ޓޫރިޒަމްގެ ވިޔަފާރިއަށް ހދ. ހަނިމާދޫން 14 ބިމެއް ކުއްޔަށް ދޭން ނިންމައި އެ ރަށު ކައުންސިލުން އިއްޔެ އެކަން އިއުލާންކޮށްފި އެވެ.
15 އެޕްރީލް 2024
ޓޫރިޒަމްގެ ވިޔަފާރިއަށް ހދ. ހަނިމާދޫން 14 ބިމެއް ކުއްޔަށް ދޭން ނިންމައި އެ ރަށު ކައުންސިލުން އިއްޔެ އެކަން އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށް ހަނިމާދޫން ކުއްޔަށް ދެނީ 5،000 އަކަފޫޓުގެ 14 ބިން ކަމަށެވެ. އެއީ ރަށުގައި އުތުރު ފަރާތުން އަށް ބިމާއި ދެކުނު ފަރާތުން ހަ ބިން ކަމަށް ބުންޏެވެ.
މި ބިންތައް ކުއްޔަށް ދެނީ 50 އަހަރަށެވެ.
ޓޫރިޒަމްގެ ބޭނުމަށް ހދ. ހަނިމާދޫން ބިން ދޫކުރާ ސަރަހައްދު.
އެ އިއުލާނުގައި ބުނީ ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށްޓަކައި ހަނިމާދޫގެ ޓޫރިޒަމް ޒޯނުން ދޫކުރާ މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ބީލަން ހުޅުވުން ވެސް އޮންނާނީ ހަމަ އެ ދުވަހު ކަމަށް ބުންޏެވެ.
މި ބިންތައް ހޯދުމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހު 30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާން ޖެހެ އެވެ. ބީލަން ބަލައިގަތުމުގެ ފީ އަކީ 5،000 އަކަފޫޓުގެ ބިމަކަށް 1،000ރ. އެވެ. އިތުރަށް ބިން ބޭނުންވާ ނަމަ، ކޮންމެ ބިމަކަށް އިތުރަށް 1،000ރ. ދައްކަން ޖެހޭނެ އެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ޓޫރިޒަމްގެ ބޭނުމަށް ހދ. ހަނިމާދޫން ބިން ދޫކުރާ ސަރަހައްދު.
އިންޑިއާގެ އެހީގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަމުން އަންނަ އިރު، އެ އެއާޕޯޓްގެ މަސައްކަތް ނިމެންވާއިރަށް އެ ރަށުގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ރަށު ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހަނިމާދޫ އެއާޕޯޓު ފީސަބަލް ކުރުމަށް ނުވަތަ ފައިދާއެއް ހޯދަން 8،000 އެނދު ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އުތުރުގައި ކުރިއަށް ގެންގޮސްގެން ކަމަށް މި ސަރުކާރުން ވެސް ކުރިން ބުނެފައިވެ އެވެ.
"ފްލެޓު އަޅައިގެން ރަށްރަށުން މީހުން އާބާދުކުރަން ތާއިދުކުރަން"
އިތުރު ލައިޓް ހަރުކޮށް ހަނިމާދޫ އަލިކޮށްލައިފި
ހަނިމާދޫގައި އޭލެވެލް ކިޔަވާ ކުދިންނަށް އެލަވަންސެއް
12 އަހަރު ފަހުން ހަނިމާދޫން 200 ގޯތި ދޫކޮށްފި
ހަނިމާދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ޕީޖީއަށް
ހަނިމާދޫގައި ބޭރުގައުމެއްގެ ސިފައިންނެއް ނުތިބޭނެ:ރައީސް
ރައީސްގެ ބައްދަލުވުމާއެކު މައްސަލަ ހައްލުވެއްޖެ
އެއާޕޯޓު ތަރައްގީގެ ކަންބޮޑުވުމާއެކު ރައީސަށް ޕެޓިޝަނެއް
ހަނިމާދޫ އެއާޕޯޓަށް 853،937 އަކަފޫޓުގެ ބިމެއް!
ސިޓީ ހޮޓާ: ލޯކަލް ޓޫރިޒަމްތަ؟ ނޫނީ ބިން ފޭރުންތަ؟