14 ޖެނުއަރީ 2023
ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަންވީ މަސައްކަތަކީ އެ ހިދުމަތަށް ރައްޔިތުންގެ އިތުބާރު އުފެއްދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަންވީ މަސައްކަތަކީ އެ ހިދުމަތަށް ރައްޔިތުންގެ އިތުބާރު އުފެއްދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ހުންނަ ޕޮލިސް އެކެޑެމީގައި ބޭއްވި 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އުފެދޭ ނުރަނގަޅު އޮއެވަރުގެ ސަބަބުން ފުލުހުންނަށް ގިނަ ދަތިތަކާއި ގޮންޖެހުންތައް ދިމާވާ ކަމަށެވެ.
އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ އާއި ހަރުކަށި ފިކުރުގެ މައްސަލަ ހިމެނޭ ކަމަށާއި އެ މައްސަލަތައް ހައްލު ކުރުމަށް ފުލުހުން މުހިންމު މަސައްކަތްތަކެއް ވެސް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑަށް ހުރި އެފަދަ މައްސަލަތައް ހައްލު ކުރާއިރު ފުލުހުންގެ އިތުބާރު ދަމަހައްޓަން އިސްކަން ދޭން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ފުލުހުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެންމެ ފުލުހަކަށް ހެދޭ ގޯހަކުން ވެސް މުޅި ފުލުހުންގެ ހިދުމަތުގެ އިތުބާރު ގެއްލި ޔަގީންކަމަށް ބުރޫއަރާފާނެ. އެންމެ ބޮޑު އިސްކަމެއް ދޭންވީ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން،" ރައީސް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ދަތި ދުވަސްވަރު ފުލުހުން ދައްކާފައި ވަނީ އެފަދަ ރަނގަޅު ފުރިހަމަ މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް މިހާރު އެ ދަތި ދުވަސްވަރުން އަރައިގަތުމަށް ފަހު ރާއްޖެ މިސްރާބު ޖަހާފައި ވަނީ ދެމެހެއްޓެނިވި ތަރައްގީގެ އާ މިސްރާބަކަށް ކަމަށާއި ނަމަވެސް ގައުމަށް ގެންނަ ކުރިއެރުމާއި ތަރައްގީ ހާސިލް ކުރުމަށްޓަކައި ފުލުހުންގެ ޕްރޮފެޝާނަލް މަސައްކަތް ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮންމެ ގައުމެއްގައި ވެސް އިގްތިސާދީ ހަމަޖެހުމާއި ތަރައްގީ ހާސިލް ކުރެވެނީ ހަރުދަނާ ފުލުހުންގެ ހިދުމަތެއް ގާއިމްވެ އޮވެގެން. މިއަދު ދިވެހި ފުލުހުންގެ ސިކުނޑީގައި ވެސް އެ ޒިންމާ ހަރުލާފައި ހުރުމަކީ އަޅުގަނޑު އެދޭ ކަމެއް." ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ބޭރު ދުނިޔޭގައި ފުލުހުން ހޯދަމުން އަންނަ ބައެއް ކާމިޔާބީތަކަށް ވެސް އަލިއަޅުވާލައިފަ އެވެ. އެގޮތުން އިންޓަޕޮލްގައި ދިވެހި ފުލުހުން ކުރަމުން އަންނަނީ އެހެން ހުރިހާ ގައުމުތަކަށް މިސާލެއް ފަދަ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އިންޑިއާ އެހީވާއިރު ވެރިކަމުގައި ތިބި ބައެއް ނުބަލާ"
ކާނާ ވިހަވެގެން ސީރިއަސްވި ދެ މީހުންގެ ހާލު ރަނގަޅު
ޕޮލިސް ކޮލެޖުގެ ފަސް ދަރިވަރަކު އައިސީޔޫގައި
ޕޮލިސް ދަރިވަރުންތަކެއް ހާލު ދެރަވެގެން ފަރުވާ ދެނީ
އިންޑިއާ ކުންފުންޏަށް ޖަމާކުރި 3.6މިލިއަން ގެއްލިއްޖެ
ޑްރަގް ޓްރެފިކް ކުރި 314 މީހަކު ދޫކޮށްލި: އިހުސާން
ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އިބޫގެ ތުހުމަތު ބަލަނީ
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ފޮނުވައިފި
އަދީބާއި ޒިޔަތު މިނިވަންކޮށްފި
ފަޒްނާ އަށް ހިޔާ ފްލެޓް ސަރަހައްދުން ފުރައްސާރަކޮށްފި