Roadha Mihaaru
ބޭސް ސިޓީއަށް ނޫނީ ޒެންޓެކް ވިއްކުން ރާއްޖޭގައި މަނާކޮށްފި

ބޭސް ސިޓީ އަށް ނޫނީ ޒެންޓެކް ވިއްކުން ރާއްޖޭގައި މަނާކޮށްފި

29 ސެޕްޓެމްބަރ 2019

ގޭސްޓްރިކް ހުންނަ މީހުންނަށް ދޭ ބޭހެއް ކަމަށްވާ ޒެންޓެކްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ބެލެވޭތީ އެކަން ބަލަމުން ދަނިކޮށް ޑޮކްޓަރުން ދޭ ބޭސް ސިޓީ އަށް ނޫން ގޮތަކަށް އެ ބޭސް ރާއްޖޭގައި ނުވިއްކަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭސް ފިހާރަތަކަށް އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގޭސްޓްރިކް ހުންނަ މީހުންނަށް ދޭ ބޭހެއް ކަމަށްވާ ޒެންޓެކްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ބެލެވޭތީ އެކަން ބަލަމުން ދަނިކޮށް ޑޮކްޓަރުން ދޭ ބޭސް ސިޓީ އަށް ނޫން ގޮތަކަށް އެ ބޭސް ރާއްޖޭގައި ނުވިއްކަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭސް ފިހާރަތަކަށް އަންގައިފި އެވެ.

އެ ބޭހުގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ބުނާތީ އެމެރިކާގެ އިތުރުން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގައި އަންނަނީ އެ ބޭސްތަކުގެ މައްސަލަ އިތުރަށް ބަލަމުންނެވެ. ބަނޑުގައި އެސިޑް ހެދުމާއި މޭ އެންދުން ފަދަ މައްސަލަތައް ދިމާވުމުން ދޭ އެ ބޭސް ސިޓީއަކާ ނުލައި ވެސް ބޭސް ފިހާރަތަކުން ގަންނަން ލިބެ އެވެ.

Vayah dhey Zantac in cancer ah magu fahivaathee vikkun huttaalanee

Vayah dhey Zantac in cancer ah magu fahivaathee vikkun huttaalanee

The most trusted news source in the Maldives

Mihaaru

ޒެންޓެކްއިން ކެންސަރަށް މަގުފަހިވާކަމަށް ބުނާތީ ވިއްކުން ހުއްޓާލަނީ

އެމްއެފްޑީއޭގެ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވީ އެ ބޭހާ ގުޅޭގޮތުން މައްސަލަތަކެއް ފެންމަތިވި ހިސާބުން ފެށިގެން އެ އޮތޯރިޓީން އެކަންކަން ބަލަމުން އަންނަ ކަމަށެވެ. އެ ބޭސް ރާއްޖޭގައި ވިއްކުން މިހާތަނަށް މަނާކޮށްފައި ނުވަނީ ދުނިޔޭގެ އެއްވެސް ގައުމަކުން އެފަދަ ފިޔަވަޅެއް އަދި އަޅާފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޑޮކްޓަރުންގެ ލިޔުމާއެކު ނޫނީ އެ ބޭސް ނުވިއްކުމަށް ވަރަށް ފަހުން ބޭސް ފިހާރަތަކަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމެރިކާގައި އެންމެ ބޮޑަށް އެކަން އުޅެނީ. އެ ގައުމުން ވެސް އެ ބޭސް ބޭންއެއް ނުކުރޭ. އަޅުގަނޑުމެން ވެސް މިދަނީ އެ ބޭހާ ގުޅޭގޮތުން މަޝްވަރާ ކުރަމުން،" ބޭހުގެ ރައްކާތެރިކަން ބަލާ އޮފިޝަލް ވިދާޅުވި އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އާއި ޔޫރަޕިއަން މެޑިސިން އޭޖެންސީ (އީއެމްއޭ) އިން މި މަހު ވަނީ ގޭހަށް ދޭ ބޭސްތަކުގައި އެން-ނައިޓްރޮސޮޑިމެތިލަމައިން (އެންޑީއެމްއޭ) ހުންނަ މިންވަރު ބަލައި ރިވިއުކުރަން ނިންމައިފަ އެވެ. އެންޑީއެމްއޭ އަކީ ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާއެކެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ސިއްހީ ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ އެ ބޭސްތަކުން ބޮޑު ނުރައްކަލެއް ކުރިމަތިވާ ފަދަ ކުއްލި ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް އެ ބޭސް ބޭނުންކުރާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ޒެންޓެކްގެ ބޭނުންކުރާ މީހުން އެ ބޭނުންކުރުން ހުއްޓާލައި ބަދަލުގައި އެހެން ބޭހެއް ހޯދުން ބުއްދިވެރި ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ބޭސް އުފެއްދުމުގައި މަޝްހޫރު ނޮވާޓިސްގެ ދަށުން ހިންގާ ސަންޑޯޒް އާއި އެމެރިކާގެ ސީވީއެސް ފަދަ ކުންފުނިތަކުން ވަނީ މިވަގުތަށް ޒެންޓެކް އުފެއްދުން ހުއްޓާލާފަ އެވެ.