Roadha Mihaaru
ރޮނާލްޑޯގެ ދަރިފުޅު އެނބުރި ރެއާލްގެ އެކަޑަމީ އަށް

ރޮނާލްޑޯގެ ދަރިފުޅު އެނބުރި ރެއާލްގެ އެކަޑަމީ އަށް

28 ޑިސެމްބަރ 2022

މެޑްރިޑް (ޑިސެމްބަރު 28) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ދަރިފުޅު، ކްރިސްޓިއާނޯ ޖޫނިއާ ހަތަރު އަހަރު ފަހުން ރެއާލް މެޑްރިޑުގެ އެކަޑަމީއާ އަލުން ގުޅިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ޑިސެމްބަރު 28) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ދަރިފުޅު، ކްރިސްޓިއާނޯ ޖޫނިއާ ހަތަރު އަހަރު ފަހުން ރެއާލް މެޑްރިޑުގެ އެކަޑަމީއާ އަލުން ގުޅިއްޖެ އެވެ.

އުމުރުން 12 އަހަރުގެ ކްރިސްޓިއާނޯ ޖޫނިއާ އޭނާގެ ބައްޕަ ރެއާލަށް ކުޅުނުއިރު އެ ކްލަބުގެ އެކަޑަމީގައި ތަމްރީން ހެދި އެވެ. ފަހުން ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމުން އޭނާ ވެސް ދިޔައީ އެ އެކަޑަމީ އަށެވެ. އަދި ރޮނާލްޑޯ މީގެ ދެ އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ އެކު ކްރިސްޓިއާނޯ ޖޫނިއާ ވެސް ބަދަލުވީ ޔުނައިޓެޑުގެ އެކަޑަމީ އަށެވެ.

ރެއާލުގެ އެކަޑަމީއާ އަލުން ގުޅުނު ކްރިސްޓިއާނޯ ޖީނިއާ ވަނީ ކުރިން އެ ޓީމަށް 20 މެޗުން 50 އަށް ވުރެ ގިނަ ގޯލު ޖަހައިދީފަ އެވެ.

ކްރިސްޓިއާނޯ ޖޫނިއާ، ޔުނައިޓެޑުގެ އެކަޑަމީން ވަކިވީ އޭނާގެ ބައްޕަ އެ ކްލަބުގެ ކޮންޓްރެކްޓް އުވާލައި އެ ސިޓީ ދޫކޮށްލުމުންނެވެ. ރޮނާލްޑޯ ދެން ބަދަލުވާނެ ކަމަށް ބެލެވެނީ ސައޫދީ އަރަބިއްޔާގެ އައް ނަސްރުއާ އެވެ. ރޮނާލްޑޯ ހުންނަ ގައުމެެއްގައި އޭނާއާ އެކު އާއިލާ މެމްބަރުން ތިބޭ ނަމަވެސް، ސައޫދީ ކްލަބަށް ބަދަލުވެއްޖެ ނަމަ އާއިލާ ތިބޭނީ މެޑްރިޑުގައި ކަމަށްވެ އެވެ.

އައް ނަސްރުން އިން ވަނީ ރޮނާލްޑޯ އަށް ދެ އަހަރާ ބައިގެ މުއްދަތަކަށް، އަހަރަކު 200 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމުން ބޯނަހެއްގެ ގޮތުގައި 100 މިލިއަން ޔޫރޯ ވެސް އެޓީމުން ހުށަހަޅައިފައިވެ އެވެ. އެ ކްލަބަށް ނުދާ ނަމަ އޭނާ ދިއުން ގާތީ އެމެރިކާގެ މޭޖާ ލީގަށެވެ.