ބަހުރެއިންގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ އަހަރުތަކެއް ފަހުން ތިން މީހެއްގެ މައްޗަށް އިއްޔެ މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
ބަހުރެއިންގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ އަހަރުތަކެއް ފަހުން ތިން މީހެއްގެ މައްޗަށް އިއްޔެ މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރީ 2014 ވަނަ އަހަރު ބޮމުގެ ހަމަލާއެއް ދީ ފުލުހުންގެ ތިން މީހަކު މަރާލުމުގެ ކުށް ސާބިތުވި ޝީއީންގެ ތިން މީހަކަށެވެ. ބަހްރެއިންގެ ގައުމީ ނިއުސް އެޖެންސީ ބީއެންއޭ އިން ބުނީ މި ތިން މީހުން މަރާލީ ބަޑި ޖަހައިގެން ކަމަށެވެ.
މި ހުކުމް ތަންފީޒުކުރުމާ އެކު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމާއަތްތަކުން ބުނެފައި ވަނީ މަރާލި ތިން މީހުންގެ މައްޗަށް ތަހުގީގު ހިންގާފައި ވަނީ އިންސާފުން ކަމަށް ނުބެލެވޭ ކަމަށާއި އެ މީހުން ކުށަށް އިއުތިރާފުވީ އަނިޔާކުރުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދީ ބަހްރެއިން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މަރުގެ ހުކުމް ތަންފީޒުކޮށްފައި ވާނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މަރާލި މީހުންނަކީ ބަހްރެއިންގައި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޔާ އައް އަޝްތާރަށް ނިސްބަތްވާ ތިން މީހުންނެވެ. މިއީ 2011 ވަނަ އަހަރު ބަހްރެއިންގައި ކުރި މުޒާހަރާތަކާއި ހަމަނުޖެހުންތަކަށް ފަހު ބައެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.
ސުންނީންގެ ރަސްކަމެއް އޮންނަ ބަހްރެއިންގައި ޝީއީންނާއި ސުންނީންނާ ދެމެދު ކުރިމަތިލުންތައް ހިނގައި މިދިޔަ އަހަރު ވަނީ އެ ގައުމުގެ ޝީއީންގެ އެންމެ އިސް އިމާމަކީ އެ ގައުމުގެ ރައްޔިތެއް ނޫން ކަމަށް ވެސް ކަނޑައަޅައިފަ އެވެ.
މަރުގެ އަދަބު އުވައިލެވޭނީ ޚިޔާލު ހޯދައިގެން: ސަރުކާރު
ހައްދުތަކާ ދެކޮޅުވުމަކީ ދީނަށް ގޮންޖެހުން: އިލްޔާސް
ނުހައްގުން ބަޔަކު މަރާކަށް ނޫޅެން: އަޒްލީން
ބަހުރޭނު އެކްޓިވިސްޓް ދޫކޮށްލަން އެމެރިކާއިން ގޮވާލައިފި
ހައްގުތަކާއި ހައްގުތަކުގެ ވެރިރަސްކަލާނގެ ދެނެގަތުން
ޣައްޒާ ބިނާކުރުމާއެކު ހައްގުތައް ވެސް އިޔާދަކޮށްދޭންޖެހޭ
މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި
މަރުގެ އަދަބުން ސަލާމަތްވާން 9 ބިލިއަން ޑޮލަރު ހޯދަނީ
ހަނާގެ މަރުގެ ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ