ހދ. ހަނިމާދޫން އެންމެ ފަހުން ގޯތި ދޫކުރިތާ 12 އަހަރު ފަހުން، އެ ރަށުން 200 ގޯތިި ދޫކޮށްފި އެވެ.
18 ޖެނުއަރީ 2023
ހދ. ހަނިމާދޫން އެންމެ ފަހުން ގޯތި ދޫކުރިތާ 12 އަހަރު ފަހުން، އެ ރަށުން 200 ގޯތިި ދޫކޮށްފި އެވެ.
ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަން މިއަދު "މިހާރު" އަށް ވިދާޅުވީ ގޯއްޗަށް ކުރިމަތިލާން މިދިޔަ އަހަރުގެ ފެބްރުއަރީގައި ހުޅުވާލި ފުރުސަތުގައި 500 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށެވެ.
ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެން 200 ގޯތި މިހާރު ދޫކޮށްފައިވާ ކަމަށް އަބްދުއްސައްތާރު ވިދާޅުވި އެވެ.
އެ ގޯތިތައް ދޫކުރީ އެ ރަށުގެ ރަސްމީ ބޯޅަދަނޑުގެ އިރުމަތީ ފަރާތުންނާއި ރަށަށް ހިޖުރަކުރި ހއ. ހަތިފުށީ މީހުން ދިރިއުޅޭ އަވަށުގެ އިރުމަތީ ފަރާތުންނާ އަދި އެ ރަށުގައި ފެކްޓަރީ ހިންގުމަށް ކުރިން ދޫކުރި ބިމުންނެވެ.
ހދ. ހަނިމާދޫ: އެ ރަށުން 200 ގޯތި ވަނީ ދޫކޮށްފައި -- ފޮޓޯ: ދި އެޑިޝަން
"އެ ގޯތިތައް ދޫކޮށް މިހާރު އިން ވަކިކުރުމާއި ރަޖިސްޓްރޭޝަންގެ މަސައްކަތް ފަށަން މި ތައްޔާރުވަނީ،" އަބްދުއްސައްތާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ގޯތިތައް ދޫކުރުމުގެ ހުރިހާ މަސައްކަތެއް ނިމުމުން މި އަހަރު އިތުރު 200 ގޯތި ދޫކުރުމަށް ހުޅުވާލާނެ އެވެ. ހަނިމާދު އަށް ހިޖުރަކުރަން ބޭނުންވާ ގިނަ ބަޔަކު ވެސް އެބަތިބި ކަމަށާއި އެހެންވެ ދެން ގޯތިދޫކުރާއިރު އެކަމަށް ވެސް ވިސްނަވާނެ ކަމަށް އަބްދުއްސައްތާރު ވިދާޅުވި އެވެ.
އާބާދީގައި 2،000 އެއްހާ މީހުން ދިރިއުޅޭ ހަނިމާދުއަކީ ހދ. އަތޮޅުގައި އެންމެ ކުރިއަރާފައިވާ އެއް ރަށެވެ. އެ ރަށުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގާއިރު ގެސްޓް ހައުސް ވިޔަފާރި ވެސް އަންނަނީ ފުޅާވަމުންނެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ފަށަން ވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
"ފްލެޓު އަޅައިގެން ރަށްރަށުން މީހުން އާބާދުކުރަން ތާއިދުކުރަން"
އިތުރު ލައިޓް ހަރުކޮށް ހަނިމާދޫ އަލިކޮށްލައިފި
ޓޫރިޒަމްގެ ބޭނުމަށް ހަނިމާދޫން 14 ބިން ކުއްޔަށް ދެނީ
ހަނިމާދޫގައި އޭލެވެލް ކިޔަވާ ކުދިންނަށް އެލަވަންސެއް
ހަނިމާދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ޕީޖީއަށް
ހަނިމާދޫ ހައުސިން މަޝްރޫއުގެ މައްސަލަ އިސްތިއުނާފަށް
ހަނިމާދޫ ހައުސިން ބިޑް އަލުން އިވެލުއޭޓްކުރަން އަމުރެއް
ހަނިމާދޫގައި ބޭރުގައުމެއްގެ ސިފައިންނެއް ނުތިބޭނެ:ރައީސް
ރައީސްގެ ބައްދަލުވުމާއެކު މައްސަލަ ހައްލުވެއްޖެ
ހަނިމާދޫ، ނޮޅިވަރަމްފަރުގެ ހައުސިން ޔުނިޓް ނިންމަނީ