Roadha Mihaaru
ރައީސް އަލިފުއްޓަށް ފުރާވަޑައިގެންފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން ބާއްވާ ޖަލްސާއަށް ރައީސް އަލިފުއްޓަށް

05 ޖެނުއަރީ 2023

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރ. އަލިފުއްޓަށް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ. މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރ. އަލިފުއްޓަށް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ. މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނީ މިދަތުރުފުޅުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން މިއަދު ހަވީރު ބާއްވާ އާއިލީ ހަވީރާއި މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސް އާއި އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގައި ރައީސް ރ. އަތޮޅު ކައުންސިލާއި، އަލިފުށީ ކައުންސިލާ ބައްދަލުކުރައްވާނެ އެވެ. އަދި، އަލިފުށީ ސްކޫލްގައި އިމާރާތްކޮށްފައިވާ މަލްޓިޕާޕަސް ހޯލް ހުޅުއްވައި ދެއްވާނެ އެވެ.

ގާނޫނުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. އެ މީހުންނަށް ދޭ އެލަވެންސް ބޮޑުކޮށްދެއްވާނެ ކަމަށް މިދިޔަ އަހަރު ރައީސް ވަނީ ވިދާޅުވެފަ އެވެ.