Roadha Mihaaru
މަސްތުން ސަލާމަތްވެ 242 މީހަކު މުޖުތަމައަށް

މަސްތުން ސަލާމަތްވެ، މިދިޔަ އަހަރު 200 އަށް ވުރެ ގިނަ މީހުން މުޖުތަމައަށް

12 ޖެނުއަރީ 2023

ފަރުވާ ފުރިހަމަ ކުރުމަށް ފަހު، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 242 މީހަކު އަނބުރާ މުޖުތަމައަށް ނެރެފައިވާ ކަން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފަރުވާ ފުރިހަމަ ކުރުމަށް ފަހު، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 242 މީހަކު އަނބުރާ މުޖުތަމައަށް ނެރެފައިވާ ކަން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާ އިން ބުނީ މަސްތުވާތަކެތި ބޭނުންކުރާ 1،017 މީހަކަށް މިދިޔަ އަހަރު ފަރުވާ ދިން ކަމަށެވެ. އެއީ މިހާރު ވެސް ފަރުވާ ހޯދަމުންދާ 775 މީހަކާއި ފަރުވާ ނިންމި 242 މީހެކެވެ.

މަސްތުން ސަލާމަތްވުމަށް 14 ސެންޓަރެއްގައި ފަރުވާދެމުންދެ އެވެ. އެންމެ ގިނައީ މާލެ ކޮމިއުނިޓީ ސާވިސް ސެންޓަރުން ފަރުވާ ހޯދާ މީހުންނެވެ.

ސެންޓަރުތަކުގައި މި ވަގުތު ފަރުވާ ހޯދާ މީހުންގެ އަދަދު:

- މާލެ ކޮމިއުނިޓީ ސާވިސް ސެންޓަރު: 317 މީހުން

- ކ. ހިންމަފުށީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު: 146 މީހުން

- ހުޅުމާލޭ ހާފްވޭ ހައުސް: 143 މީހުން

- ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮސްކްސިފިކޭޝަން ސެންޓަރު: 111 މީހުން

- ގަން ކްލިނިކް: 89

- ސ. ހުޅުދޫ، ވިލުނު ސެންޓަރު: 36 މީހުން

- ޏ. ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު: 55 މީހުން

- ގއ. ވިލިނގިލި، ދަގެނާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު: 19 މީހުން

- ކ. ގުޅި ސެންޓްރަލް ޑިޓޮކްސިފިކޭޝަން ސެންޓަރު: 16 މީހުން

- ހުޅުމާލޭ ހާފްވޭ ހައުސް ފީމޭލް ރީހޭބިލިޓޭޝަން ސެންޓަރު: ހަތް މީހުން

- ހުޅުމާލޭގެ ސެމީ ރެސިޑެންޝަލް ހާފްވޭ ހައުސް: ހަ މީހުން

- ޗިލްޑްރަންސް ކޮމިއުނިޓީ ރިހޭބިލިޓޭޝަން ސާވިސް: ތިން ކުދިން

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު، އެ ވަބާ އިން ދުރުވުމަށް ފަރުވާ ހޯދަން އަންނަ މީހުންގެ ތެރެއިން ފަރުވާ ނުފެށި ކިއުގައި ވެސް ގިނަ ބަޔަކު ތިބެ އެވެ.