Roadha Mihaaru
ޖައިޝަންކަރު އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަނީ

ޖައިޝަންކަރު އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަނީ

17 ޖެނުއަރީ 2023

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މި މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މި މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖެ އާއި ސްރީ ލަންކާއަށް ތިން ދުވަހުގެ ދަތުރެއްގައި ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާނެ އެވެ.

އެ ދަތުރުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމާއި އެ ގައުމުން ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތައް އިފުތިތާހުކުރުމާއި މަޝްރޫއުތައް ނިންމައި ތަންތަން ހަވާލުކުރުން ވެސް އޮންނާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ ތިން ވަނަ ފަހަރެވެ. މިދިޔަ އަހަރު އޭނާ ރާއްޖެ ކުރެއްވި ދަތުރުގައި ވަނީ އިންޑިއާ ސަރުކާރުން 30 މިލިއަން ޑޮލަރު ހޭދަކޮށްގެން އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ހުޅުވައިދެއްވައިފަ އެވެ.