Roadha Mihaaru
އަމިއްލަ ކުންފުންޏަކުން ފުރަތަމަ ބޮންޑު އިޝޫކޮށްފި

އަމިއްލަ ކުންފުންޏަކުން ފުރަތަމަ ފަހަރަށް ބޮންޑު ވިއްކަން ހުޅުވާލައިފި

04 ޖެނުއަރީ 2023

އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮންޑެއް ވިއްކަން ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮންޑެއް ވިއްކަން ހުޅުވާލައިފި އެވެ.

ބޮންޑު އިޝޫކުރި އަމިއްލަ ކުންފުންޏަކީ، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި މަޝްހޫރު ޔޫރޯ މާކެޓިން އެވެ. ޕްރައިވެޓް ޕްލޭސްމެންޓެއްގެ ގޮތުގައި އެ ކުންފުނިން ވިއްކަން ހުޅުވާލި ބޮންޑު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވިޔަނަ ޕޯޓަލްގައި ވަނީ ލިސްޓުކޮށްފަ އެވެ.

ޔޫރޯ މާކެޓިން އިން ވިއްކުމަށް ހުޅުވާލި ބޮންޑު އިޝޫ ކުރުމުގައި ލީޑް އެޑްވައިސާ އަކީ ފަސްޓް ނޭޝަނަލް އެވެ. ޔޫރޯ މާކެޓިން އިން ވިއްކަން ހުޅުވާލި ބޮންޑު އިޝޫ ކުރުމުގައި ލީޑް އެޑްވައިޒާ އަކީ ފަސްޓް ނޭޝަނަލް އެވެ.

ފަސްޓް ނޭޝަނަލް ވެބްސައިޓުގައިވާ ގޮތުން ޔޫރޯ މާކެޓިން އިން ވިއްކަން ހުޅުވާލީ 25 މިލިއަން ރުފިޔާގެ ބޮންޑެކެވެ. ހަތަރު އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ މި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 7.5 ޕަސެންޓެވެ. މި ބޮންޑު ގަންނަ ފަރާތްތަކަށް ބޮންޑުގެ ފައިދާ ލިބޭނީ ހަތަރު އަހަރަށް ބަހާލައިގެންނެވެ.

ވިޔަނަ ޕޯޓަލް އަކީ ޕްރައިވެޓް ސެކިއުރިޓީޒް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ސެކިއުރިޓީޒް ގަތުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ޕޯޓަލް އެކެވެ. މި ޕޯޓަލް ލޯންޗުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ޔޫރޯ މާކެޓިން އިން ވިއްކަން ހުޅުވާލި ބޮންޑަކީ ޕްރައިވެޓް ޕްލޭސްމަންޓަކަށް ވުމުން މި ބޮންޑުގެ ތަފްސީލުތައް ލިބޭނީ ވިޔަނަ ޕޯޓަލްގައި ރަޖިސްޓްރީވާ އިންވެސްޓަރުންނަށް އެކަންޏެވެ.

އަމިއްލަ ކުންފުންޏަކުން ރާއްޖޭގެ ކެޕިޓަލް މާކެޓު މެދުވެރިކޮށް މާލީ މަންފާ ހޯދުމަށް ފައިނޭންޝަލް އިންސްޓްރޫމަންޓް އިޝޫ ކުރުމުގެ ފުރުސަތު އޮންނަ އިރު ވެސް އެ ފުރުސަތު ބޭނުން މިހާތަނަށް އެއްވެސް ކުންފުންޏަކުން ބޭނުމެއް ނުކުރެ އެވެ.

ބޮންޑަކީ ފައިސާ ހޯދުމަށް ގެންގުޅޭ އިންސްޓުރޫމަންޓެކެވެ. އެއީ ދިގު މުއްދަތުގައި އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ހޯދާ ފައިސާ އެވެ. ބޭންކް ލޯނުތަކާ ހިލާފަށް، ބޮންޑަށް އެއް އިންވެސްޓަރަށް ވުރެ ގިނަ އިންވެސްޓަރުންގެ އަތުން ވެސް ފައިސާ ހޯދޭނެ އެވެ.