ދޮގު ބަޔާން ދިން ކަމަށް ބުނެ މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
18 ޖެނުއަރީ 2023
ދޮގު ބަޔާން ދިން ކަމަށް ބުނެ މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަނީ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގައި ހުންނަ އާބިޓްރޭޝަންގައި އެ ކުންފުންޏާ އެއްކޮޅަށް ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލް ކުރިޔަސް، އަޑުއެހުން ކެންސަލްކުރީ މުއިއްޒުގެ ފަރާތުން އެދުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެ މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
ނޫމަޑިއާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި 155 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން އެ ކުންފުނިން އާބިޓްރޭޝަންގައި ދައުވާ ކުރުމުން ސަރުކާރުން ފަހުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، 55 މިލިއަން ޑޮލަރުގެ ބަދަލެއް އެ ކުންފުންޏަށް ދީފަ އެވެ.
މުއިއްޒުގެ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް: ކޯޓް
މުއިއްޒުގެ ޝަރީއަތް: ހުށަހެޅުންތައް ބަލައެއްނުގަތް
މުއިއްޒުގެ ޝަރީއަތް ފަސްކޮށްފި
މުއިއްޒުގެ މައްޗަށް ދައުވާ ސާބިތެއް ނުވި
މުއިއްޒުގެ ޝަރީއަތް ނިމުމަކާ ގާތަށް
މުއިއްޒުގެ މައްސަލާގައި ޖިހާދު ހެކިބަސް ދެއްވައިފި
މުއިއްޒާ ދެކޮޅަށް ހުށަހެޅި ފަސް މީހުން ހެކިބަސް ދީފި
މުއިއްޒަށް ހައި ކޯޓުން ވެސް ކާމިޔާބެއް ނުވި
މުއިއްޒުގެ ހުށަހެޅުންތައް ނާކާމިޔާބުވުމުން ހައި ކޯޓަށް
މުއިއްޒުގެ ޝަރީއަތް މިއަދު ނުބޭއްވުނު