސްވޭ
ނިދި މަދުވާ ނަމަ ހަނދާންނެތޭ ބަލީގެ ނުރައްކާ ބޮޑު
ގޮދަޑި ރިވިއުކުރަން ނިދާނެ މީހަކު ހޯދަނީ