Roadha Mihaaru
ރޮނާލްޑޯގެ ހުށަހެޅުމަށް ރެއާލުން އިޖާބަ ނުދިން

ރޮނާލްޑޯގެ ހުށަހެޅުމަށް ރެއާލުން އިޖާބަ ނުދިކަން ހާމަވެއްޖެ

22 އޯގަސްޓް 2021

މެޑްރިޑް (އޮގަސްޓް 22) - މި ސީޒަންގައި ރެއާލް މެޑްރިޑަށް ކުޅެން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސާޖީއޯ ރާމޯސް ވެސް ރެއާލްގެ ކޯޗް ކާލޯ އަންޗެލޯޓީ އަށް ގުޅިކަން ހާމަވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (އޮގަސްޓް 22) - މި ސީޒަންގައި ރެއާލް މެޑްރިޑަށް ކުޅެން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސާޖީއޯ ރާމޯސް ވެސް ރެއާލްގެ ކޯޗް ކާލޯ އަންޗެލޯޓީ އަށް ގުޅިކަން ހާމަވެއްޖެ އެވެ.

ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން މަސައްކަތް ކުރާ ކަމުގެ ވާހަކަތައް މިދިޔަ ސީޒަނަށް ފަހު ފެތުރޭން ފެށި އެވެ. ރެއާލަށް އަލުން ބަދަލުވާން ބޭނުން ވެގެން ރޮނާލްޑޯ މަސައްކަތް ކުރި ކަމަށް މީީޑިއާތަކުން ބުނެ އެވެ. މެޑްރިޑަށް ރޮނާލްޑޯ ބަދަލުވާން އުޅޭ ވާހަކަތައް ފެންމަތިވުމުން އަންޗެލޯޓީ ވެސް ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. ފަހުން ރޮނާލްޑޯ ވެސް ވަނީ އޭނާ އާ ގުޅުވައި ހަގީގަތާ ހިލާފު ވާހަކަ ފަތުރާތީ އެކަން ކުށްވެރި ކޮށްފަ އެވެ.

ރެއާލް މެޑްރިޑް ދޫކޮށް ރާމޯސް މި ސީޒަންގައި ބަދަލުވީ ޕީއެސްޖީ އަށެވެ. މިދިޔަ ސީޒަނަށް ފަހު ރެއާލްގެ ކޯޗު ކަމުން ޒައިނުއްދީން ޒިދާން އިސްތިއުފާ ދިނުމުން ރެއާލުން ކޯޗް ކަމަށް ހަމަޖެއްސީ އަންޗެލޯޓީ އެވެ. ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމާއި ދޫކޮށްލުން ރެއާލުން ފެށީ އޭގެ ފަހުންނެވެ.

ޕީއެސްޖީ އަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވުމުގެ ކުރިން ރެއާލްގައި މަޑުކުރަން ބޭނުން ވެގެން ރާމޯސް ވެސް އަންޗެލޯޓީ އަށް ގުޅި ކަމަށް ސްޕެއިންގެ ނޫސްތަކުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. ރެއާލް ދޫކޮށްލުމުގެ ކުރިން ރާމޯސްގެ ފެއާވެލް ޕްރެސްގައި ވާހަކަ ދައްކަމުން ރާމޯސް ބުނެފައި ވަނީ، އޭނާ ކްލަބުގައި މަޑު ކުރަން ބޭނުންވި އިރު އެ ފުރުސަތު އޭނާ އަށް ނެތް ކަމަށެވެ.

ރާމޯސް ކްލަބުގައި މަޑު ކުރުވަން އަންޗެލޯޓީ ބޭނުން ވިއަސް އެ ފުރުސަތެއް އޭނާ އަށް ވެސް ނުހޯދުނެވެ. ރެއާލްގެ މެނޭޖުމެންޓުން ވިސްނައިގެން ތިބީ ހަރަދު ސަލާމަތް ކުރުމަށް ރާމޯސް ކްލަބު ދޫކޮށްދިއުމުގެ ފުރުސަތު ދިނުމަށެވެ. އޭނާ އަށް ބޮޑު މުސާރައެއް ކްލަބުން ދެ އެވެ.

ރާމޯސް އާއި ރޮނާލްޑޯ

ރާމޯސް އާއި ރޮނާލްޑޯ

އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިން ސޮއިކުރުވުމުގައި ރެއާލުން މިހާރު ގެންގުޅޭ ޕޮލިސީ ތަފާތެވެ. ދިގު މުއްދަތުގެ އެއްބަސްވުމެއް 30 އަހަރުން މަތީގެ ކުޅުންތެރިންނަށް އެ ކަލަބުން ނުދެ އެވެ. ދާދި ފަހުން ކޮންޓްރެކްޓް އާ ކުރި ކަރީމް ބެންޒެމާ އަށް ވެސް ދިނީ ދެ އަހަރުގެ އެއްބަސް ވުމެކެވެ. ލޫކަ މޮޑްރިޗަށް ދިނީ އެއް އަހަރުގެ އެއްބަސްވުމެކެވެ.