Roadha Mihaaru

ގެއްލިގެން ހޯދަމުން އައި ތައުފީގު ފެނުނީ އެންޑީއޭގެ ފަރުވާ ހޯދަން ހުއްޓާ!

މިދިޔަ އަންގާރަ ދުވަހުން ފެށިފެން ގެއްލިގެން ހޯދަމުންދިޔަ މުހަންމަދު ތައުފީގު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ތައުފީގު ފެނުނީ ޑްރަގް ފަރުވާ ހޯދަން ގޮސް ހުއްޓާ!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 އޯގަސްޓް 2023

މިދިޔަ އަންގާރަ ދުވަހުން ފެށިފެން ގެއްލިގެން ހޯދަމުންދިޔަ މުހަންމަދު ތައުފީގު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހއ. ބާރަށު ޝައިނިންސްޓާ، މުހައްމަދު ތައުފީގު 35، ގެ ޚަބަރެއް ނުލިބުމުން އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅީ އިއްޔެ މެންދުރު އެވެ.

ފުލުހުން ބުނީ އޭނާ ފެނިފައި ވަނީ މިއަދު މާލެ އިން ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

ބާރަށު ކައުންސިލުން ބުނިގޮތުގައި ތައުފީގަކީ މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވެސް ދަނީ އެންޑީއޭ އިން ފަރުވާ ހޯދަމުންނެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އެންޑީއޭ އަށް ފަރުވާ އަށް ގޮސް ހުއްޓާކަން ވެސް ވަނީ އެނގިފަ އެވެ.

މީގެ ކުރިން ވެސް މީހުން ގެއްލިގެން އެ މީހުންގެ ފޮޓޯ އާންމުކޮށް، އެމީހުން ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދެ އެވެ.