ހުޅުމާލެ 2 އާ ގުޅިފައި އޮންނަ، މީގެ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ.
ހުޅުމާލެ 2 އާ ގުޅިފައި އޮންނަ، މީގެ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ.
ކައިވެނި ހަފްލާތަކާއި އެކި އިވެންޓްތައް މިހާރު ވެސް ބާއްވާ ފަރުކޮޅުފުށީގައި ރޯވީ ކޮން ކަމަކަށް ބޭނުންކުރާ އިމާރާތެއްގައި ކަމެއް އަދި ނޭނގެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވާކަން ކަމުގެ ރިޕޯޓް ލިބުނީ 1:00 ގައި ކަމަށެވެ. އެ ވަގުތުން ފެށިގެން ކުރި މަސައްކަތުން 1:40 ހާއިރު ވަނީ އަލިފާން ނިއްވާލެވިފައި ކަމަށް އެންއެންޑީއެފުން ބުންޏެވެ.ޓ
އެންއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވީ ކަމުގެ ރިޕޯޓެއް ނެތް ކަމަށެވެ.
ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް
ރޯވި ތަނުގައި ވަރަށް ބޮޑަށް އަލިފާން ފެތުރިފައި އޮތެވެ. ނަމަވެސް ނިއްވުމުގެ މަސައްކަތް ފެށުމާ އެކު ވަރަށް އަވަހަށް އަލިފާންގަނޑު ކޮންޓްރޯލްވި އެވެ.
މިއީ ކިިހިނެއް ހިނގި ހާދިސާއެއް ކަމެއް އަދި އެކަމާ ބެހޭ އެއްވެސް ތަފްސީލެއް އަދި ނޭނގެ އެވެ.
ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެ ދުން އަރަނީ
ފަރުކޮޅުފުށި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު އެ ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދޭނެ ފެސިލިޓީއެއްގެ ގޮތުގައި ވެސް ބޭނުންކޮށްފަ އެވެ. އަދި އޭގެ ފަހުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ޑިޓޮކްސް ފަރުވާ ދޭން ވެސް އެތަން ބޭނުންކުރި އެވެ.
ފަރުކޮޅުފުއްޓަކީ މީގެ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ތަނެވެ. އެ ތަން ހުސްކުރީ ވެސް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމަށެވެ. އެޗްޑީސީން ޕްލޭންކޮށްފައި ވަނީ ހެރިޓޭޖް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ތަރައްގީކުރުމެވެ.
ހާލުގައި ޖެހުނު ބިދޭސީންނަށް ފަރުކޮޅުފުށި ހަމަޖައްސައިފި
ލ. ގަމަށް އަލުން ކަރަންޓު ދީފި
މުޅި ގަމަށް ކަރަންޓު ދެވޭނީ މިރޭ 12 ޖަހާކަންހާއިރު
ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި ރޯވެ އަނދަނީ
ފިހުނު މީހާއަށް ފަރުވާ ދޭން ތައިލެންޑަށް ގެންގޮސްފި
ހޮންކޮންގު ބޮޑު އަލިފާނުގައި މަރުވި އަދަދު 128 އަށް
ހޮންކޮންގުގެ ފްލެޓެއްގައި ރޯވެ އެތައް ބަޔަކު މަރުވެއްޖެ
ފިހުނު މީހާ އިތުރު ފަރުވާއަށް އޭޑީކޭއަށް
ކަރަންޓްގައި ޖެހުނު މީހާ ވަނީ ވަރަށް ބޮޑަށް ފިހިފައި
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ