Roadha Mihaaru
ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭގޮތް ހަދަނީ

ކޭޝް ކާޑުން ބަސްތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީ

31 ޑިސެމްބަރ 2022

ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ ގޮތް ހަދަން ނިންމައި، އެ ހިދުމަތް ޓެސްޓުކުރަން އެމްޓީސީސީން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ ގޮތް ހަދަން ނިންމައި، އެ ހިދުމަތް ޓެސްޓުކުރަން އެމްޓީސީސީން ފަށައިފި އެވެ.

އެ ކުންފުނިން ބުނީ، އާރްޓީއެލް ބަހުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެ ހިދުމަތް ޓެސްޓުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެ ހިދުމަތް ޓެސްޓުކުރުން އޮންނާނީ މާދަމާ އާއި އޭގެ އަނެއް ދުވަހު އެވެ.

އެ ޓެސްޓު ބުރުގައި، މާލެ ތެރޭގައި ދުއްވާ އެކި ބަސްތަކުގައި މާސްޓާ ކާޑާއި ވިސާ ކާޑުގެ ކޮންޓެކްޓް ލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލޭ ތެރޭގައި ކުރާ ބަސް ދަތުރުތަކުގައި ނަގަނީ މީހަކަށް 7ރ. އެވެ.

ބަހުގެ ހިދުމަތަށް މިހާރު ފައިސާ ދެއްކެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ބަސް ކާޑު ބޭނުންކޮށްގެންނެވެ.

އެމްޓީސީސީން އަންނަނީ މާލެ އާއި ލ. އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގައި މިނީ ބަހުގެ ހިދުމަތް ދެމުންނެވެ. މާލެ ސަރަހައްދުގެ އެހެން ބަސް ދަތުރުތައް ވެސް ކުރަނީ އެ ކުންފުނިންނެވެ. ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ފެށި އާރްޓީއެލް ފެރީގެ ހިދުމަތް ވެސް އުތުރުގެ ފަސް އަތޮޅެއްގައި މިހާރު ވަނީ ފަށައިފަ އެވެ.