Roadha Mihaaru
ސަޕޯޓަރުންގެ އިތުބާރު ހޯދަން ލަމްޕާޑް އެދިއްޖެ

ސަޕޯޓަރުންގެ އިތުބާރު ގެއްލޭތީ ޓީމު ސަމާލުވާން ލަމްޕާޑް އެދިއްޖެ

26 ޑިސެމްބަރ 2022

ލިވަޕޫލް ސިޓީ (ޑިސެމްބަރު 26) - އެވަޓަންގެ ސަޕޯޓަރުންގެ އިތުބާރު އެ ކްލަބްގެ ކުޅުންތެރިންނަށާއި މެނޭޖުމެންޓަށް ގެއްލޭތީ، އަލުން ސަޕޯޓަރުންގެ އިތުބާރު ހޯދަން ކުޅުންތެރިން ސަމާލުވުމަށް ކޯޗު ފްރޭންކް ލަމްޕާޑް އެދިއްޖެ އެވެ.

ލިވަޕޫލް ސިޓީ (ޑިސެމްބަރު 26) - އެވަޓަންގެ ސަޕޯޓަރުންގެ އިތުބާރު އެ ކްލަބްގެ ކުޅުންތެރިންނަށާއި މެނޭޖުމެންޓަށް ގެއްލޭތީ، އަލުން ސަޕޯޓަރުންގެ އިތުބާރު ހޯދަން ކުޅުންތެރިން ސަމާލުވުމަށް ކޯޗު ފްރޭންކް ލަމްޕާޑް އެދިއްޖެ އެވެ.

މިދިޔަ ސީޒަންގައި ވެސް ހަނިގޮތަކަށް ރެލިގޭޝަނުން ސަލާމަތްވި ޓީމު މިހާރު ވެސް އޮތީ ރެލިގޭޝަން ޒޯނާ ކައިރީގަ އެވެ. ވޯލްޑް ކަޕަށް ލީގު މެދުކަނޑާލުމުގެ ކުރިން ކުޅުނު ދެ މެޗުން ވެސް އެވަޓަން ބަލިވީ އެވެ.

ވޯލްޑް ކަޕަށް ފަހު އަލުން ލީގު މިއަދު ފަށާނެ އެވެ. މިރޭ އެވަޓަން ނުކުންނާނީ ވުލްވްސް އާ ދެކޮޅަށެވެ. އެ ޓީމު އޮތީ ލީގުގެ ފުލުގަ އެވެ.

ލަމްޕާޑް ބުނީ އެވަޓަން ފަދަ ކްލަބެއްގައި ސަޕޯޓަރުން ނުތަނަވަސް ވާނެ ވަރު އޭނާ އަށް އެނގޭ ކަމަށެވެ. ވޯލްޑް ކަޕުގައި ބޯން މައުތުއާ ދެކޮޅަށް ޕްރިމިއާ ލީގުގައި ކުޅުނު މެޗުގެ ކުރިން ލީގު ކަޕުގައި ވެސް ހަމަ އެ ޓީމާ ދެކޮޅަށް ކުޅުނެވެ. އެ ދެ މެޗުން ވެސް އެވަޓަން ބަލިވީ އެވެ. އެ ޓީމު އަތުން ތިން ދުވަސް ތެރޭ ދެ ފަހަރު ބަލިވުމުން އެވަޓަންގެ ސަޕޯޓަރުންގެ ފަރާތުން ޓީމާ މެދު ހިތްހަމާ ނުޖެހޭކަން ދަނޑުގައި ވެސް ފާޅުކުރި އެވެ.

“އަހަރެމެން ފަދަ ފުޓްބޯޅަ ކްލަބެއްގައި އެކަން ނުވާނެ ކަމަށް އަހަރެން ދުވަހަކު ވެސް ގަބޫލެއް ނުކުރަން،” ބޯންމައުތުގެ މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު ހިތްހަމަނުޖެހުންތަކަށް އިޝާރާތްކޮށް ލަމްޕާޑް ބުންޏެވެ.

"ފޯރިގަދަ ސަޕޯޓަރުން ތިބި ކްލަބަކަށް އަންނައިރު ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ކޯޗެއްގެ ގޮތުގައި އަހަރެމެންގެ ކޮނޑުގައި ނަގަން ޖެހޭނީ ވަރުގަދަ ޓީމަކާ ޑީލް ކުރަން ޖެހޭ ކަމުގެ ޒިންމާ."

ވުލްވްސް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން ލަމްޕާޑް ބުނީ ސަޕޯޓަރުންނަށް އަލުން ޖޯޝް ގެނައުމުގެ ޒިންމާ އޮތީ ކުޅުންތެރިންގެ އަތުގައި ކަމަށެވެ.

"ސީޒަންގެ މެދުތެރެއިން ނަމަވެސް އަހަރެމެން ފަށަން އެބަ ޖެހޭ. ކާމިޔާބު ހޯދަން އެކަކު އަނެކަކުގެ އެހީތެރިކަން އަހަރެމެން ހޯދަން ޖެހޭ. އަހަންނަށް އިހުސާސް ކުރެވޭނީ އެއީ ކުޅުންތެރިންގެ ޒިންމާއެކޭ އެންމެ މަތީ ލެވަލްގައި ކުޅުން. ހާއްސަކޮށް އިންޓެސިޓީ ގޭމެއް ކުޅުން. ސަބަބަކީ އެންމެ ފުރަތަމަ ކަމަކަށް ވެސް ސަޕޯޓަރުން ޑިމާންޑް ކުރާނެ ކަމަކީ އިންޓެންސިޓީ ހައި ގޭމެއް ކުޅުން. އޭގެ ފަހުން ސަޕޯޓަރުން ކުޅުންތެރިންގެ ފަހަތުގައި ތިބޭނީ. އަހަންނަށް ޔަގީން ކުޅުންތެރިން އެކަން ކުރާނެކަން. އެއީ ކުޅުންތެރިން ވަނީ މީގެ ކުރިން އެކަން ސާބިތުކޮށް ދީފަ،" ލަމްޕާޑް ބުންޏެވެ.

އެވަޓަން އާއި ވުލްވްސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 8 ޖާހާއިރު އެވެ.