އިންޑިއާގެ އަވަށްޓެރި ގައުމުތަކަށް އިސްކަން ދޭ ސިޔާސަތުގެ ތެރެއިން ވެސް ރާއްޖެއަކީ އެންމެ އިސްކަމެއް ދޭނެ ގައުމު ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ރޭ ވިދާޅުވެއްޖެ އެވެ.
19 ޖެނުއަރީ 2023
އިންޑިއާގެ އަވަށްޓެރި ގައުމުތަކަށް އިސްކަން ދޭ ސިޔާސަތުގެ ތެރެއިން ވެސް ރާއްޖެއަކީ އެންމެ އިސްކަމެއް ދޭނެ ގައުމު ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެހީގައި ތަރައްގީ ކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު އިފްތިތާހު ކުރަން ހަނިމާދޫގައި ބޭއްވި ޖަލްސާގައި ޖައިޝަންކަރު ވިދާޅުވީ، "ނެއިބަހުޑް ފަސްޓް ޕޮލިސީ" އަކީ އިންޑިއާގެ ސިޔާސަތެއް ކަމަށާއި އޭގެ ތެރެއިން ވެސް ރާއްޖެއަކީ އެންމެ ހާއްސަ ގައުމު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ގުޅިގެން މަސައްކަތްކޮށް، އެހީތެރިވުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެކެވެ. އިގްތިސާދީ ގޮތުންނާއި އެހެން ގޮތްގޮތުން ކުރިމަތިވާ ކަންކަމުގައި ރާއްޖެއަށް އެހީވުމަށް ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"އިންޑިއާގެ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ލިބޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޖައިޝަންކަރު ވިދާޅުވި އެވެ.
ގައުމުތަކުގެ ގުޅުވާލުމަކީ އިންޑިއާއިން އެހީވުމުގައި އެންމެ ބޮޑަށް އިސްކަން ދޭ އެއް ކަންތައް ކަމަށާއި ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއަކީ ވެސް ދުނިޔެ އާއި އުތުރުގެ ރަށްތައް ގުޅުވާލާނެ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ. އަދި އިގްތިސާދީ އެތައް ފައިދާއެއް ވެސް މި ސަރަހައްދަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަޝްރޫއުއަކީ އަޅުގަނޑުމެންގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމެއް. އެ ސަބަބަށްޓަކައި މިއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިސްކަމެއް ދޭ އަދި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމެއް،" ޖައިޝަންކަރު ވިދާޅުވި އެވެ.
މީގެ އިތުރުން އިތުރު ގިނަ މަޝްރޫއުތަކެއް ވެސް އިންޑިއާގެ އެހީގައި ކުރިއަށް ގެންދާކަން ފާހަގަ ކުރައްވައި، އެ ގައުމުގެ އެހީގައި ތިލަފުށްޓާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް އަވަހަށް ނިންމަން ކުރެވެން ހުރި ހުރިހާ ކަމެއް އިންޑިއާ އިން ކުރާނެ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާއަށް
ޖައިޝަންކަރު އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަނީ
އިންޑިއާއަށް ކޮންމެ ވަގުތަކު ވެސް ބަރޯސާވެވޭނެ: ޝާހިދު
އިންޑިއާގެ އާ ސަފީރަކަށް މަހާވަރު އައްޔަންކޮށްފި
"އިންޑިއާއާ ދެކޮޅީ" ރާއްޖޭގެ މަދު ބައެއް: ސަފީރު
މައްސަލަ ބަލަން އެންގީ ކޮމިޓީން ނިންމައިގެނެއް ނޫން
އިންޑިއާއިން ހުށަހެޅި މައްސަލަ ބަލަން އެދިއްޖެ