Roadha Mihaaru
އައްޑޫގެ ހަތަރު ރަށަކުން ގޯތި ދޫކުރަން ތައްޔާރުވެއްޖެ

އައްޑޫގެ ހަތަރު ރަށަކުން 950 ގޯތި ދޫކުރަން ތައްޔާރުވެއްޖެ

16 ޖެނުއަރީ 2023

އައްޑޫގެ ހަތަރު ރަށަކުން ގޯތި ދޫކުރަން މި ދެ ހަފުތާގައި އިއުލާން ކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އައްޑޫގެ ހަތަރު ރަށަކުން ގޯތި ދޫކުރަން މި ދެ ހަފުތާގައި އިއުލާން ކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ފޭދު އާއި ހުޅުދު އާއި މީދޫން ގޯތި ދޫކުރަން ނިންމައި ގޯއްޗަށް އެދެން ބުރާސްފަތި ދުވަހު ހުޅުވައިލާނެ ކަމަށެވެ.

ހުޅުދު އާއި މީދޫގެ ތެރެއިން ކޮންމެ ރަށަކުން 100 ގޯތި، ފޭދޫގެ ހިއްކި ބިމުން 350 ގޯތި، ހިތަދޫން 400 ގޯތި ދޫކުރަން ނިންމާފައިވާ ކަަމަށް ނިޒާރު ވިދާޅުވި އެވެ.

ފޭދޫން ބޮޑު ސަރަހައްދެއް ހިއްކާފައިވީ ނަމަވެސް މޭޔަރު ވިދާޅުވިގޮތުގައި ސިނާއީ ބޭނުންތަކަށް ބިންތައް ދޫކުރުމަށް ފަހު ދިރިއުޅުމަށް ދެވެނީ 350 ގޯއްޗެވެ.

"ފޭދޫން ގޯއްޗަށް އިއުލާން ކުރުމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ވެސް 800-900 މީހުން އެޕްލައި ކުރާނެ. އެކަމަކު ފޭދޫން ވެސް މިހާރު މި އުޅެނީ ބިން މަދުވެގެން،" ނިޒާރު ވިދާޅުވި އެވެ.

ހިތަދޫގައި ހުސްކޮށް ހުރި، ހުރިހާ ތަނަކުން [މިހާރު] ގޯތި ދެވޭނެ. އެކަމަކު ބިން ހިއްކައިގެން 2،000-3،000 ގޯތި ދެވިދާނެ،"---ނިޒާރު

މޭޔަރު ވިދާޅުވީ، ހިތަދޫން 400 ގޯއްޗަށް ހުޅުވައިލަނީ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސްގެން ކަމަށެވެ. އެހެންވެ، ހިތަދޫން ގޯއްޗަށް ކުރިމަތިލާން އެންމެ ލަސްވެގެން އަންނަ ހަފުތާގައި ހުޅުވައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތަދޫގައި ހުސްކޮށް ހުރި، ހުރިހާ ތަނަކުން [މިހާރު] ގޯތި ދެވޭނެ. އެކަމަކު ބިން ހިއްކައިގެން 2،000-3،000 ގޯތި ދެވިދާނެ،" ނިޒާރު ވިދާޅުވި އެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގަތުމުން ވެސް ގިނަ ބައެއްގެ އެދުމަކަށް ވީ ގޯތި ދޫކޮށްދިނުމެވެ. ބައެއް ބަދަލުވުންތަކުގައި ރައީސް ވިދާޅުވީ، އެ ކަން ސިޓީ ކައުންސިލުން ކުރިއަށް ގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ.

ހިތަދޫގެ ބިމުން 90 ހެކްޓަރު، މަރަދޫ، މަރަދޫފޭދޫން 76 ހެކްޓަރު ހިއްކުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ހުޅުދު އާއި މީދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ފަހުގެ ތާރީހެއްގައި ހަވާލު ކުރަން ނިންމާފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ފޭދޫގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޖަލްސާގައި މޭޔަރު ވިދާޅުވީ، އައްޑު އަށް އިތުރު 198 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއުގެ ދަށުން މި އަހަރުގެ ޖޫން މަހުގެ ކުރިން މަހާޖައްރާފާ ގެންގޮސް ވެލި އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.