23 ޑިސެމްބަރ 2022
ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަފާތު ހިޔާލުތަކަށް ޖާގަދޭ ކެތްތެރި ވެރިކަން ދަމަހައްޓަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަފާތު ހިޔާލުތަކަށް ޖާގަދޭ ކެތްތެރި ވެރިކަން ދަމަހައްޓަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ފެށުމަށް އެ މަނިކުފާނުގެ ފެކްޝަންގެ ކެމްޕެއިން ޖަގަހައިގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ބޭނުންވަނީ މި ސަރުކާރު ފަދައިން ގާނޫނަށް އިހުތިރާމްކުރާ އަދި ތަފާތު ހިޔާލަށް ޖާގަދޭ ވެރިކަމެއް ބާއްވަން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ފަދައިން ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު ހިސޯރުކުރާނެ ފަދަ ވެރިކަމެއް ބާއްވަން ބޭނުން ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެތްތެރި، ކުޅަދާނަ ވެރިކަން ބާއްވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ނިންމާނީ އަނެއްކާވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ބައިންދާފައި،" އދ. 76 ވަނަ މަޖިލިހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އިދިކޮޅަށް ފާޑު ވިދާޅުވަމުން ޝާހިދު ވިދާޅުވީ "ފެލާލައިފި" ގެ ނަމުގައި އިދިކޮޅުން ވާހަކަ ދައްކާއިރު، ރައްޔިތުންގެ ފައިސާ ނުހައްގުން ބޭނުންކުރީ ޔާމީންގެ ސަރުކާރުން ކަމަށެވެ. ދައުލަތުގެ ފައިސާއަށް ވީ ގޮތް ނޭނގިގެން އިދިކޮޅު އުޅުނަސް، ހިޔާނާތްވީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭ ކަމަށް ވިދާޅުވި އެވެ.
"ފެލާލައިފިއޭ ނޮޅާލައިފިއޭ ކިޔާފައި ޖަލްސާ ބާއްވާން ހަދާނެ ކަމެއް ނެތް. ދިވެހި ރައްޔިތުންނަށް އެނގޭ ފެލާލީ ކޮން ބައެއްކަން. ފެލާލީ މިދިޔަ 2013 އިން ފެށިގެން ފެލަމުން ގެންދިޔަ މީހުން،" އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބާއްވަން ރާވާ ޖަލްސާ އަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަސްލަމް (ވ) އަދި ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޝާހިދު ވިދާޅުވިގޮތުގައި ރަށު ބަންދުން ރައްޔިތުން ފިލުވައިލުމަށް ކުޑަ އަގުގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރީ މި ސަރުކާރުންނެވެ. އަދި ހިލޭ ޑިގްރީ އާއި ސާފު ބޯފެން ރަށްރަށަށް ލިބޭނެ މަގު ތަނަވަސްކޮށްދިނީ ވެސް މި ސަރުކާރުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ނަޝީދު ހުށަހެޅުއްވި އިރު ވެސް ހޮވުމަކީ ރައީސް: ޝާހިދު
ނަޝީދު ނިންމެވީ ޕްރައިމަރީއަށް ޝާހިދު ނެރެން؟
ރައީސް ދެވަނަ ދައުރަކަށް އިންތިހާބުވާނެ: ޝާހިދު
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު