05 ޖެނުއަރީ 2023
މާލެ ސަރަހައްދުގައި މި ސަރުކާރުން ފަށާފައިވާ ބައެއް ފްލެޓުތަކުގެ މަސައްކަތް ނިންމައި މި ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި މި ސަރުކާރުން ފަށާފައިވާ ބައެއް ފްލެޓުތަކުގެ މަސައްކަތް ނިންމައި މި ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި އެމަނިކުފާނުގެ ސަރުކާރުން ފައްޓަވާފައިވާ 8782 ފްލެޓުގެ މަސައްކަތް އަމަލީ ގޮތުން ކުރިޔަށް ދާ ކަމަށެވެ.
މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް ނިންމައި ރައްޔިތުން ފްލެޓަށް ވައްދާފައި ނުވާ ކަމަށާއި ނަމަވެސް މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އެކަން ހާސިލް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަދަމުން ގެންދާ ފްލެޓުތަކުގެ ތެރެއިން ބަޔަކަށް [މި ފަސް އަހަރު ތެރޭ] މާލޭގެ ރައްޔިތުންނަށް ދިރިއުޅެވޭ ވަރު ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން މާލޭގެ ރައްޔިތުންނަށް 5000 ގޯތި ދިނުމަށްޓަކައި ވެވަޑައިގަތް ވައުދު ވެސް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކަޑަ ޖަހައި، ބިން ވަކިކޮށް، ރޯނު ދަމައި މާލޭގެ ރައްޔިތުންނަށް މި ފަސް އަހަރުގެ ތެރޭގައި ދޭނަން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ އަމާޒަކަށް ވެފައި އޮތީ މާލޭގައި 13،000-15،000 ފްލެޓް އެޅުމަށެވެ. ނަމަވެސް އެ މަޝްރޫއުތައް ލަސް ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. އަދި ރިޔާސީ ޕްރައިމަރީގައި ރައީސް އާ ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެކަމާ ގުޅިގެން ފާޑުވިދާޅުވެ އެވެ.
މި ސަރުކާރުން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރެއްގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް މީގެ ކުރިން ދެއްވާފައިވާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ސަރުކާރުން ކުރިޔަށް ގެންދާ 5000 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން 2000 ފްލެޓް ހަވާލު ކޮށްފައި ވަނީ ޖޭއެމްސީ އިންޑިއާ ލިމިޓެޑާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 600 ޔުނިޓާއި އެފޯޑަބަލް ޔުނިޓުގެ 1400 ޔުނިޓެވެ.
އެންބީސީސީ އިންޑިއާ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އިތުރު 2000 ހައުސިން ޔުނިޓް ވަނީ ހަވާލު ކޮށްފަ އެވެ. އެ މަޝްރޫއުގެ ތެރޭގައި ވެސް ހިމެނެނީ 600 ކައުންސިލް ހައުސިން ޔުނިޓާއި 1400 އެފޯޑަބަލް ރޭންޖުގެ ޔުނިޓުތަކެވެ.
އެ ހުރިހާ މަޝްރޫއެއް ނިންމަން ސަރުކާރުން ކަނޑައަޅާފައި ވަނީ 2024-2025 ދެމެދެވެ.
އޭގެ އިތުރުން އެޕޯލޯ ހޯލްޑިންގްސް ކުންފުންޏާ 1042 ހައުސިން ޔުނިޓް އަޅަން ވަނީ ހަވާލު ކޮށްފަ އެވެ. އޭގެ ތެރޭގައި 120 ކައުންސިލް ޔުނިޓާއި އެފޯޑަބަލް ރޭންޖުގެ 240 ޔުނިޓް އަދި މިޑްރޭންޖުގެ 682 ޔުނިޓް ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން ރާވާފައި ވަނީ އެޕޯލޯ ހައުސިން ޔުނިޓުތަކުގެ ބައެއް ފްލެޓުތައް މި އަހަރުގެ ތެރޭގައި ނިންމައި ހަވާލު ކުރުމަށެވެ.
ގިރާވަރު ފަޅު މިއަހަރު މެދުތެރޭ ހިއްކާ ނިމޭނެ: ރައީސް
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ކުރިމަތިލެވޭނެ
އުތުރު ތިލަފަޅުން ގޯތި ދޭން ރައީސް ނިންމަވައިފި
ހައުސިން ބޭންކެއް ހަދައި ލުއި ލޯނު ދޫކުރާނަން: ރައީސް
ވިނަރެސްގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރާނަން: ރައީސް
"މާލޭގައި 20 އަހަރުވުމުން ގޯއްޗާއި ފްލެޓް ދޭނަން"
ސަރުކާރުގެ ފްލެޓް ކޮންޓްރޯލް އަގެއްގައި ކުއްޔަށް ދެވޭނެ
ހާލުގައި އުޅޭ މީހުން ހިލޭ ދިރިއުޅެން ތަނެއް ދައްކާނަން
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު