Roadha Mihaaru
އަތޮޅުތެރޭގައި އާރުޓީއެލް ބަހަށް ކާޑުން ފައިސާ ދެއްކޭނެ

ރަށްރަށުގައި ވެސް އެމްޓީސީސީގެ ބަސްތަކަށް ކާޑުން ފައިސާ ދެއްކޭ ގޮތް ހަދައިފި

16 އޮކްޓޯބަރ 2023

އެމްޓީސީސީން ރަށްރަށުގައި ދެމުން އަންނަ އާއްމު ބަހުގެ ހިދުމަތަށް ކޮންޓެކްޓްލެސް ވިސާ ކާޑާއި މާސްޓާކާޑުން ފައިސާ ދެއްކޭ އިންތިޒާމް ހަމަޖައްސައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެމްޓީސީސީން ރަށްރަށުގައި ދެމުން އަންނަ އާއްމު ބަހުގެ ހިދުމަތަށް ކޮންޓެކްޓްލެސް ވިސާ ކާޑާއި މާސްޓާކާޑުން ފައިސާ ދެއްކޭ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި، ހއ. ދިއްދޫ، ލ. ގަން، ފުނަދޫ އަދި އިސްދޫގައި މިހާރު ދެމުންދާ ބަހުގެ ހިދުމަތަށް މިއަދުން ފެށިގެން ކާޑުން ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ބީއެމްއެލް ނޫން އެހެން ބޭންކުތަކުން ވެސް ދޫކޮށްފައިވާ ކޮންޓެކްޓްލެސް ވިސާ ކާޑާއި ކްރެޑިޓް ކާޑުން ވެސް ބަހުގެ ހިދުމަތަށް ފައިސާ ދެއްކޭނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

އާރްޓީއެލް އާއްމު ބަހުގެ ހިދުމަތުގައި "ފިކްސްޑް ފެއާ" ރޫޓާއި "ޑިސްޓެންސް ފެއާ" ރޫޓު ހިމެނެއެވެ. "ފިކްސްޑް ފެއާ" ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައި ވަނީ އެއް އަގެކެވެ. މި ރޫޓުން ދަތުރުކުރާ ކަސްޓަމަރުން ޓިކެޓް ވެލިޑޭޓުކުރަން ޓެޕްކުރަން ޖެހޭނީ ބަހަށް އަރާއިރު އެވެ.

"ޑިސްޓެންސް ފެއާ" ރޫޓުގެ އަގަކީ ދަތުރުގެ ދުރުމިނަށް ބިނާކޮށް އޮންނަ އަގެކެވެ. މި ރޫޓުން ދަތުރުކުރާ ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ބަހަށް އަރާއިރު އާއި ފައިބާ އިރު "ޓެޕް" ކުރަން ޖެހޭނެ އެވެ. ފައިބާ އިރު "ޓެޕް އައުޓް" ނުކުރާ ކަސްޓަމަރުން ދަތުރުކުރާ މުޅި ރޫޓުގެ ޖުމްލަ އަގު ކެނޑޭނެ އެވެ.

އަތޮޅުތަކުގެ އާރްޓީއެލް އާއްމު ބަހުގެ ރޫޓް މެޕް އާރްޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕުން ބެލޭނެ އެވެ.