ކުޑަކުދިންނަށް ދޭ ދިޔާ ބޭސްތަކެއްގައި ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ އެކަމަށް ސަމާލުވާން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
12 ޖެނުއަރީ 2023
ކުޑަކުދިންނަށް ދޭ ދިޔާ ބޭސްތަކެއްގައި ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ އެކަމަށް ސަމާލުވާން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައިވާ ގޮތުން ތަޣައްޔަރުވެފައިވާ އަދި ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ ޑަބްލިއުއެޗްއޯއިން ހެލްތު އެލާޓެއް ނެރެފައިވަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާ އެމްބޮރޮނޮލް ކަފް ސިރަޕާއި ޑޮކް-1 މެކްސް ކިޔާ ދިޔާ ބޭހަކަށެވެ.
އެމްއެފްޑީއޭ އިން ބުނީ އެއީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ އޮންނަ ބޭސްތަކެއް ނޫން ކަމަށް ވިޔަސް، ބޭސް ސިޓީ ލިޔެދީގެން އެ ބޭސް އެތެރެވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެހެންވެ، އެކަމަށް ސަމާލުވާން އެދޭ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު، ރާއްޖޭގެ ޕޯޓްތަކުން ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ބަލަމުންދާނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.
އެ ދެ ބޭހާ ގުޅިގެން ޑަބްލިއުއެޗްއޯއިން އެލާޓް ނެރުނީ އެ ދެ ބޭސް ބޭނުންކުރި އުޒްބެކިސްތާނުގެ ކުޑަކުދިންތަކެއް މަރުވުމުންނެވެ. އެކަމަކު އެލާޓް ނެރުނީ އެ ދެ ބޭހުގައި ވެސް ވަކި މުއްދަތެއްގައި ތައްޔާރުކުރި ބެޗްތަކަކަށް އެކަންޏެވެ.
ބަރުދަން ލުއިކުރަން ވިއްކާ ބޭހެއް މަނާކޮށްފި
ކޮލިޓީ ދަށް ބޭހެއް ފާމަސީތަކަށް ނުވިއްކޭނެ:އެމްއެފްޑީއޭ
ބޭސް ވިއްކާ ބްރޭންޑްގެ ނަން ބޭސް ސިޓީން "ފޮހެލަނީ"؟
ބޭސް ސިޓީއަށް ނޫނީ ޒެންޓެކް ވިއްކުން ރާއްޖޭގައި މަނާކޮށްފި
އަލަތު ދަރިފުޅު އޭޑީކޭގައި މަރުވި މައްސަލަ ބަލަނީ
ލެބެން ލެބްރެޓޮރީސްގެ ހުރިހާ ބޭހެއް ރާއްޖޭގައި މަނާ
ގޭހަށްދޭ އިންޖެކްޝަނެއްގައި މައްސަލަ ހުރުމުން މަނާކޮށްފި
ކާބޯތަކެތީގެ އިޝްތިހާރުކަމަށް ބަލާނެގޮތް ސާފުކޮށްްދީފި
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ