ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެ ހާލުގައި ޖެހުނު ބިދޭސީންނަށް އެ ކައުންސިލުން ވަގުތީ ހިޔާއެއް ހަމަޖައްސައިނުދެވުމުން، ފަރުކޮޅުފުށި އެކަމަށް ބޭނުންކުރަން ސަރުކާރުން މިރޭ ނިންމައިފި އެވެ.
09 ޖެނުއަރީ 2023
ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެ ހާލުގައި ޖެހުނު ބިދޭސީންނަށް އެ ކައުންސިލުން ވަގުތީ ހިޔާއެއް ހަމަޖައްސައިނުދެވުމުން، ފަރުކޮޅުފުށި އެކަމަށް ބޭނުންކުރަން ސަރުކާރުން މިރޭ ނިންމައިފި އެވެ.
ރޭ ފަތިހު ހައެއް ޖަހަން އުޅެނިކޮށް ނީލަން ފިހާރައިގައި ރޯވެ، އެ ތަނާ އިންވެގެން ހުރި ލޭބަ ކުއާޓަރަށް ވެސް އަލިފާންގަނޑު ފެތުރުމުން 200 އެއްހާ ބިދޭސީން ވަނީ ވަންނާނެ ތަނެއް ނެތިފަ އެވެ. މިއަދުގެ ހެނދުނުން ފެށިގެން އެ މީހުން ބައިތިއްބާފައި ތިބީ އިމާދުއްދީން ސްކޫލުގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ، ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު މިރޭ ނިންމީ ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔާގެ ގޮތުގައި ހުޅުމާލެއާ ގުޅިފައި އޮންނަ ފަރުކޮޅުފުށި ބޭނުން ކުރަން ކަމަށެވެ.
"އެ މީހުންނަށް ބޭނުންވާ ބާލީހާއި ގޮދަޑި ފަދަ ތަކެތި ވެސް ސަރުކާރުން ފޯރުކޮށްދޭނެ،" މިއުވާން ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުން ހުޅުމާލެއާ ގުޅިފައިވާ ކުރީގެ ރިސޯޓު، މިހާރު ބޭނުންކުރަނީ ހަފުލާތައް ބޭއްވުން ފަދަ ކަންކަމަށެވެ. ކޮވިޑްގެ ދުވަސްވަރު އެ ތަން ކަރަންޓީނު ފެސިލިޓީއަކަށް ވެސް ބޭނުންކުރި އެވެ.
ސިޓީ ކައުންސިލްގެ މެންބަރު އާދަމް ރަމީޒް މިއަދު ވިދާޅުވީ މުވައްޒަފުން ތިބޭނެ ތަނެއް ހަމަނުޖެއްސި ލަސްވަނީ ރައީސް އޮފީހުން ވަކި ގޮތެއް ނުނިންމާތީ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ ކައުންސިލުން އެދުނީ ކޮރަލް ބުލެވާޑް ހަމަޖައްސައިދޭން ކަމަށެވެ. އެކަމަކު، އެތަނުގެ މައްސަލަ ކޯޓުގައި އޮތުމުން އެތަން ހަމަނުޖެއްސޭނެ ކަމަށާއި އެހެން ތަނެއް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހާލުގައި ޖެހުނު ބިދޭސީންނަށް މިއަދުގެ ނާސްތާ އާއި ކެއުން ހަމަޖައްސައިދިނީ ދިރާގާއި އަމިއްލަ ބައެއް ފަރާތްތަކުންނެވެ.
ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ފެތުރި، ރެއިންބޯ ކުންފުނީގެ މުވައްޒަފުން ތިބި އެކޮމަޑޭޝަނެއް ވެސް އަނދައި ހުލިވި އެވެެ. އެ ތަނުގައި ދިރިއުޅުމުންދިޔަ މީހުންނާ އެ ކުންފުނިން ވަނީ ހަވާލުވެފަ އެވެ.
ހާލުގައި ޖެހުނު މީހުންގެ ވަގުތީ ތަނަކަށް ކޮވިޑް ވިލެޖް
މުވައްޒަފުން މަގުމަތީ، ކައުންސިލާއި ސަރުކާރު ކޯޅެނީ
ނީލަންފިހާރަ އަލިފާން: 166 މީހަކު ހާލުގައި ޖެހިފައި
ނީލަން ފިހާރަ ދެން އެ ތަނުގައި ނުހިންގޭނެ: މޭޔަރު
ނީލަން ފިހާރަ ބަދަލުކުރަން ހުއްދައެއް ނުދިން: މުއިއްޒު
ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓަކުރިޔަސް އަޅާނުލި
ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ ސިޓީ ކައުންސިލަށް ހޯދަނީ
ވައިޓަލް އޮފީހުގެ ލިއުންތައް ރިކަވާކުރެވޭތޯ ބަލަނީ
މިނިސްޓްރީތައް ހިންގާނީ ތަނެއް ކުއްޔަށް ނުނަގާ: ރައީސް
ވައިޓަލްރަޖިސްޓްރޭޝަންގެ ހިދުމަތް މާލޭގައި އަލުން ފަށަނީ